Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ދާއިމީ ކޮމިޓީތަކުގެ މެންޑޭޓުތައް ވަގުތީ ކޮމިޓީ އިން ނިންމި ގޮތަށް ފާސްކޮށްފި

11 ޖޫން 2019 | އަންގާރަ 09:27

ވަޒީރުން ކަނޑައެޅުމުގެ ކުރިން ތަސައްވުރާ ބެހޭ ގޮތުން ސުވާލު ކުރާނެ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 11 ޖޫން 2019 | އަންގާރަ 09:27
ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލިސް

ދާއިމީ ކޮމިޓީތަކުގެ މެންޑޭޓްތައް ވަގުތީ ކޮމިޓީ އިން ނިންމި ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އެ ހުށަހެޅުން ފާސްކުރުމަށް އަންގާރަ ދުވަހު ނެގި ވޯޓުގައި، އެ ހުށަހެޅުން ފާސްވީ، ވޯޓުގައި ބައިވެރިވެވަޑައިގަތް 80 މެންބަރުންގެ އިއްތިފާގުންނެއެވެ.

Advertisement - newsAdvertisement

މަޖިލީހުގައި ހިމެނޭ ދާއިމީ 16 ކޮމިޓީތައް:

މާލިއްޔަތު ކޮމިޓީ

އިގްތިސާދީ ކޮމިޓީ

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ

ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ

ޖުޑިޝަރީ ކޮމިޓީ

އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ

ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީ

އިމްތިޔާޒް އަދި ސުލޫކު ކޮމިޓީ

ގަވައިދު ކޮމިޓީ

ލާމަރުކަޒީ ކޮމިޓީ

އާންމު ކޮމިޓީ

އިޖުތިމާއީ ކޮމިޓީ

ގައުމީ ތަރައްގީއާ ތަރިކައިގެ ކޮމިޓީ

ޕެޓިޝަން ކޮމިޓީ

ދާއިމީ ކޮމިޓީތަކުގެ މެންޑޭޓުތައް ކަނޑައަޅައި ފާސްކުރި އިރު ކޮމިޓީތަކަށް ވަނީ ބޮޑެތި ބާރުތަކެއް ދީފައެވެ.

އެ ގޮތުން ކޯޓުތަކާއި ފަނޑިޔާރުންގެ މައްސަލަތައް ފިޔަވައި، ޝަރުއީ ދާއިރާއާ ގުޅުން ހުރި އެހެނިހެން ކަންކަން ބެލުމުގެ ބާރު ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީއަށް ވަނީ ދީފައެވެ. ޖުޑީޝަރީ ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާއި އެޓާނީ ޖެނެރަލް (އޭޖީ) އޮފީހާއި، ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އާއި މޯލްޑިވްސް އާބިޓްރޭޝަން ސެންޓަރުގެ ކަންކަން ބެލުމާއި އެ ނޫން ވެސް ޝަރުއީ ދާއިރާއާ ގުޅޭ ކަންކަން އެކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ވަނީ ހިމަނާފައެވެ.

ލާމަރުކަޒީ ކޮމިޓީއެއް އުފައްދައި އެ ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ މުއައްސަސާތަކަކީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ އާއި ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލް ތައް ކަމަށް ވަނީ ކަނޑައަޅާފައެވެ. އެކޮމިޓީގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި އެލްޖީއޭއަށް އައްޔަން ކުރެވޭ ފަރާތްތަކާއި އެކޮމިޓީއިން އިންޓަވިއު ކުރުމާއި ލާމަރުކަޒީ އުސޫލުން ކަންކަން ހިންގުމަށް އިންތިޚާބު ކުރެވޭ ކައުންސިލްތަކުގެ މަސްއޫލިއްޔަތައް ވަނީ ހިމަނާފައެވެ.

ވަޒީރުން ކަޑައެޅުމުގެ ކުރިން ސުވާލު ކުރަންޖެހޭ ގޮތަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ވަނީ ބާރުތައް ދީފައެވެ.

އެގޮތުން އެކޮމިޓީގެ އުސޫލުގެ ތެރެއިން ވަޒީރުން ކަނޑައެޅުމުގެ ކުރިން މަޖިލީހުގެ ކޮމިޓީއަށް ހާޒިރު ކޮށް އޭނާއާއި ސުވާލުކުރެވޭނެ ގޮތެއް އޮންނަން ވާނެކަމަށް މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ހިމެނެއެވެ. އޭނާ އެމަގާމަށް ގާބިލުތޯ އެ ކޮމިޓީއިން ނިންމުމަށް ފަހު ރުހުން ހޯދުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވަން ޖެހޭ ގޮތަށް ވަނީ ބަދަލު ކޮށްފައެވެ. ވަޒީރުންނަށް ރުހުން ދޭންޖެހޭ މައްސަލަތަކުގައި އެ މަގާމަކަށް އެ މީހަކު ގާބިލުކަން ނުވަތަ ނޫންކަން، އެ މަގާމަކާ ގުޅޭ މައުލޫމާތު އެ މީހަކަށް ލިބިގެން ވާކަން ނުވަތަ ނޫންކަން، އެ ދާއިރާ އާއި ގުޅޭ ގޮތުން އެއްވެސް ތަޖުރިބާއެއް ހުރިކަން ނުވަތަ ނޫންކަން، އެ ދާއިރާއެއް ކުރި އެރުވުމަށްޓަކައި އޮތް އާންމު ތަސައްވުރާ ބެހޭ ގޮތުން ކޮމިޓީގެ މަރުހަލާގައި ސުވާލު ކުރަން ޖެހޭނެ ކަމަށް އެ ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ވަނީ ހިމަނާފައެވެ. އަދި އެއީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ އިން ކަނޑައަޅާ އުސޫލުތަކެއްގެ މަތިން ވަޒީރެއްގެ ޒާތީ މައުލޫމާތާއި ފަންނީ މައުލޫމާތު ހޯދުމަށް ކަމަށް ވެސް އެ ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ވަނީ ހިމަނާފައެވެ.

މަޖިލީހުން އަލަށް ހެދި ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީ އާއި އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ އާއި ސްޓޭޓް އޯން އެންޓަޕްރައިސަސް ކޮމިޓީގެ އުސޫލު ހިމެނޭ ގޮތަށް 16 ކޮމިޓީގެ މަސްއޫލިއްޔަތުތައް ހިމަނައި އެކޮމިޓީތަކަށް ވަނީ ބާރު ދީފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

އިތުރަށް ކިޔާލަން

09 އެޕްރީލު 2017

42 މެމްބަރުންގެ ސޮއި ނެތި މަސީހު ވަކި ނުކުރެވޭ ގޮތަށް ކޮމިޓީން ފާސްކޮށްފި

09 އެޕްރީލު 2017
42 މެމްބަރުންގެ ސޮއި ނެތި މަސީހު ވަކި ނުކުރެވޭ ގޮތަށް ކޮމިޓީން ފާސްކޮށްފި
29 މާރިޗު 2017

އެޗްވަންއެންވަންގެ މައްސަލައިގައި ބާއްވަން އުޅުނު މަޖިލީހުގެ ކޮމިޓީ ކެންސަލްކޮށްފި

29 މާރިޗު 2017
އެޗްވަންއެންވަންގެ މައްސަލައިގައި ބާއްވަން އުޅުނު މަޖިލީހުގެ ކޮމިޓީ ކެންސަލްކޮށްފި
26 މާރިޗު 2017

ނިހާނާއި އިލްހާމް ޕީޕިއެމްގެ މައްސަލައެއް މައުމޫންގެ ފެކްޝަންގެ ސްލޫކީ ކޮމިޓީއަށް!

26 މާރިޗު 2017
ނިހާނާއި އިލްހާމް ޕީޕިއެމްގެ މައްސަލައެއް މައުމޫންގެ ފެކްޝަންގެ ސްލޫކީ ކޮމިޓީއަށް!
19 މާރިޗު 2017

އިމަރޖެންސީ ނޫން ސާޖެރީތައް އައިޖީއެމްއެޗްގައި ވަގުތީ ގޮތުން މެދުކަނޑާލައިފި

19 މާރިޗު 2017
އިމަރޖެންސީ ނޫން ސާޖެރީތައް އައިޖީއެމްއެޗްގައި ވަގުތީ ގޮތުން މެދުކަނޑާލައިފި
07 މާރިޗު 2017

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ރައީސް ނަޝީދުގެ މަައްސަލަައިގަ މިއަހަރު ގޮތެއް ނިންމާނެ: ޖެންސަރ

07 މާރިޗު 2017
އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ރައީސް ނަޝީދުގެ މަައްސަލަައިގަ މިއަހަރު ގޮތެއް ނިންމާނެ: ޖެންސަރ
05 މާރިޗު 2017

ފ. އަތޮޅުގައި ރާއްޖެޓީވީގެ ވަގުތީ ބިއުރޯއެއް

05 މާރިޗު 2017
ފ. އަތޮޅުގައި ރާއްޖެޓީވީގެ ވަގުތީ ބިއުރޯއެއް
18 ފެބުރުއަރީ 2017

ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި

18 ފެބުރުއަރީ 2017
ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި
17 ފެބުރުއަރީ 2017

މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން

17 ފެބުރުއަރީ 2017
މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން
14 ފެބުރުއަރީ 2017

ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި

14 ފެބުރުއަރީ 2017
ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި
10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް