Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕީޕިއެމްގެ ކޯޅުން

ނިހާނާއި އިލްހާމް ޕީޕިއެމްގެ މައްސަލައެއް މައުމޫންގެ ފެކްޝަންގެ ސްލޫކީ ކޮމިޓީއަށް!

މައްސަލަ ހުށަހަޅާފައިވަނި މައުމޫން ފެކްޝަންގެ ސުލޫކީ ކޮމިޓީއަށް

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 26 މާރިޗު 2017 | އާދީއްތަ 07:01
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އަޙުމަދު ނިހާން ހުސައިން މަނިކު

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އަޙުމަދު ނިހާން ހުސައިން މަނިކު

ވެރިކަންކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު، އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އަޙުމަދު ނިހާން ހުސައިން މަނިކާއި، ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ، ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު، އިލްހާމް އަޙުމަދުގެ ސުލޫކީ މައްސަލައެއް ބެލުމަށް އެ ޕާޓީގެ ސުލުކީ ކޮމިޓީއަށް ހުށަހަޅައިފިއެވެ.

މާޗް 23 ވަނަ ދުވަހު މި ދެ މައްސަލަ ވަކިވަކިން ހުށަހަޅާފައިވަނީ، ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަނުން އުފައްދާފައިވަ ސުލޫކީ ކޮމިޓީއަށެވެ.

Advertisement - newsAdvertisement

މިކަމާ ގުޅޭ ގޮތުން ރައީސް މައުމޫނު ފެކްޝަނުން ރަސްމީކޮށް ބަހެއް ނުބުނި ނަމަވެސް، މި މައްސަލަތައް ހުށަހެޅި ލިޔުންތަކުގެ ކޮޕީ ރާއްޖެއެމްވީ އަށް ވަނީ ލިބިފަ އެވެ.

ނިހާނާ ދެކޮޅަށް ސުލުކީ ކޮމިޓީއަށް ހުށަހެޅި މައްސަލައިގައި ދެ މައްސަލައެއްގެ ގޮތުގައި ދެ ކަމެއް ފާހަގަކޮށްފައި ވެއެވެ. މީގެ ތެރޭގައި ހިމެނެނީ، ޤާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެނައި އިރު، ޕީޕީއެމްގެ ކައުންސިލާއި އަދި ޕާޓީގެ ރައީސްގެ މަޝްވަރާ ކޮށްފައި ނުވުމާއި، ރާއްޖޭގެ ސަރަޙައްދުން ބައެއް ރާއްޖެއިން ބޭރުގެ ބަޔަކަށް، ދިވެހި ރައްޔިތުންނަށް އޮޅުވާލައި، ސިއްރުކޮށްގެން، ވިއްކާލަން މަސައްކަތް ކުރިކަމުގެ އަމިއްލައަށް އިޢުތިރާފު ވީކަމަށް ދޭހަވާ އޯޑިއޯއެއް ލީކުވެފައި ވުމެވެ.

އެ މައްސަލައިގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވަނީ، ލީކުވެފައިވާ އޯޑިއޯ އަކާއި، ޕީޖީ ލީޑަރަށް ޕާޓީގެ ރައީސް ފޮނުވާފައިވާ ސިޓީއެއްގެ ކޮޕީއެކެވެ.

އިލްހާމް އާއި ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގައިވަނީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވި ޖަލްސާއެއްގައި، ވަކި ގޮތަކަށް ވޯޓު ލައިފިއްޔާ ހޫނުފެން އެޅޭނެ ކަމަށް ވިދާޅުވެ މަޖިލިސް މެންބަރުންނަށް އިލްހާމް އިންޒާރުދެއްވިކަމަށެވެ.

މި މައްސަލައިގައި ހެކިގެ ގޮތުގައި ހުށަހަޅާފައިވަނީ ބިރުދެއްކި ކަމަށް ބުނާ ވާހަކަތަކުގެ ވީޑިއޯއެކެވެ.

ނިހާނާއި އިލްހާމްގެ މައްސަލަ ހުށަހަޅާފައިވާ ސުލޫކީ ކޮމިޓީ އަކީ، ޕީޕީއެމްގެ އެތެރޭގެ މައްސަލަތައް ހޫނުވެ، ޕާޓީ ދެބައިވެގެން ދިޔަ ދުވަސްރު، ރައީސް މައުމޫން ފެކްޝަނުންގެ ކައުންސިލުން 20 އޮކްޓޯބަރ 2016 ގައި ނިންމި ނިންމުމަކާއި ގުޅިގެން ރައީސް މަޢުމޫން އެކުލަވާލާފައިވާ ސުލޫކީ ކޮމިޓީއެކެވެ.

ރައީސް މައުމޫން ފެކްޝަންގެ އެ ކައުންސިލް ބައްދަލުވުމުގައި ނިންމާފައިވަނީ، ޕީޕީއެމްގެ ސުލޫކީ ކޮމިޓީއިން އެ ޕާޓީގެ އަސާސީ ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދަ ކަމަށާ، ކޯރަމް ހަމަނުކޮށް، އިދާރީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަމަށް ފަރުވާލެއް ނެތި، ވަކި ފަރާތަކަށް ބުރަވެ، މައްސަލަތައް ނިންމަމުންދާ ކަމަށެވެ. މީގެ އިތުރުން، އެ ކޮމިޓީގެ މުޤައްރިރު، ސަރުކާރުގެ މަޤާމެއްގައި ހުރުމުން، ވަޒީފާގެ ބިރަށް، ވަކި ފަރާތެއްގެ ނުފޫޒުގެ ދަށުން މަސައްކަތް ކުރަމުން ދާކަމަށްވެސް ރައީސް މައުމޫން ފެކްޝަންގެ ކައުންސިލުން އޭރު ވަނީ ތުޙުމަތުކޮށްފައެވެ. އެހެންކަމުން، އެ ކޮމިޓީ ސަސްޕެންޑްކޮށް، ބަދަލުގައި މަސައްކަތްކުރުމަށް ފަސް މެމްބަރުންގެ ސުލޫކީ ކޮމެޓީއެއް އެކުލަވާލުމުގެ ބާރު ރައީސް މައުމޫނަށް ދީފައެވެ.

އެ ބާރާއި އެކު ރައީސް މައުމޫން އާ ސުލޫކީ ކޮމިޓީއެއް އުފެއްދެވި ނަމަވެސް، ޕީޕީއެމްގެ ރައީސް ޔާމީނު ފެކްޝަނުން އަދިވެސް ޕާތީގެ ސުލޫކީ ކޮމެޓީގެ ގޮތުގައި ބަލައިގަންނަނީ ރައީސް މައުމޫން ފެކްޝަންގެ ކައުންސިލުން ސަސްޕެންޑްކޮށްފައިވާ ސުލޫކީ ކޮމެޓީއެވެ.

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ކުޑަ ކުއްޖަކަށް އޮރިޔާން ދެއްކި މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ

18 ފެބުރުއަރީ 2017
ކުޑަ ކުއްޖަކަށް އޮރިޔާން ދެއްކި މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ
13 ފެބުރުއަރީ 2017

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްސަލައެއް އެމްޑީޕީން އޭސީސީއަށް ހުށައަޅައިފި

13 ފެބުރުއަރީ 2017
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްސަލައެއް އެމްޑީޕީން އޭސީސީއަށް ހުށައަޅައިފި
08 ފެބުރުއަރީ 2017

ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ

08 ފެބުރުއަރީ 2017
ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ
06 ފެބުރުއަރީ 2017

އެމްއެމްޕީއާރްސީ ހާޒިރުނުވުމުން 160 މިލިއަން ރުފިޔާގެ މައްސަލައެއް ބޭރުކޮށްލައިފި

06 ފެބުރުއަރީ 2017
އެމްއެމްޕީއާރްސީ ހާޒިރުނުވުމުން 160 މިލިއަން ރުފިޔާގެ މައްސަލައެއް ބޭރުކޮށްލައިފި
04 ފެބުރުއަރީ 2017

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު