Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކުޑަކުއްޖަކު މަރާލުން

ފިލާވަޅު ނުހަދައިގެން މިސްރުގައި ބައްޕައަކު އޭނާގެ ދަރިފުޅު މަރާލައިފި

ދަރިފުޅުގެ އުމުރަކީ 5 އަހަރު

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 20 އޮކްޓޯބަރު 2017 | ހުކުރު 10:40
އަނިޔާކޮށްފައިވާ ކުޑަކުއްޖާ ހޮސްޕިޓަލުގައި

އަނިޔާކޮށްފައިވާ ކުޑަކުއްޖާ ހޮސްޕިޓަލުގައި

ފިލާވަލު ނުހަދައިގެން ކަމަށް ބުނެ، މިސްރު މީހަކު އޭނާގެ އަންހެން ދަރިފުޅަށް އަނިޔާކޮށް އެ ކުއްޖާ މަރާލައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މިސްރުގެ ޣީޒާ ސިޓީގައި މަރާލާފައިވާ މި ކުއްޖާއަކީ ނާސަރީގައި ކިޔަވަމުންދާ އުމުރުން 5 އަހަރުގެ ކުއްޖެކެވެ. މި ކުއްޖާ މަރާލި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ބޫލާދް އާދް ދާކްރޫރް ހޮސްޕިޓަލްގެ ފަރާތުންނެވެ. އެ ހޮސްޕިޓަލުން ހާމަކޮށްވާ ގޮތުގައި އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެ ކުއްޖާ އޮތީ މަރުވެފައެވެ. ހޮސްޕިޓަލުން މި މައްސަލަ ފުލުހުންނަށް ހުށަހެޅި ކުއްޖާގެ ހަށިގަނޑުގައި ބޮޑެތި ޒަޚަމްތަކެއް ހުރުމުންނެވެ.

މި މައްސަލަ ތަޙުޤީޤުކުރުމަށް ފަހު، ފުލުހުން ވަނީ މި ކުއްޖާގެ ބައްޕަ ކުއްޖާއަށް ހަމަލާދީފައި ވަނީ ޕްލަސްޓިކް ހޮޅިބުރިއަކުން ކަމަށާއި، އެ ކުއްޖާއަށް އަނިޔާކުރީ އެކުއްޖާ ފިލާވަލު ނުހަދައިގެން ކަމަށް ބުނެކަން ހާމަކޮށްފައެވެ.

ފުލުހުން އިތުރަށް ބުނި ގޮތުގައި ކުޑަކުއްޖާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އެ ކުއްޖާގެ އަވަށްޓެރިންނެވެ. އެ ކުއްޖާއަށް އަނިޔާކުރަމުން ދިޔައިރު، އެ ކުއްޖާ ސަލާމަތް ކުރުމަށް އަވަށްޓެރިން މަސައްކަތް ކުރި ނަމަވެސް، އެމީހުންނަށް އެ ކުއްޖާއާ ހަމައަށް ދެވުނުއިރު އެ ކުއްޖާ މަރުވެފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މަރުވެފައިވާ ކުޑަކުއްޖާގެ ބައްޕަ މިހާރު ހައްޔަރުކޮށްފައިވާއިރު، އޭނާ ވަނީ އޭނާގެ ކުށަށް އިޢުތިރާފު ވެސް ވެފައެވެ.

އިތުރަށް ކިޔާލަން

17 އޮކްޓޯބަރު 2018

ޚަޝޯގީ މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ވަނީ ބުރިބުރިކޮށްފައި!

17 އޮކްޓޯބަރު 2018
ޚަޝޯގީ މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ވަނީ ބުރިބުރިކޮށްފައި!
15 އޮކްޓޯބަރު 2018

ފުލުހުން މެރިކަން ސާބިތުވެ މިސްރުގައި ތިން މީހަކަށް މަރުގެ ހުކުމް

15 އޮކްޓޯބަރު 2018
ފުލުހުން މެރިކަން ސާބިތުވެ މިސްރުގައި ތިން މީހަކަށް މަރުގެ ހުކުމް
28 ޖުލައި 2018

75 މުޒާހިރީން ނަށް މިސްރުގައި މަރުގެ ހުކުމް އިއްވައިފި

28 ޖުލައި 2018
75 މުޒާހިރީން ނަށް މިސްރުގައި މަރުގެ ހުކުމް އިއްވައިފި
03 ޖޫން 2018

ރަޒާންގެ ޖަނާޒާއަށް އޭނާގެ ބައްޕަ ދިޔައީ އޭނާގެ ލެއިން ތަތްތެޅިފައިވާ ޖެކެޓް ހިފައިގެން!

03 ޖޫން 2018
ރަޒާންގެ ޖަނާޒާއަށް އޭނާގެ ބައްޕަ ދިޔައީ އޭނާގެ ލެއިން ތަތްތެޅިފައިވާ ޖެކެޓް ހިފައިގެން!
29 މާރިޗު 2018

މިސްރުގެ ކުރީގެ ރައީސް މުރްސީ އާމެދު އަމަލު ކުރާ ގޮތުން އޭނާގެ އުމުރު ކުރުވެދާނެ: ރިޕޯޓް

29 މާރިޗު 2018
މިސްރުގެ ކުރީގެ ރައީސް މުރްސީ އާމެދު އަމަލު ކުރާ ގޮތުން އޭނާގެ އުމުރު ކުރުވެދާނެ: ރިޕޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު