Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމުހައްމަދު މުރުސީ

މުރުސީ އަވަހާރަކޮށްލީ މިސްރުގެ ސަރުކާރުން:ފިރެހެން ދަރިފުޅު

މުރުސީ އަވަހާރަވީ ކޯޓް ރޫމުގުގައި ހުންވަނިކޮށް ވެއްޓިވަޑައިގެންނެވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގަ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 22 ޖޫން 2019 | ހޮނިހިރު 04:24
މުރުސީ އަވަހާރަވީ ޖޫން މަހުގެ 17 ވަނަ ދުވަހު

މުރުސީ އަވަހާރަވީ ޖޫން މަހުގެ 17 ވަނަ ދުވަހު

އަވަހާރަވެފައިވާ މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރުސީ، މިހާރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީއާއި އިތުރު އޮފިޝަލުންތަކެއްވެގެން އަވަހަރަކޮށްލީ ކަމަށް މުރުސީގެ ދަރިކަލުން ތުހުމަތުކުރައްވައިފިއެވެ.

މިސްރުގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސްގެ ގޮތުގައި 2012 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި މުރުސީ އަވަހާރަވީ ޖޫން މަހުގެ 17 ވަނަ ދުވަހުއެވެ.

މުރުސީ އަވަހާރަވީ ކޯޓް ރޫމުގުގައި ހުންވަނިކޮށް ވެއްޓިވަޑައިގެންނެވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ.

މުސްލިމް ބްރަދަހުޑް ގްރޫޕްގެ ލީޑަރަކަށް ހުންނަވަނިކޮށް މިސްރުގެ ފުރަތަމަ ޑެމޮކްރެޓިކް އިންތިޚާބު މުރުސީ ކާމިޔާބު ކުރައްވައި ވެރިކަމަށް ވަޑައިގަތީ 30 އަހަރުގެ ޚުދުމުޚުތާރު ވެރިޔާ މުހައްމަދު ހުސްނީ މުބާރަކްގެ ވެރިކަން އަރަބި ރަބީއުގައި 2011 ވަނަ އަހަރު ވައްޓާލިތާ އަހަރެއް ފަހުން 2012 ވަނަ އަހަރުއެވެ.

މުރުސީގެ ވެރިކަމާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ކޮށް މިހާރުގެ ރައީސް އަދި އަސްކަރިއްޔާގެ އޭރުގެ ވެރިޔާ ޖެނެރަލް އަބްދުލް ފައްތާހު އަލްސީސީ އިސްވެ ހިންގެވި ބަޣާވާތާ އެކު މުރުސީގެ ވެރިކަން 2013 ވަނަ އަހަރުގެ ޖުލައިމަހު ވެއްޓުމާއެކު މުރުސީވަނީ ހައްޔަރުކޮށްފައެވެ. އޭގެ ފަހުން އަވަހާރަވުމާ ހަމައަށް ވެސް ހުންނެވި ޖަލު ބަންދުގައެވެ.

މުރުސީގެ ފިރެހެން ދަރިކަލުން އަބްދުﷲ ބުރާސްފަތި ދުވަހު ޓްވިޓަރގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އޮފިޝަލުންތަކެއްގެ ނަން ލިޔުއްވައި އެއީ މުސރްސީ އަވަހާރަކޮށްލުމުގައި އަލް ސީސީގެ ބައިވެރިންކަށް ވިދާޅުވެފައެވެ.

ވަކިން ޚާއްސަކޮށް ކުރިއާއި މިހާރުގެ އިންޓީރިއަރ މިނިސްޓަރުން ކަމަށްވާ މަހްމޫދު ތައުފީޤްއާއި މަގްދީ އަބްދުލް ފައްތާހުގެ ނަން ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން ފަނޑިޔާރު ޝީރީން ފަހުމީ، ޝަހުބާން އަލް-ޝަމީ އަދި އަހުމަދު ސަބްރީގެ އިތުރުން އެޓަރނި ޖެނެރަލް ނަބީލް ސާދިޤް އަދި އިންޓެލިޖެންސްގެ ވެރިޔާ އައްބާސް ކާމިލްގެ ނަން ފާހަގަކުރައްވާފައިވެއެވެ.

މިސްރުގެ ސަރުކާރުން މި ތުހުމަތުތަކަށް އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

29 އޮކްޓޯބަރު 2017

މިސްރުގެ އަސްކަރިއްޔާގެ ވެރިޔަކަށް ފަރީދު ހެގާޒީ ހަމަޖައްސައިފި

29 އޮކްޓޯބަރު 2017
މިސްރުގެ އަސްކަރިއްޔާގެ ވެރިޔަކަށް ފަރީދު ހެގާޒީ ހަމަޖައްސައިފި
21 އޮކްޓޯބަރު 2017

މިސްރުގެ ސަލާމަތީ ފައުޖުތަކުގެ 50 އަށް ވުރެ ގިނަ މީހުން މަރާލައިފި

21 އޮކްޓޯބަރު 2017
މިސްރުގެ ސަލާމަތީ ފައުޖުތަކުގެ 50 އަށް ވުރެ ގިނަ މީހުން މަރާލައިފި
20 އޮކްޓޯބަރު 2017

ފިލާވަޅު ނުހަދައިގެން މިސްރުގައި ބައްޕައަކު އޭނާގެ ދަރިފުޅު މަރާލައިފި

20 އޮކްޓޯބަރު 2017
ފިލާވަޅު ނުހަދައިގެން މިސްރުގައި ބައްޕައަކު އޭނާގެ ދަރިފުޅު މަރާލައިފި
14 އޮކްޓޯބަރު 2017

ތާލިބާނުން އަހަރެންގެ ދަރިފުޅު މަރާލައި އަންހެނުން ރޭޕް ކުރި: މިނިވަންވި ރަހީނެއް

14 އޮކްޓޯބަރު 2017
ތާލިބާނުން އަހަރެންގެ ދަރިފުޅު މަރާލައި އަންހެނުން ރޭޕް ކުރި: މިނިވަންވި ރަހީނެއް
08 ސެޕްޓެމްބަރު 2017

ރައީސް ޑުޓާޓެގެ ދަރިފުޅާ ދަނބި ދަރިފުޅު މަސްތުވާތަކެތީގެ ތުހުމަތު ދޮގުކޮށްފި

08 ސެޕްޓެމްބަރު 2017
ރައީސް ޑުޓާޓެގެ ދަރިފުޅާ ދަނބި ދަރިފުޅު މަސްތުވާތަކެތީގެ ތުހުމަތު ދޮގުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު