ފުވައްމުލަކު ހޯދަނޑުގެ ޗަސްބިމެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފުން ހަރަކާތްތެރިވެއްޖެ
21 ޖޫން 2019 | ހުކުރު 16:02އަލިފާނުގެ ހާދިސާ ރިޕޯޓުކޮށްފައިވަނީ ހުކުރު ދުވަހުގެ 18:50 ހާއިރު

ޝަރޫނާ އަބްދުﷲ | 21 ޖޫން 2019 | ހުކުރު 16:02

ފުވައްމުލަކުގައި ހިންގި އަލިފާނުގެ ހާދިސާ
ޏ ފުވައްމުލަކު ހޯދަނޑުގެ ޗަސްބިމެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފުވައްމުލަކު ފަޔަރ ސްޓޭޝަންގެ ސިފައިން ހަރަކާތްތެރިވެއްޖެއެވެ.
އެމްއެންޑީއެފުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަލިފާނުގެ ހާދިސާ ރިޕޯޓުކޮށްފައިވަނީ ހުކުރު ދުވަހުގެ 18:50 ހާއިރު ކަމަށެވެ. މީގެ އިތުރުން އަލިފާންގަނޑު ރޯވެފައިވަނީ މަގުގެ އަރިމަތީގައި ހުރި ފަތްކެޔޮ ގަސްތަކެއްގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ މިހާރު އަލިފާންގަނޑު ވަނީ ކޮންޓްރޯލް ކުރެވިފައި ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށެވެ.
އަލިފާންގަނޑު ނިއްވާލެވިފައިވަނީ 19:06 ގައެވެ.








