Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމިސްރުގެ ހަމަނުޖެހުން

މިސްރުގެ ސިނާއީގައި ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި ސިފައިންގެ 26 މީހުން މަރާލައިފި

އޭޕްރީލް މަހުވެސް ވަނީ މިސްރުގެ ދެ ފައްޅިއަކަށް ހަމަލާދީ 40 އަށްވުރެ ގިނަ މީހުން މަރާލަފަ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 8 ޖުލައި 2017 | ހޮނިހިރު 05:29
ބަދަލުކުރެވުނު ބަޑީގެ ހަމަލާތަކެއްގައި ހަނގުރާމަވެރިންގެ 40 މީހުން މަރާލާފައިވޭ

ބަދަލުކުރެވުނު ބަޑީގެ ހަމަލާތަކެއްގައި ހަނގުރާމަވެރިންގެ 40 މީހުން މަރާލާފައިވޭ

މިސްރުގެ ސިނާއީ ސަރަހައްދުގައި އަސްކަރިއްޔާގެ ޗެކްޕޮއިންޓެއްގައި ދިން ބޮމުގެ ހަމަލާއެއްގައި މަދުވެގެން ސިފައިންގެ 26 މީހުން މަރުވެއްޖެ ކަމަށް ސަލާމަތީ ބާރުތަކުން ބުނެފިއެވެ.

މަރުވި މީހުންގެ ތެރޭގައި ކާނަލަކު ވެސް ހިމެނެއެވެ.

އަސްކަރިއްޔާގެ ތަރުޖަމާނު ހުކުރުދުވަހު ވިދާޅުވީ ޗެކްޕޮއިންޓްގައި ބަދަލުކުރެވުނު ބަޑީގެ ހަމަލާތަކެއްގައި ހަނގުރާމަވެރިންގެ 40 މީހުން މަރާލާފައިވާ ކަމަށެވެ.

ހަމަލާ ފެށުނީ ޖާނުން ފިދާވެ ބޮމުގެ ހަމަލާދޭން ދިޔަ މީހަކު ރަފަހް ވިލެޖްގެ އަލް ބަރްތުގައި އޮންނަ އަސްކަރިއްޔާގެ ޗެކްޕޮއިންޓަށް އޭނާގެ ވެހިކަލުގައި ވައްދާލުމާއެކު މާސްކް އަޅައިގެން ހިނގާފައި އައި ހަނގުރާގަވެރިންގެ ބަޔަކު ބަޑިން ހަމަލާދޭން ފެށުމުންނެވެ.

މަރުވި މީހުންގެ ތެރޭގައި ހިމެނޭ ސްޕެޝަލް ފޯސަސްގެ އިސް އޮފިސަރަކީ ކާނަލް އަހުމަދު އަލް މަންސީއެވެ. އިތުރު 26 ސިފައިން ވަނީ ޒަޚަމްވެފައެވެ.

ހަމަލާދެވުނު ސަރަހައްދަށް ދިއުމަށް އެމްބިއުލާންސްތައް ދުއްވާ އަޑު މާދުރުން އިވިފައި ވެއެވެ.

މިހާތަނަށް އެއްވެސް ޖަމާއަތަކުން މި ހަމަލާގެ ޒިންމާ ނަގާފައެއް ނުވެއެވެ.

ތަހްރީރް އިންސްޓިޓިއުޓް ފޮރ މިޑްލް އީސްޓް ޕޮލިސީގެ ފަރާތެއް ކަމަށްވާ ޓިމޮތީ ކަލްޑަސް އަލްޖަޒީރާގައި ވާހަކަދައްކަމުން ބުނެފައި ވަނީ މި ހަމަލާގެ ޒިންމާ އައިސްއެސްއާ ގުޅިފައިވާ ވިލާޔަތު ސިނާއީ ގްރޫޕުން ނެގުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.

އެ ޖަމާއަތަކީ އާއްމުކޮށް ސިފައިންނާ ފުލުހުންނަށް ހަމަލާދޭ ބައެއް ކަމަށްވާއިރު އެންމެ ފަހުން މި ދިން ހަމަލާއަކީ އެމީހުންގެ ހަމަލާއެއް ކަމަށް ބެލުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.

ވޭތުވެދިޔަ މަސްތަކުގައި އައިއެސްގެ އަމާޒު އެ ގައުމުގައި ބޮޑަށް ހުރީ ބައި މަދު ކްރިސްޓިއަނުންނަށެވެ.

އޭޕްރީލް މަހު ވެސް ވަނީ މިސްރުގެ ދެ ފައްޅިއަކަށް ދިން ހަމަލާއެއްގައި 44 މީހުން މަރާލާފައެވެ. އެ ހާދިސާތަކަށް ފަހު ތިން މަސްދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވެއެވެ.

ޓަންޓާ އާއި އެލެގްޒެންޑްރިއާގައި ދިން އެ ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓްގެ ނަމުގައި އުޅޭ ޖަމާއަތުން ވަނީ ނަގާފައެވެ.

އެ ޖަމާއަތުގެ ހަމަލާ އެ ފަހަރު އަމާޒުކޮށްފައި ވަނީ މިސްރުގެ ކްރިސްޓިއަނުންނަށް ކަމަށްވާއިރު އިތުރު ހަމަލާތައް ދޭނެކަމުގެ އިންޒާރުވަނީ ދީފައެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

14 ފެބުރުއަރީ 2017
ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު