Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެޗްވަންއެންވަން

އެޗްވަންއެންވަންގެ މައްސަލައިގައި ބާއްވަން އުޅުނު މަޖިލީހުގެ ކޮމިޓީ ކެންސަލްކޮށްފި

ކޮމިޓީ ކެންސަލް ކުރީ ހެލްތް މިނިސްޓްރީގެ ޓެކްނިކަލް ކޮމިޓީއަށް އެ ބައްދަލުވުމަށް ހާޒިރުވެވެން ނެތުމުން

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 29 މާރިޗު 2017 | ބުދަ 16:23
އެޗްޕީއޭ އަދި ހެލްތް މިނިސްޓްރީގެ ބޭފުޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

އެޗްޕީއޭ އަދި ހެލްތް މިނިސްޓްރީގެ ބޭފުޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

އެޗްވަންއެންވަން ޓާސްކްފޯހުގެ ބޭފުޅުންނ ހާޒިރުވެވެން ނެތުމުން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުން ކެންސަލް ކޮށްފިއެވެ.

މިހާރު ރާއްޖޭގައި ހަލުއިކަމާއިއެކު ފެތުރެމުންދާ އެޗްވަންއެންވަންގެ ރޯގާއާ ގުޅޭގޮތުން ސުވާލުކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހާޒިރުވާން އަންގާފައިވާ ބައްދަލުވުން ކެންސަލުކޮށްފައިވަނީ، ހެލްތް މިނިސްޓްރީގެ ޓެކްނިކަލް ކޮމިޓީއަށް އެ ބައްދަލުވުމަށް ހާޒިރުވެވެން ނެތުމުންކަމަށް ވަނީ މައުލޫމާތުލިބިފައެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވެސް ވަނީ މިކަން ކަށަވަރުކޮށްދީފައެެވެ. އަދި ކޮމިޓީގައި ހިމެނި ވަޑައިގަންނަވާ ބޭފުޅުންނަށް ބައްދަލުވުން ކެންސަލްވިކަން ވަނީ އަންގާފައެވެ.

އެޗް1އެން1 އާއި ގުޅޭގޮތުން ސުވާލުކުރުމަށް ހެލްތު މިނިސްޓްރީގެ ޓެކްނިކަލް ޓީމް ހާޒިރުވާން އަންގާފައި އޮތީ ބުދަދުވަހުގެ ރޭ 8.30 އަށެވެ. މިނިސްޓްރީގެ ޓެކްނިކަލް ޓީމަށް ހާޒިރު ނުވެވުނު ސަބަބެއް ބަޔާންކޮށްފައި ނުވާއިރު، ރާއްޖޭގައި ފެތުރެމުންދާ އެޗް1އެން1 އާއި ގުޅިގެން ސްކޫތައް ވަނީ ބަންދުކޮށްފައެވެ. އަދި އެބަލި ކޮންޓްރޯލްވެފައިވާކަމަކަށް ހެލްތް މިނިސްޓްރީން ހާމަކޮށްފައެއްވެސް ނުވެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭ އިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، މިހާތަނަށް 546 މީހުން އިންފްލުއެންޒާ އެޗްވަންއެންވަން އަށް ޓެސްޓް ކުރައްވާފައިވާ އިރު 199 މީހުން ވަނީ މި ބައްޔަށް ޕޮސިޓިވް ވެފައެވެ. އެޗްޕީއޭ އިން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު އަލަށް 23 މީހުން ވަނީ މި ބައްޔަށް ޕޮސިޓިވް ވެފައެވެ. މީގެ އިތުރުން މި ބަލީގައި 35 މީހުން އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ. މިދިއަ ހޮނިހިރު ދުވަހު ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އެޑްމިޓް ކޮށްފައިވާ މީހުންގެ އަދަދަކީ 23 މީހުންނެވެ. އެހެން ކަމުން އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުން މި ރޯގާ ފެތުރެމުންދާ އިރު ހޯމަ ދުވަހު ވަނީ މާލެއިން އެކަނި 470 މީހުން ފްލޫ ކްލިނިކަށް ދައްކާފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު