Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލަ

ސުޕްރީމް ކޯޓުގެ އަމުރުގެ މަޤްސަދަކީ ފަނޑިޔާރެއްގެ މައްސަލަ ބެލުމަށް ހުރަސް އެޅުމެއް ނޫން: ޑީޖޭއޭ

18 ޖޫން 2019 | އަންގާރަ 12:03

ޚުސޫމާތެއް އުފެދިއްޖެ ނަމަ އެކަން ބެލުމަކީ ކޯޓުތަކުގެ ޒިންމާއެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 18 ޖޫން 2019 | އަންގާރަ 12:03
ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރ އަހުމަދު މާޖިދު

ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރ އަހުމަދު މާޖިދު

ސުޕްރީމް ކޯޓުގެ އަމުރަކީ ފަނޑިޔާރެއްގެ މައްސަލަ ބެލުމަށް ހުރަސް އެޅުމުގެ ގޮތުން ނެރުނު އަމުރެއް ނޫން ކަމަށް ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފިއެވެ.

ޖޭއެސްސީ އަށް ހުށައެޅިފައިވާ މައްސަލައަކާ ގުޅިގެން މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށް ސަސްޕެންޑްކުރެވުނު ސުޕްރީމް ކޯޓުގެ ގާޒީ އަބްދުﷲ ދީދީގެ މައްސަލަ އެއްވެސް ގޮތަކަށް ކުރިޔަށް ނުގެންދިޔުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް ދީދީގެ ސަސްޕެންޝަން ދެމިއޮންނާނެ ކަމަށް ޖޭއެސްސީން ބުނެފައިވާއިރު، އަންގާރަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރ އަހުމަދު މާޖިދު ވިދާޅުވީ، ސުޕްރީމް ކޯޓުގެ އަމުރަކީ އެއްވެސް ފަނޑިޔާރެއްގެ މައްސަލަ ބެލުމަށް ހުރަސް އެޅުމުގެ ގޮތުން ނެރުނު އަމުރެއް ނޫން ކަަމަށެވެ.

Advertisement - newsAdvertisement

މާޖިދު ވިދާޅުވީ، މިހާލަތުގައި އުފެދިގެން އުޅޭ މައްސަލައަކީ ޖޭއެސްސީން ޑިއު ޕްރޮސަސްއާ ޚިލާފަށް އަމަލުކޮށްފައިވާތީ ފަނޑިޔާރު އަބްދުﷲ ދީދީ ހުށައެޅުއްވި ދުސްތޫރީ މައްސަލައެއް ކަމަށާއި، އެއްވެސް މީހެއްގެ އަސާސީ ހައްޤު ނުވަތަ ޤާނޫނީ ރައްކާތެރިކަން ގެއްލޭ ގޮތަށް ކަމެއް ހިނގައިގެން ޚުސޫމާތެއް (ޑިސްޕިއުޓެއް) އުފެދިއްޖެނަމަ އެކަން ބެލުމަކީ ކޯޓުތަކުގެ ޒިންމާއެއް ކަމަށާއި، ކޯޓުގެ އިހުތިސާސްގް ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި އެއްވެސް ހާލެއްގައި ޑީޖޭއޭއިން ޖޭއެސްސީގެ އިހްތިސާސަށް އަރައިގަތުމަށް މަސައްކަތް ނުކުރާ ކަމަށް ވެސް މާޖިދު ވިދާޅުވިއެވެ.

މާޖިދު އެހެން ވިދާޅުވިއިރު، ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން މަޑުޖައްސާލުމަށް، އެ ކޯޓުން ނެރުނު އަމުރާ ޚިލާފަށް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ނިންމާ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ބުނެ، ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ޤާނޫނު އަސާސީއާ ޚިލާފް އަމުރެއް ކަމަށް އަންގާރަ ދުވަހު އޮތް މަޖިލިސް ޖަލްސާ އިން ވަނީ ނިންމާފައެވެ.

އެކަމާ ގުޅޭ ގޮތުން މާޖިދު ވިދާޅުވީ، ޤާނޫނު އަސާސީއާއި ޤާނޫނު މާނަ ކުރުމުގައި އަދި ޝަރީއަތުން ބަލާ އެ ނޫން ވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަަމަށް ޤާނޫނުއަސާސީގެ 145 ވަނަ މާއްދާގެ (ނ) ގައި ވެސް ބަޔާންކޮށްފައިވާ ކަމަށެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިވަގުތު ފަނޑިޔާރު އަބްދުﷲ ދީދީގެ ފަސް މައްސަލައެއް ބަލަމުންދާ ކަމަށް އެ ކޮމިޝަނުން ބުނެފައި ވެއެވެ. އެގޮތުން ފަނޑިޔާރު އަބްދުﷲ ދީދީ ބޭނުންފުޅުވާ ނަމަ އެ ފަސް މައްސަލަ ވެސް ކުރިޔަށް ގެންދާނީ ހުޅުވާލައިގެން ކަމަށް އެ ކޮމިޝަނުން ބުނެފައި ވެއެވެ.

އެންމެ ހިނގާ

1

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

2

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

3

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

4

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

5

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

އިތުރަށް ކިޔާލަން

19 މާރިޗު 2017

ޓެރަރިޒަމަށް ހިތްވަރުދޭ ގޮތަށް ލިޔާ ކަމަށް ބުނެ ކްރިމިނަލް ކޯޓުގެ ވަރުގަދަ އިންޒާރެއް ނޫސްވެރިންނަށް!

19 މާރިޗު 2017
ޓެރަރިޒަމަށް ހިތްވަރުދޭ ގޮތަށް ލިޔާ ކަމަށް ބުނެ ކްރިމިނަލް ކޯޓުގެ ވަރުގަދަ އިންޒާރެއް ނޫސްވެރިންނަށް!
15 މާރިޗު 2017

ހައިކޯޓުގެ އެކިގޮފިތަކަށް ފަނޑިޔާރުން ބަދަލުކުރެވޭ ގޮތް ހަދައިފި

15 މާރިޗު 2017
ހައިކޯޓުގެ އެކިގޮފިތަކަށް ފަނޑިޔާރުން ބަދަލުކުރެވޭ ގޮތް ހަދައިފި
02 މާރިޗު 2017

ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރަކު އައްޔަން ނުކުރެވި ހަމަސް

02 މާރިޗު 2017
ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރަކު އައްޔަން ނުކުރެވި ހަމަސް
26 ފެބުރުއަރީ 2017

ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ

26 ފެބުރުއަރީ 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ
21 ފެބުރުއަރީ 2017

ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

21 ފެބުރުއަރީ 2017
ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ
19 ފެބުރުއަރީ 2017

ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި

19 ފެބުރުއަރީ 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި
19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް