Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ނިކް ގުގާ

އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!

އޭނާ ބަލައިބޮޑު ކުރީ ސްވިޒަލޭންޑް ދެމަފިރިން

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 14 ފެބުރުއަރީ 2019 | ބުރާސްފަތި 07:42
ނިކް، ގާނޫނު ހަދާ މަޖިލީހުގައި

ނިކް، ގާނޫނު ހަދާ މަޖިލީހުގައި

އެންމެ ތުއްތު އިރުއްސުރެ ކުއްޖަކަށް އެންމެ ބޮޑަށް ބޭނުން ވާނީ އެކުއްޖާގެ މައިންބަފައިންގެ ލޯތްބާއި އަޅާލުމެވެ. އެދެމީހުންގެ ތެރެއިން ވެސް މަންމަގެ ލޯތްބަކީ އެހެން ހުރިހާ އެއްޗަކަށް ވުރެ މާ ބޮޑު އެއްޗެކެވެ. އެއަކާއި ނުލައި ނޫޅެވޭނެ އެއްޗެކެވެ. ވިހެއި މައިމީހާ އެއީ ކާކުކަން ނޭނގުމަކީ އެއަށް ވުރެ މާ ހިތާމަ ކުރަން ޖެހޭ ކަމަށެވެ. ބަނޑުއަޅައި ވިހެއި މައިމީހާ ދަރިޔަކު ދޫކޮށްލައިފިއްޔާ އެ ދަރިއެއްގެ ދިރިއުޅުން ގިނަ ފަހަރު ހަލާކުގެ ތެރެއަށް ވެއްޓޭނެއެވެ.

އިންޑިއާގެ އުދުޕީ ގައި ހުންނަ ލޮމްބަޑް މެމޮރިއަލް ހޮސްޕިޓަލަށް 1970 ވަނަ އަހަރުގެ މޭ އެއްވަނަ ދުވަހު އުފަންފި ނިކް ގުގާ ވިހެއުމަށް ފަހު އޭނާގެ މަންމަ އެ ތުއްތު ނިކް ވެސް ހޮސްޕިޓަލަށް ދޫކޮށްލިއެވެ. އުމުރުން އެއް ދުވަސް ވެސް ނުފުރޭ ނިކް ދޫކޮށްލާފައި ދަމުން އަނަ ސުޔާ ހޮސްޕިޓަލްގެ ޑޮކްޓަރު ކައިރީ ބުނީ ، ރަނގަޅު ބަޔަކާއި ދަރިފުޅު ހަވާލު ކުރުމަށެވެ.

ލޮމްބަޑް މެމޮރިއަލް ހޮސްޕިޓަލަ / ފޮޓޯ-ގޫގުލް

އެ ދުވަހު މަންމަ ހޮސްޕިޓަލަށް ދޫކޮށްލާފައި ދިޔަ މިހާރު އުމުރުން 49 އަހަަރުގެ ނިކްލައުސް ގުގާ އަކީ ދުނިޔޭގެ އެންމެ ހިތްގައިމު ގައުމު، ސްވިޒަލޭންޑްގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެކެވެ.

ސްވިޒަލޭންޑްގެ ގާނޫނު ހަދާ މަޖިލީހަށް ދާން ނިކްގެ ދަތުރު ފެށީ އޭނާ އުފަންވި ދުވަހުއެވެ. އިންޑިއާގައި މަސައްކަތް ކުރަމުން ދިޔަ ސްވިޒަލޭންޑްގެ ދެމަފިރިޔަކު ލޮމްބާޑް ހޮސްޕިޓަލަށް މެލޭރިޔާ އަށް ފަރުވާ ހޯދަން ދިޔައެވެ.

އެ ދެމަފިރިން ހޮސްޕިޓަލުން ނިކުމެގެން ގެއަށް ދިޔައީ ކުޑަކުޑަ ނިކް ގޮވައިގެންނެވެ. ފްރިޓްޒް އާއި އެލިޒަބަތު ނިކްއާ ހަވާލުވެ ނިކްގެ މަންމަ ހޯދުމުގެ މަސައްކަތް ފެށިއެވެ. އެވާހަކަ ނޫހުގައި ޖަހައިގެން ވެސް ނިކްގެ މަންމަ ހޯދޭތޯ ބަލަން ދެމަފިރިން އުޅުނު މަސައްކަތް ވެސް ފެއިލްވިއެވެ. ނިކްގެ އުމުރުން ހަތަރު އަހަރުގައި އޭނާގެ އާއިލާއާ އެކު ސްވިޒްލޭންޑްއަށް ބަދަލުވިއެވެ.

ނިކް ކުޑައިރު

އެންމެ ކުޑައިރުއްސުރެ ނިކް ބޭނުންވީ މުޖުތަމައުއަށް ހިދުމަތް ކުރުމަށެވެ. ޅަ އުމުރުގެ ދުވަސްވަރު ބައްޕަ ހިންގަމުން ދިޔަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ކްލިނިކްގައި ނިކް ބައްޕައަށް އެހީތެރިވާންފެށިއެވެ. ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ ލީޑަރެއްގެ ގޮތުގައި ސްކޫލު ދުވަސްވަރު އޭނާ މަސައްކަތް ކުރިއެވެ. ސްޓެފިސްބާރގް އިން މެކޭނިކަލް އިންޖިނިއަރިން ހާސިލް ކުރުމަށް ފަހު ނިކް ސިޔާސީ ދާއިރާ އަށް ނިކުތީ 2002 ވަނަ އަހަރުއެވެ. ސިޔާސީ ދާއިރާ އަށް ނިކުތުމަށް ފަހު ނިކްގެ ޝައުގުވެރިކަން އެންމެ ބޮޑަށް ހުރީ އިގްތިސާދީ އަދި އިޖްތިމާއީ މައްސަލަތަކަށެވެ.

ނިކްގެ ކެމްޕޭން ޕޯސްޓަރެއް / ޓްވިޓާ

ސްވިޒަލޭންޑްގެ ވިންޓަރްތުރްގެ ސިޓީ ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި 2002 އިން 2014 އަށް ނިކް ހަރަކާތްތެރިވިއެވެ. އޭނާ ވަނީ 2008 ވަނަ އަހަރު އެވަންޖެލިކަލް ޕީޕަލްސް ޕާޓީ (އީޕީޕޭ)ގެ ގްރޫޕް ޕްރެޒިޑެންޓްގެ މަގާމުވެސް އަދާ ކޮށްފައެވެ. ޒިޔުރިކްގެ ކެންޓޮނަލް ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި 2014 އިން 2017 އަށް މަސައްކަތް ކުރި ނިކް ވަނީ ޖުގެންޑްރަބެއިޓް.ސީއެޗްގެ ނަމުގައި އިންޓަނެޓް ޕޯޓަލްއެއް ވެސް ހަދާފައެވެ. އީޕީޕޭގެ ކެނޑިޑޭޓެއްގެ ގޮތުގައި ސްވިޒަލޭންޑްގެ ގާނޫނު ހަދާ މަޖިލީހަށް ނިކް ފުރަތަމަ ވާދަކުރީ 2015 ވަނަ އަހަރުއެވެ. އެފަހަރު ނާކާމިޔާބީއާ ކުރިމަތިލާން ޖެހުމަށް ފަހު 2017 ވަނަ އަހަރުގެ އިންތިހާބު ނިކް ކާމިޔާބުކުރިއެވެ. ނިކް އަށް ލިބުނު ހުރިހާ ކާމިޔާބީއެއްގެ ފަހަތުގައި ވަނީ އޭނާ އެޑޮޕްޓް ކުރި ދެމަފިރިންނެވެ.

ނިކް އޭނާގެ އަންހެނުންނާއި އެކު

ނިކް އަދިވެސް އިންތިޒާރު ކުރަނީ އޭނާގެ މަންމައާއި ބައްދަލުވާނެ ދުވަހަކަށެވެ. މަންމަ ނިކް ދޫކޮށްލާފައި ދިޔަ ސަބަބު ހޯދަން އޭނާ ބޭނުންވެއެވެ. ނިކްގެ މަންމަ އޭނާ ދޫކޮށްލާފައި ދިޔައީ މަޖުބޫރުވެގެން ކަމަށް ވެސް ވެދާނެއެވެ. އެހެން ނަމަވެސް އެ ދެމައިން ބައްދަލުވުމަކީ ނިކް ބޮޑު ކުރި ސްވިސް ދެމަފިރިންގެ ވެސް އުއްމީދެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ސީޝެލްސް: ޗައިނާއާއި އިންޑިއާގެ ކުރިމަތިލުމުގެ މައިދާން

ސީޝެލްސް: ޗައިނާއާއި އިންޑިއާގެ ކުރިމަތިލުމުގެ މައިދާން

14 އޮކްޓޯބަރު 2017
އާއިލާގެ ދެންތިބި ކުދިންގެ މަންމަ އަދި ބައްޕަ އަކީ ވެސް މި ކުއްޖާ!

އާއިލާގެ ދެންތިބި ކުދިންގެ މަންމަ އަދި ބައްޕަ އަކީ ވެސް މި ކުއްޖާ!

09 އޮކްޓޯބަރު 2017
 މެޝިން ގޮވި އަޑު ޖަލާލުއްދީން މިސްކިތާ ހަމައަށް، ކޮޓަރިން ނުކުތް އިރު މަންމަގެ ހަށިގަނޑުގައި އަލިފާން ރޯވެފައި

މެޝިން ގޮވި އަޑު ޖަލާލުއްދީން މިސްކިތާ ހަމައަށް، ކޮޓަރިން ނުކުތް އިރު މަންމަގެ ހަށިގަނޑުގައި އަލިފާން ރޯވެފައި

17 ސެޕްޓެމްބަރު 2017
ކުޑަގޮޅީގައި އަމީތުގެ ހިތްދަތި ތަޖުރިބާ: ޖަލަށް މުއްދަތު ޖެހީ ދަރިފުޅުގެ އުފަންދުވަހު!

ކުޑަގޮޅީގައި އަމީތުގެ ހިތްދަތި ތަޖުރިބާ: ޖަލަށް މުއްދަތު ޖެހީ ދަރިފުޅުގެ އުފަންދުވަހު!

22 އޯގަސްޓު 2017
ޕެހެލާޖް ނިހަލާނީ: އިންޑިއާގެ ސެންސަރުބޯޑުން ވަކިކުރީ ކީއްވެ؟

ޕެހެލާޖް ނިހަލާނީ: އިންޑިއާގެ ސެންސަރުބޯޑުން ވަކިކުރީ ކީއްވެ؟

15 އޯގަސްޓު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު