Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމިސްރުގެ ހަނގުރާމަވެރިން

މިސްރުގެ ސަލާމަތީ ފައުޖުތަކުގެ 50 އަށް ވުރެ ގިނަ މީހުން މަރާލައިފި

21 އޮކްޓޯބަރު 2017 | ހޮނިހިރު 07:53

މިހަމަލާގައި ސަލާމަތީ ފައުޖުތަކުގެ 53 މީހަކު މަރުވި: ބީބީސީ

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 21 އޮކްޓޯބަރު 2017 | ހޮނިހިރު 07:53
ކުރިމަތިލުންތައް ހިނގި މިސްރުގެ ހުޅަނގުގެ ހަނަފަސް ސަހަރާގެ ތެރޭގައިވާ ބަހާރިޔާ ވާދީ: މިވާދީއަކީ ސަހަރާ ތެރޭގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންގެ ކިއްލާއެއް ކަމަށް މަޢުލޫމާތު ލިބޭ

ކުރިމަތިލުންތައް ހިނގި މިސްރުގެ ހުޅަނގުގެ ހަނަފަސް ސަހަރާގެ ތެރޭގައިވާ ބަހާރިޔާ ވާދީ: މިވާދީއަކީ ސަހަރާ ތެރޭގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންގެ ކިއްލާއެއް ކަމަށް މަޢުލޫމާތު ލިބޭ

މިސްރުގެ ހުޅަނގުގެ ހަނަފަސް ސަހަރާގައި ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެގައުމުގެ ސަލާމަތީ ފައުޖުތަކުގެ 50 އަށްވުރެ ގިނަ މީހުން މަރާލައިފި އެވެ.

މިސްރުގެ ދާޚިލީ ވުޒާރާ އިން ވަނީ، ވެރިރަށް ގާހިރާގެ ހުޅަނގުދެކުނުގައި އޮންނަ ބަހާރިޔާގެ ވާދީގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންނާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި އެޤައުމުގެ އަސްކަރިއްޔާގެ ސިފައިންނާއި ފުލުހުންގެ ގާފިލާއަކަށް އަމާޒުކޮށް ހަނގުރާމަވެރިން ދިން ހަމަލާތަކުގައި 50 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަން ކަށަވަރު ކޮށްދީފައެވެ.

މިސްރުގެ ހަނގުރާމަވެރި ޖަމާއަތްތައް ނައްތާލުމަށް އެޤައުމުގެ ސަލާމަތީ ފައުޖުތަކުން ފަށާފައިވާ އޮޕަރޭޝަންގެ ސަބަބުން ހަނގުރާމަވެރިންގެ ގިނަ ހަމަލާތަކެއް ސަލާމަތީ ފައުޖުތަކަށް ވަނީ އަމާޒުވެފައެވެ. މިހަމަލާގައި އެކަނިވެސް ސަލާމަތީ ބާރުތަކަށް ނިސްބަތްވާ 53 މީހަކު މަރުވެފައިވާ ކަމަށް ބީބީސީގެ މަސްދަރުތަކާ ހަވާލާދީ، ރިޕޯޓްކޮށްފައި ވެއެވެ.

މީގެ އިތުރުން، މިކުރިމަތިލުންތަކުގައި މިސްރުގެ ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހަސްމަށް ނިސްބަތްވާ 15 ހަނގުރާމަވެރިޔަކު މަރާލާފައިވާ ކަމަށް ޚަބަރު ލިބެއެވެ.

ހަސްމު ޖަމާއަތަކީ މިސްރުގައި ކުރިން ވެރިކަން ކުރި މުސްލިމް ބްރަދަހުޑްގެ ހަތިޔާރު އެޅި ގޮފީގެ ގޮތުގައި މިސްރުގެ ސަލާމަތީ ބާރުތަކުން ތުހުމަތު ކުރެއެވެ. އެހެންނަމަވެސް އެ ތުހުމަތުތަކަށް ހަސްމުން ދެކޮޅު ހަދަ އެވެ. ހަސްމު ޖަމާއަތަކީ، ފާއިތުވި އަހަރުތަކުގައި މިސްރުގައި އާއްމުވެފައިވާ ހަނގުރާމެރި ހަމަލާތަކުގެ ފަހަތުގައިވާ ހަނގުރާމެރި ޖަމާއަތްތަކުގެ ތެރެއިން އެއް ޖަމާއަތެވެ.

މިސްރުގެ ސަލާމަތީ ފައުޖުތަކުން ސަހަރާގެ އޮޕަރޭޝަނަށް ނިކުމެފައިވަނީ، ބަހާރިޔާގެ ވާދީގައި ހަނގުރާމަވެރިންތަކެއް ފިލައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެހެންނަމަވެސް، މިސްރުގެ ސަލާމަތީ އޮފިޝަލަކާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، ސަލާމަތީ ފައުޖުތަކުގެ އޮފިސަރުން މަރުވެފައި ވަނީ، ހަނގުރާމަވެރިންނާއެކު ހިނގި ކުރިމަތިލުންތަކުގެ ތެރޭގައި ނޫން ކަމަށާއި، ސަލާމަތީ ފައުޖުތަކަށް ހަނގުރާމަވެރިން ހަމަލާދީފައި ވަނީ ރޮކެޓްގެ އެހީގައި ފޮނުވާ ގްރެނޭޑާއި، ގޮވާތަކެތި ބޭނުން ކޮށްގެން ކަމަށެވެ.

އަދި މިހަމަލާގައި ސަލާމަތީ ފައުޖުތަކަށް ގެއްލުންވެފައި ވަނީ، ހަނަފަސް ސަހަރާގެ އެ ސަރަހައްދަށް ސަލާމަތީ ފައުޖުތަކަށް ވުރެ ބޮޑަށް ހަނގުރާމަވެރިން ފަރިތަވުމުން ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ސަހަރާގެ ތެރޭގައި މުއާސަލާތު ކުރުމުގައި ހުރި ގޮންޖެހުންތަކުގެ ސަބަބުން އެއްގަމާއި ވައިގެ މަގުން އިތުރު ފައުޖުތަކުގެ އެހީތެރިކަމަށް އެދުމުގައި ކޮމާންޑިންގ އޮފިސަރު ނުކުޅެދިފައިވާ ކަމަށް ޚަބަރު ލިބެއެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

މޮގަދިޝޫގައި ބޮމެއް ގޮއްވާލައި ވިއްސަށް ވުރެ ގިނަ މީހުން މަރާލައިފި

19 ފެބުރުއަރީ 2017
މޮގަދިޝޫގައި  ބޮމެއް ގޮއްވާލައި ވިއްސަށް ވުރެ ގިނަ މީހުން މަރާލައިފި
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
15 ފެބުރުއަރީ 2017

އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް

15 ފެބުރުއަރީ 2017
އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް
12 ފެބުރުއަރީ 2017

އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު

12 ފެބުރުއަރީ 2017
އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު
11 ފެބުރުއަރީ 2017

ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން

11 ފެބުރުއަރީ 2017
ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން
06 ފެބުރުއަރީ 2017

ޕާކިސްތާނާއި އަފްޣާނިސްތާނުގައި ހިނގި ސްނޯ ފޭބުމުގެ ހާދިސާތަކުގައި 100 އަށް ވުރެ ގިނަ މަރު

06 ފެބުރުއަރީ 2017
ޕާކިސްތާނާއި އަފްޣާނިސްތާނުގައި ހިނގި ސްނޯ ފޭބުމުގެ ހާދިސާތަކުގައި 100 އަށް ވުރެ ގިނަ މަރު
31 ޖެނުއަރީ 2017

ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

31 ޖެނުއަރީ 2017
ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ
30 ޖެނުއަރީ 2017

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
17 ޖެނުއަރީ 2017

ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި

17 ޖެނުއަރީ 2017
ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް