Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާއާއި އިރާނުގެ މައްސަލަ

ފަހު ވަގުތު އިރާނަށް ހަމަލާނުދޭން ނިންމީ 150 މީހުން މަރުވާނެކަމަށް ބުނުމުން: ޓްރަމްޕް

22 ޖޫން 2019 | ހޮނިހިރު 05:55

އެއީ ޑްރޯން ވައްޓާލުމުގެ ރައްދެއްގެ ގޮތުން ނުބައްދަލު ކަމެއް: ޓްރަމްޕް

އަމަން ހަލީމް
އަމަން ހަލީމް | 22 ޖޫން 2019 | ހޮނިހިރު 05:55
ޑޮނަލްޑް ޓްރަމްޕް ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަނީ

ޑޮނަލްޑް ޓްރަމްޕް ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަނީ

އެމެރިކާގެ ޑްރޯން ވައްޓާލި މައްސަލައިގައި ރައްދުގައި ހަމަލާ ދޭން ނިންމުމަށް ފަހު، އެ ނިންމުން ފަހު ވަގުތު ބަދަލުކުރީ 150 މީހުން މަރުވާނެކަމަށް ބުނުމުން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު ކުރެއްވި ޓްވީޓެއްގައި ޓްރަމްޕް ވިދާޅުވީ، ހަމަލާތައް ހުއްޓުވީ ހަމަލާދޭން ނިންމާފައިވާ ތަންތަނަށް ހަމަލާދޭން ދިހަ މިނިޓަށް ވެފައި ވަނިކޮށް ކަމަށެވެ. ޓްރަމްޕް ބުނީ ބަޔަކު މަރާލާ ގޮތަށް ހަމަލާދިނުމަކީ، މީހަކު ނެތް ޑްރޯނެއް ވައްޓާލުމާ ނުބައްދަލު ރައްދެއް ކަމަށެވެ.

ބުރާސްފަތި ދުވަހު ގެ ވަގުތެއްގައި، އީރާނުން އެމެރިކާގެ ޑްރޯން ވައްޓާލީ އެ ގައުމުގެ ވައިގެ ސަރަހައްދަށް ވަން ކަމަށް ބުނެއެވެ. ނަމަވެސް އެމެރިކާއިން ވަނީ މި ވާހަކަތައް ދޮގުކޮށްފައެވެ. އެމެރިކާއިން ބުނީ ޑްރޯން ދަތުރުކުރަމުން ދިޔައީ ހޮރުމޫޒް ކަނޑުއޮޅިއާ ދިމާލުން ބައިނަލްއަގްވާމީ ވައިގެ ސަރަހައްދުގައި ކަމަށެވެ.

ހަމަލާނުދިން ކަމުގައިވީ ނަމަވެސް، ޓްރަމްޕް ވަނީ މިހާރު އަޅާފައިވާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރުކުރާނެ ކަމަށް ވިދާޅުވެފައެވެ. އަދި ޓްރަމްޕް ވިދާޅުވީ، އީރާނަށް ދުވަހަކުވެސް ނިއުކްލިއަރ ހަތިޔާރު ނުގެންގުޅެވޭޏެ ކަމަށެވެ.

އިރާނު މައްސަލައާއި ގުޅިގެން އދ.ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ހޯމަ ދުވަހު ބޭއްވުމަށް އެމެރިކާއިން އެދިފައިވާ ކަމަށް ރޮއިޓާރޒް އިން ރިޕޯޓްކޮށްފައިވެއެވެ.

ދެ ގައުމުގެ ގުޅުން ގޯސްވެގެން ގޮސްފައި ވަނީ ރައީސް ބަރަކް އޮބާމާގެ ދައުރުގައި ދުނިޔޭގެ ބާރުތަކާއި އިރާނާ ދެމެދު ވެވުނު އެއްބަސްވުން، ރައީސް ޓްރަމްޕް އުވާލަން ނިންމުމާއި ގުޅިގެންނެވެ. އެގޮތުން މިދިޔަ އަހަރު އެ ނިއުކްލިއަރ އެއްބަސްވުމުން އެމެރިކާ ވަކިވުމާއި އެކު ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެގެން ގޮސްފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

02 އެޕްރީލު 2017

ތިން މަހަށްފަހު ބޮބް ޑިލަން ނޮބެލް އިނާމާ ހަވާލުވެއްޖެ

02 އެޕްރީލު 2017
ތިން މަހަށްފަހު ބޮބް ޑިލަން ނޮބެލް އިނާމާ ހަވާލުވެއްޖެ
28 މާރިޗު 2017

ތޫފާނަށްފަހު އޮސްޓްރޭލިއާގައި ކާރިސާގެ ހާލަތު އިއުލާނުކޮށްފި

28 މާރިޗު 2017
ތޫފާނަށްފަހު އޮސްޓްރޭލިއާގައި ކާރިސާގެ ހާލަތު އިއުލާނުކޮށްފި
23 މާރިޗު 2017

ތިންއަހަރަށްފަހު ދެކުނުކޮރެއާގެ ފެރީ ކަނޑުއަޑިން ނަގައިފި

23 މާރިޗު 2017
ތިންއަހަރަށްފަހު ދެކުނުކޮރެއާގެ ފެރީ ކަނޑުއަޑިން ނަގައިފި
21 މާރިޗު 2017

އެންމެ އުފާވެރި ގައުމު، ޑެންމާކު ވައްޓާލުމަށްފަހު ނޯވޭއަށް

21 މާރިޗު 2017
 އެންމެ އުފާވެރި ގައުމު، ޑެންމާކު ވައްޓާލުމަށްފަހު ނޯވޭއަށް
10 ފެބުރުއަރީ 2017

"އެއް ޗައިނާ" ސިޔާސަޔަތައް ތާއީދު ކުރައްވާ ކަމަށް އެންމެ ފަހުން ޓްރަމްޕް ވިދާޅުވެއްޖެ

10 ފެބުރުއަރީ 2017
"އެއް ޗައިނާ" ސިޔާސަޔަތައް ތާއީދު ކުރައްވާ ކަމަށް އެންމެ ފަހުން ޓްރަމްޕް ވިދާޅުވެއްޖެ
07 ފެބުރުއަރީ 2017

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
02 ފެބުރުއަރީ 2017

އެމެރިކާއިން އިރާނަށް "ނޯޓިސް" ދީފި!

02 ފެބުރުއަރީ 2017
އެމެރިކާއިން އިރާނަށް "ނޯޓިސް" ދީފި!
17 ޖެނުއަރީ 2017

ހަނދުގައި އެންމެ ފަހުން ހިނގި އެސްޓްރޮނޯޓް ޖީން 82 އަހަރުގައި ނިޔާވެއްޖެ

17 ޖެނުއަރީ 2017
ހަނދުގައި އެންމެ ފަހުން ހިނގި އެސްޓްރޮނޯޓް ޖީން 82 އަހަރުގައި ނިޔާވެއްޖެ
14 ޖެނުއަރީ 2017

ވިހެއިތަނުން ވަގަށްނެގި ކުއްޖަކު 18 އަހަރު ފަހުން ފެނިއްޖެ

14 ޖެނުއަރީ 2017
ވިހެއިތަނުން ވަގަށްނެގި ކުއްޖަކު 18 އަހަރު ފަހުން ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް