Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރޯޑް ސޭފްޓީ

މަގުމަތީގެ ރައްކާތެރިކަމާއި މެދު އާއްމުންގެ ހޭލުންތެރިކަން އިތުރުވެފައިވޭ: ހަމީދު

ޝިޔާރަކީ '' ސޭވް ލައިވްސް، ސްޕީކްސް އަޕް''

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 14 ޖޫން 2019 | ހުކުރު 14:13
މަގުމަތީގެ ހޭލުންތެރިކަން އިތުރު ކުރުމަށް ބޭއްވި ހިނގާލުމުގެ ތެރެއިން

މަގުމަތީގެ ހޭލުންތެރިކަން އިތުރު ކުރުމަށް ބޭއްވި ހިނގާލުމުގެ ތެރެއިން

ކުރިޔާ އަޅާބަލާއިރު މަގުމަތި ބޭނުންކުރާ ފަރާތްތަކުން މަގުމަތީގެ ރައްކާތެރިކަމާއި މެދު ހޭލުންތެރިކަން އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ އެހެން ވިދާޅުވީ، މަގުމަތީގެ ރައްކާތެރިކަމާ ދުވަހާ ގުޅިގެން ހުކުރު ދުވަހު ބޭއްވި ރޯޑް ސޭފްޓީ ހިނގާލުމުގެ ހަރަކާތް ފެއްޓުމުގެ ރަސްމިއްޔާތުގައި ރާއްޖެ.އެމްވީ އަށް މައުލޫމާތު ދެއްވަމުންނެވެ.

Advertisement - newsAdvertisement

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާއްމުން ހޭލުންތެރިކުރުމުގެ ގޮތުން ނޭޝަނަލް ހެލްޓް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިސްނަގައިގެން ހެލްތު މިނިސްޓްރީ، ޓްރާންސްޕޯޓް މިނިސްޓްރީއާ ފުލުހުންނާއި ގުޅިގެން ހުކުރު ދުވަހު ހަވީރު ވަނީ ހިނގާލުމެއް ބާއްވާފައެވެ. އެ ހިނގާލުމުގެ ޝިއާރަކީ'' ސޭވް ލައިވްސް، ސްޕީކްސް އަޕް'' އެވެ.

ހަމީދު ވިދާޅުވީ، އެ ފަދަ ހަރަކާތެއްގެ އެންމެ ބޮޑު ބޭނުމަކީ އާއްމުން މަގުމަތީގެ ރައްކާތެރި ކަމާއި މެދު އިތުރަށް ހޭލުންތެރި ކުރުވުން ކަމަށެވެ. މިހާރުވެސް އޭގެ ހެޔޮ ބަދަލުތައް ފެންނަމުން އަންނަ ކަމަށް ސީޕީ ފާހަގަކުރެއްވިއެވެ.

ރޯޑް ސޭފްޓީ ހިނގާލުމުގެ ޝަރަފްވެރި ކޮށްދެއްވަމުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ، ފަރުވާކުޑަ ކޮށްލުމުގެ ސަބަބުން ދިމާވާ މަގުމަތީގެ ހާދިސާ ތަކަކީ އޭގެ ސަބަބުން އެތައް އާއިލާތަކަކަށް ހިތާމާއާ ކުރިމަތިލާން ޖެހޭ ކަން ކަން ކަމަށެވެ.

އެފަދަ ހިތާމާވެރި ހާދިސާތައް މަދުކޮށް މަގުމަތީގެ ރައްކާތެރިކަން އިތުރުކުރުމަށް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޑަބްލިއު އެޗްއޯގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އަހަރެއްގެ މައްޗަށް އެކްސިޑެންޓް ތަކުގައި މިލިއަނެއްހާ މީހުން މަރުވެއެވެ. އެންމެ ގިނަ އެކްސިޑެންޓްތައް ހިނގާފައިވަނީ ޔޫރަޕްގެ ގައުމުތަކުގައެވެ.

ހުކުރު ދުވަހު ހަވީރު ސޯޝަލް ސެންޓަރު ކުރިމަތިން ފެށި ހިނގާލުމުގައި ބައިވެރިން ވަނީ ދެ ސަރަހައްދަށް ހުއްޓާފައެވެ. އެކްސިޑެންޓް ހިނގުމުން ކަންތައް ކުރަން ޖެހޭ ގޮތުގެ ސީން އެއް ވަނީ ދައްކާލާފައެވެ. ހިނގާލުމުގައި ބައިވެރިވި ފަރާތްތަކުން ތިބީ މަގުމަތީގެ ރައްކާތެރިކަމާއި ގުޅެ ޝިއާރުތައް ޖަހާފައިވާ ބޯޑުތައް ހިފަހައްޓައިގެންނެވެ.

އެ ހިނގާލުމުގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީންއާ، މާލެ މޭޔަރު ޝިފާ މުހައްމަދާ، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ރާއްޖެއަށް ކަޑައަޅާފައި ހުންނަ މަންދޫބު ޑރ އަރްވިންދު މާތޫރްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ސަރުކާރުގެ ވުޒާރާތަކާ އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތަކުގެ އިތުރުން ސްކޫލޫ ކުދިންނާއެކު 200 އަށް ވުރެ ގިނަ ބަޔަކު ވަނީ އެ ހަރަކާތުގައި ބައިވެރިވެ މަގުމަތީގެ ރައްކާތެރިކަމާއި ބެހޭ ގޮތުން އަޑު އުފުލާފައެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
19 ފެބުރުއަރީ 2017

ޖައިލަމް ފެނުމާ މެދު އޮތީ 50 ޕަސަންޓްގެ އުއްމީދެއް: އެމްއެންޑީއެފް

19 ފެބުރުއަރީ 2017
ޖައިލަމް ފެނުމާ މެދު އޮތީ 50 ޕަސަންޓްގެ އުއްމީދެއް: އެމްއެންޑީއެފް
18 ފެބުރުއަރީ 2017

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

18 ފެބުރުއަރީ 2017
ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް
16 ފެބުރުއަރީ 2017

ޙައްގުތަށް ހޯދަން ހިޔާރުކުރާ މަގާމެދު ވިސްނާލަންޖެހޭ: ރައީސް ޔާމީން

16 ފެބުރުއަރީ 2017
ޙައްގުތަށް ހޯދަން ހިޔާރުކުރާ މަގާމެދު ވިސްނާލަންޖެހޭ: ރައީސް ޔާމީން
15 ފެބުރުއަރީ 2017

އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި

15 ފެބުރުއަރީ 2017
އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު