Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލިސް 2019

ޖަލުތަކުގެ އަދަދު މަދުކޮށް، މައި އެއް ޖަލު ބެހެއްޓުމަށް ސަލީމް ގޮވާލައްވައިފި

11 ޖޫން 2019 | އަންގާރަ 06:38

ޖަލުތަކުގެ ރިޕޯޓަށް ތިން ހުށަހެޅުމެއް ސަލީމް ވަނީ ހުށަހަޅުއްވާފައި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 11 ޖޫން 2019 | އަންގާރަ 06:38
ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް

ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް

ރާއްޖޭގައި ހުރި ޖަލުތަކުގެ އަދަދު މަދުކޮށް މައި އެއް ޖަލު ބެހެއްޓުމަށް ފަހު، ދެން ހުރި ޖަލުތައް އުވާލަން ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ސައްލެ) ގޮވާލައްވައިފިއެވެ.

ޖަލުތަކުގެ އޮޑިޓް ރިޕޯޓަށް ވާހަކަ ދައްކަވަމުން ސަލީމް ވަނީ ތިން ހުށަހެޅުމެއް ހުށަހަޅުއްވާފައެވެ.

Advertisement - newsAdvertisement

ސަލީމް ވަނީ މައާފްދިނުމާއި އަދަބު ލުއިކުރުމުގެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނެސްގެން ނަމަވެސް ކޮންމެހެން ޖަލުގައި ބަންދުކުރަންޖެހޭ މީހުން ނޫން އިތުރު މީހުން ނުބައިތިއްބައި ޖަލުތަކަށް ލުޔެއް ހޯދައިދިނުމަށް ހުށަހަޅުއްވާފައެވެ.

ޖަލުތަކުގެ ހިދުމަތަކީ ލާމަރުކަޒު ކުރެވިދާނެ ހިދުމަތެއް ކަން ފާހަގަކުރައްވައި ސަލީމް ވަނީ ފުލުހުންގެ ހިދުމަތްދޭ ކޮންމެ ރަށެއްގައި ކޮންމެހެން އެކަހެރިކޮށް ބައިތިއްބަންޖެހޭ މީހުން ބޭތިއްބޭނެ އިންތިޒާމް ހަމަޖައްސަން ހުށަހަޅުއްވާފައެވެ.

ރާއްޖެއިން ބޭރުގެ ޖަލުތަކުގައި ތިބި ދިވެހިން އަވަސް މުސްތަގްބަލެއްގައި ރާއްޖެ ގެނައުމަށް ވެސް ސަލީމް ވަނީ ގޮވާލައްވާފައެވެ.

ސަލީމް ވިދާޅުވީ ޖަލުތަކުގެ އޮޑިޓް ރިޕޯޓުން ގިނަ ކަންތައްތަކެއް ހާމަވެގެން ގޮސްފައިވާ ކަމަށެވެ. އެގޮތުން ޖަލުތަކުގައި ކާންބޯން ދިނުމުގެ އިތުރުން، ބޭސްފަރުވާ ދިނުމުގައި ވެސް އިހްމާލްވެފައިވާ ކަން ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަމަށް ސަލީމް ވިދާޅުވިއެވެ.

ބޭސްފަރުވާގެ ހިދުމަތް ދިނުމުގައި އިހްމާލްވެފައިވާއިރު، ނިދާ ފެންވަރާއި އަސާސީ ހިދުމަތް ދިނުމުގައި އިހްމާލްވެފައިވާކަން ޖަލުތަކުގެ އޮޑިޓް ރިޕޯޓުން ފާހަގަވެފައިވާ ކަމަށް ސަލީމް ވިދާޅުވިއެވެ. ޖަލުތަކުގައި ބަންދުކޮށްފައި ތިބި ފަރާތްތަކުގެ މެދުގައި ތަފާތު ކުރުންތައް ގެންގުޅެފައިވާކަން ސަލީމް ވަނީ ފާހަގަކުރައްވާފައެވެ.

ޖަލުތަކުގެ މުޅި އޮޑިޓް ރިޕޯޓް ސިއްރުނުކޮށް ރައްޔިތުންނަށް ހާމަކޮށްދެއްވުމަށް ސަލީމް ވަނީ ގޮވާލައްވާފައެވެ. ސަލީމް ވިދާޅުވީ ކަންތައް އިސްލާހު ކުރަން ބޭނުން ނަމަ، އެކަންތައްތައް ރައްޔިތުންނަށް ހާމަކޮށްދޭންޖެހޭ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން
03 ފެބުރުއަރީ 2017

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
25 ޖެނުއަރީ 2017

އައްސޭރި ޖަލުގެ ޕެރިމީޓަރ ސާފުކޮށްފި

25 ޖެނުއަރީ 2017
އައްސޭރި ޖަލުގެ ޕެރިމީޓަރ ސާފުކޮށްފި
22 ޖެނުއަރީ 2017

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް