Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނޫސްވެރިންނަށް އިންޒާރު

ޓެރަރިޒަމަށް ހިތްވަރުދޭ ގޮތަށް ލިޔާ ކަމަށް ބުނެ ކްރިމިނަލް ކޯޓުގެ ވަރުގަދަ އިންޒާރެއް ނޫސްވެރިންނަށް!

ބައެއް ނޫސްވެރިން ދަނީ ފިތުނަފަސާދަ އުފައްދާ ކަމަށް ކޯޓުން ބުނޭ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 19 މާރިޗު 2017 | އާދީއްތަ 15:14
ކްރިމިނަލް ކޯޓް: ބައެއް ނޫސްވެރިން ދަނީ ޓެރަރިޒަމަށް ހިތްވަރު ލިބޭ ލިޔުންތައް ލިޔަމުން

ކްރިމިނަލް ކޯޓް: ބައެއް ނޫސްވެރިން ދަނީ ޓެރަރިޒަމަށް ހިތްވަރު ލިބޭ ލިޔުންތައް ލިޔަމުން

ބައެއް ނޫސްވެރިން ލިޔާ ލިޔުންތަކުން ޓެރަރިޒަމަށް ހިތްވަރު ލިބޭ ކަމަށާއި އެފަދަ ލިޔުންތައް ލިޔާ ނޫސްވެރިންނަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުނެ ކްރިމިނަލް ކޯޓުން ނޫސްވެރިންނަށް ވަރުގަދަ އިންޒާރެއް ދީފި އެވެ.

ކްރިމިނަލް ކޯޓުން އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ދިވެހި ދައުލަތުގެ އިސް ވެރިންނާއި މުއައްސަސާތަކާމެދު ދިވެހި ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެއްދުމަށާއި ދައުލަތުގެ ތިން ބާރުގެ އަގުވައްޓާލުމަށް ބައެއް ނޫސްވެރިން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ދިވެހި ދައުލަތުގެ އިސްވެރިންގެ މިންނެތް މަސައްކަތްޕުޅުންނާއި، ދިވެހިރާއްޖެއަށް ހެވާ ލާބަ އެދޭ ގިނަ ބައެއްގެ މަސައްކަތުން، ދިވެހިރާއްޖޭގައި ޤާއިމުވެ އިސްތިޤުރާރު ވެފައިވާ އަމާންކަން ނަގާލައި، ދިވެހި ރައްޔިތުންގެ މެދުގަ ފިތުނަ ފަސާދަ އުފެއްދުމަށާއި ދިވެހި ދައުލަތުގެ އިސް ވެރިންނާއި މުއައްސަސާތަކާމެދު ދިވެހި ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެއްދުމަށާއި ދައުލަތުގެ ތިން ބާރުގެ އަގުވައްޓާލުމަށް ބައެއް ނޫސްވެރިން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި ދިވެހި ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެއްދުމަށް، ދިވެހިރާއްޖޭގަ ނެރެމުންދާ ބައެއް ނޫސްތަކުގައި ލިޔާ ބައެއް ނޫސްވެރިން މަސައްކަތްކުރަމުން ގެންދާތީއާއި، އޭގެތެރެއިން ބައެއް ލިޔުންތަކަކީ ޓެރަރިޒަމަށް ހިތްވަރު ލިބޭ ޒާތުގެ ލިޔުންތަކެއްކަން ފާހަގަކުރެވިފައި ވާތީ، މިހާރުން މިހާރަށް މިފަދަ ޢަމަލުތައް ހުއްޓާލެއްވުމަށް އެންމެހައި ނޫސްވެރިންނަށް ގޮވާލާ ކަމަށް ކްރިމިނަލް ކޯޓުން ބުނެފައިވެ އެވެ.

ކްރިމިނަލް ކޯޓުން ބުނީ އެފަދަ ލިޔުންތައް ލިޔެގެން، ދިވެހި ދައުލަތުގެ އަމަންޢާއްމާއި އިސްތިޤުރާރު ނަގާލައި، ދިވެހި ދައުލަތުގެ ސިޔާދަތަށް ބުރޫއަރާފަދަ ޢަމަލުތައް ކުރާ ކޮންމެ މީހަކާމެދު އެ ކޯޓުން ޤާނޫނީ ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

02 ފެބުރުއަރީ 2017
ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި
27 ޖެނުއަރީ 2017

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

27 ޖެނުއަރީ 2017
އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި
27 ޖެނުއަރީ 2017

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު