Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެމްއެންޑީއެފްގެ އޮޕަރޭޝަން

ގިނަ އުޅަނދުތަކެއް ހުރީ އިންޝުއަރެންސް ވެސް ނުކޮށް، އަލިފާން ނިވި ބޭނުންކުރަން ނޭނގޭ:އެމްއެންޑީއެފް

އަލިފާނުގެ ހާދިސާއެއް ހިނގުމުން ގުޅާނެ އިމަޖެންސީ ނަމްބަރު ނޭނގޭ ދޯނިތައްވެސް ހުރި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 23 ފެބުރުއަރީ 2017 | ބުރާސްފަތި 19:29
އެމްއެންޑީއެފުން ކުރިއަށް ގެންދާ "އޮޕަރޭޝަން ހިރާސް ފާސް"ގެ ތެރެއިން

އެމްއެންޑީއެފުން ކުރިއަށް ގެންދާ "އޮޕަރޭޝަން ހިރާސް ފާސް"ގެ ތެރެއިން

ކަނޑު އުޅަނދު ފަހަރުގައި އަލިފާން ނިވި ބޭނުން ކުރަން ނޭނގޭ ފަރާތްތައްވެސް އުޅޭ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފް އިން މިހެން ބުނީ އެމުއްސަސާއިން ކުރިއަށްގެންދާ "އޮޕަރޭޝަން ހިރާސް ފާސް"ގައި މިހާތަނަށް 80 ކަނޑުގެ އުޅަނދެއް ބަލާ ފާސްކުރުމަށްފަހު ހާމަކުރެއްވި ބަޔާނުގައެވެ.

Advertisement - newsAdvertisement

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ މީޑިޔާ އޮފިޝަލް ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ މިމަހުގެ 12 ވަނަ ދުވަހު މާލޭ ނޯތު ހާބަރ ސަރަޙައްދުގައި ފެށި މި އޮޕަރޭޝަން ކުރިއަށް ގެންދަނީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް ގުޅިގެން ކަމަށެވެ.

އާޒިމް ވިދާޅުވީ މިހާތަނަށް ބަލާފާސްކުރުމުގައި ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި މީހުން އުފުލާ ބައެއް އުޅަނދުތަކުގައި، ފެޓްރޯލާއި ޑީސަލް އަދި ކައްކާގޭސްފަދަ ތަކެތި އުފުލާކަން ފާހަގަކުރެވިފައިވާއިރު، އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ގުޅާނެ އިމަޖެންސީ ނަންބަރު ނޭނގޭ ފަރާތްތައް އުޅަނދުތަކުގައި މަސައްކަތްކުރާކަން ވަނީ ފާހަގަކުރެވިފައިކަމަށެވެ. އަދި ޗެކްކުރެވުނު ހުރިހާ އުޅަނދުތަކެއްގައިވެސް އަލިފާންނިވި ބަހައްޓާފައި ހުރިކަން ފާހަގަކުރެވުނުއިރު، މީގެ ތެރެއިން ބައެއް އުޅަނދުފަހަރުގައި ބެހެއްޓިފައިހުރި އަލިފާން ނިވީގެ މުއްދަތު ހަމަވެފައިވުމާއި އަދި އަލިފާންނިވި ބޭނުންކުރަން ނޭނގޭ ފަރާތްތައް އުޅަނދުފަހަރުގައި މަސައްކަތް ކުރަމުންދާކަން އެމްއެންޑީއެފުން ވަނީ ފާހަގަކޮށްފަ އެވެ. އަދި މިހާތަނަށް ބެލި 80 އުޅަނދުގެ ތެރެއިން 35 އުޅަނދެއް އިންޝުއަރެންސް ކޮށްފައި ނުވާކަންވެސް ވެސް އެމްއެންޑީއެފުން ބުނެ އެވެ.

މި އޮޕަރޭޝަންގައި ކަނޑު އުޅަނދުފަހަރުގައި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅިފައިހުރީ ކިހާ މިންވަރަކަށްތޯ ބެލުމާއި، އަލިފާނުން ރައްކާތެރިކޮށްދޭ ނިޒާމް ހުރިތޯ ބަލައި، އަލިފާން ނިއްވުމަށް ބޭނުންކުރާ އާލާތްތަކުގެ ހާލަތު ދެނެގަތުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މި އޮޕަރޭޝަންގައި އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ ބެލުމާއި، މެރިން ވީއެޗްއެފް ޗެކް ކުރުމުގެ އިތުރުން އުޅަނދުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމާއި ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް މި އޮޕަރޭޝަންގައި ބަލަމުން ގެންދާގޮތަށް ވަނީ ހަމަޖެހިފައިކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
އެޑުކޭޝަން މިނިސްޓްރީން ހިންގާ ލައިފް ސްކިލް ޕްރޮގްރާމުގައި 624 ޓޗަރުން ތަމްރީނުކޮށްފި

އެޑުކޭޝަން މިނިސްޓްރީން ހިންގާ ލައިފް ސްކިލް ޕްރޮގްރާމުގައި 624 ޓޗަރުން ތަމްރީނުކޮށްފި

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު