Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމިސްރުގެ އަސްކަރިއްޔާ

މިސްރުގެ އަސްކަރިއްޔާގެ ވެރިޔަކަށް ފަރީދު ހެގާޒީ ހަމަޖައްސައިފި

ކުރިން އެމަގާމުގައި ހުންނެވި މަހްމޫދު ހެގާޒީ ވަނީ، ރައީސް އަށް ލަފާދޭ މުޝީރަކަށް ހަމަޖައްސަވާފަ

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 29 އޮކްޓޯބަރު 2017 | އާދީއްތަ 05:19
މިސްރުގެ ރައީސް އަބްދުލް ފައްތާޙް އަލް ސިސީ: މިސްރުގެ އަސްކަރިއްޔާގެ އިސްވެރިޔާގެ މަގާމް ބަދަލުކުރެއްވިކަން ހޮނިހިރު ދުވަހު ސިސީ ވަނީ އާއްމުކުރައްވާފަ

މިސްރުގެ ރައީސް އަބްދުލް ފައްތާޙް އަލް ސިސީ: މިސްރުގެ އަސްކަރިއްޔާގެ އިސްވެރިޔާގެ މަގާމް ބަދަލުކުރެއްވިކަން ހޮނިހިރު ދުވަހު ސިސީ ވަނީ އާއްމުކުރައްވާފަ

މިސްރުގެ އަސްކަރިއްޔާގެ އިސް ވެރިޔަކަށް އެގައުމުގެ ދިފާއީ ވުޒާރާގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ފަރީދު ހެގާޒީ ހަމަޖައްސަވައިފި އެވެ.

އަސްކަރިއްޔާގެ ވެރިޔަކަށް ޖެނެރަލް ފަރީދު ހެގާޒީ އައްޔަން ކުރެއްވުމަށް، ރައީސް އަބްދުލް ފައްތާހް އަލް ސިސީ ނިންމެވިކަން ހާމަކޮށްފައިވަނީ، އެގައުމުގެ ރިޔާސީ ގަނޑުވަރުން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައެވެ.

އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފަކަށް ފަރީދު ހެގާޒީ ހަމަޖެއްސެވިކަން ހާމަ ކުރިނަމަވެސް، އަސްކަރިއްޔާގެ އިސް ވެރިޔާގެ މަގާމަށް ބަދަލު ގެންނެވި ސަބަބު ހާމަކޮށްފައެއްނުވެ އެވެ.

އަސްކަރިއްޔާގެ އިސްވެރިޔަކަށް ފަރީދު ހެގާޒީ ހަމަޖެއްސެވުމަށްފަހު، 2014 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން އެމަގާމުގައި ހުންނެވި މަހްމޫދު ހެގާޒީ ވަނީ ރައީސް ސިސީ އަށް ލަފާދޭ މުޝީރަކަށް ބަދަލު ކުރައްވާފައެވެ.

މިސްރުގެ ރައީސް މުރްސީގެ އަރިސް ބޭފުޅެއް ކަމަށްވާ މަހްމޫދު ހެގާޒީ، އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފްގެ މަގާމުން ރިޔާސީ މުޝީރަކަށް ބަދަލު ކުރެއްވީ، ޓެރަރިޒަމާއި ދެކޮޅަށް ކުރާ ހަނގުރާމައިގެ މަޝްވަރާތަކުގައި ބައިވެރިވުމަށް އެމެރިކާގެ ވެރިރަށް ވޮޝިންޓަނަށް ކުރެއްވި ދަތުރުފުޅަށްފަހު އެނބުރި ވަޑައިގެންނެވިތާ ދުވަސްކޮޅެއް ނުވަނީހެވެ.

އަސްކަރިއްޔާގެ އިސްވެރިޔާގެ މަގާމަށް މުޙައްމަދު ފަރީދު ހެގާޒީ ހަމަޖެއްސެވުމަކީ އަސްކަރިއްޔާ އަށް ގެނައި ބޮޑު ބަދަލެއްގެ ފެށުމުގެ ގޮތުގައި ބޭރުގެ މީޑިއާތަކުން ސިފަކުރެއެވެ.

2013 ވަނަ އަހަރު މިސްރުގައި އޮތް ރައީސް މުޙައްމަދު މުރްސީގެ ވެރިކަން ވައްޓާލުމަށްފަހު އެގައުމުގެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު، ސިސީ ހުންނެވީ މުރްސީގެ ސަރުކާރުގެ ދިފާއީ ވަޒީރުގެ މަގާމުގައެވެ.

މުރްސީގެ ވެރިކަން ވައްޓާލިފަހުން މިސްރުގެ ސަލާމަތީ ބާރުތަކަށް އިސްލާމިކް ސްޓޭޓްގެ ހަނގުރާމަވެރިންގެ ހަމަލާތައް އަމާޒުވުން ވަނީ އާއްމުވެފައެވެ. އެހަމަލާތަކުގައި މިސްރުގެ ފުލުހުންނާއި ސިފައިންގެ ގިނަ އަދަދެއްގެ ބަޔަކު މަރުވެފައިވެއެވެ.

މިސްރުގެ އުތުރުގެ ސައިނާ ޕްރޮވިންސްގައި ގިނަ އަދަދެއްގެ ހަނގުރާމަވެރިން ހަރަކާތްތެރިވާއިރު، އެސަރަޙައްދަކީ މިސްރުގެ ސަލާމަތީ ބާރުތަކަށް އަމާޒުކޮށް ހަނގުރާމަވެރިން ދޭ ހަމަލާތައް އެންމެ އާއްމު ސަރަޙައްދެވެ.

އިތުރަށް ކިޔާލަން

21 އޮކްޓޯބަރު 2017

މިސްރުގެ ސަލާމަތީ ފައުޖުތަކުގެ 50 އަށް ވުރެ ގިނަ މީހުން މަރާލައިފި

21 އޮކްޓޯބަރު 2017
މިސްރުގެ ސަލާމަތީ ފައުޖުތަކުގެ 50 އަށް ވުރެ ގިނަ މީހުން މަރާލައިފި
15 އޮކްޓޯބަރު 2017

ފްރާންސް އަސްކަރިއްޔާގެ ކާގޯ ފްލައިޓެއް ވެއްޓުން: ހަތަރު މީހުން މަރުވެ ހަމީހުން ޒަޚަމްވި

15 އޮކްޓޯބަރު 2017
ފްރާންސް އަސްކަރިއްޔާގެ ކާގޯ ފްލައިޓެއް ވެއްޓުން: ހަތަރު މީހުން މަރުވެ ހަމީހުން ޒަޚަމްވި
20 ޖުލައި 2017

ތައިލެންޑުގެ އަސްކަރިއްޔާގެ ކުރީގެ ޖެނެރަލަކު 27 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

20 ޖުލައި 2017
ތައިލެންޑުގެ އަސްކަރިއްޔާގެ ކުރީގެ ޖެނެރަލަކު 27 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި
19 ޖުލައި 2017

ރައީސް އާއި ހިޔާލުތަފާތުވުން އުފެދި ފްރާންސްގެ އަސްކަރިއްޔާގެ ވެރިޔާ އިސްތިއުފާ ދެއްވައިފި

19 ޖުލައި 2017
ރައީސް އާއި ހިޔާލުތަފާތުވުން އުފެދި ފްރާންސްގެ އަސްކަރިއްޔާގެ ވެރިޔާ އިސްތިއުފާ ދެއްވައިފި
08 ޖުލައި 2017

މިސްރުގެ ސިނާއީގައި ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި ސިފައިންގެ 26 މީހުން މަރާލައިފި

08 ޖުލައި 2017
މިސްރުގެ ސިނާއީގައި ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި ސިފައިންގެ 26 މީހުން މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު