Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އިންޑިއާ ޗައިނާ ގުޅުން

ސީޝެލްސް: ޗައިނާއާއި އިންޑިއާގެ ކުރިމަތިލުމުގެ މައިދާން

ލަންކާ އަދި ރާއްޖެއަށް އިންޑިއާގެ މާބޮޑު ސަމާލުކަމެއް މިހާރު ނެތް

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 14 އޮކްޓޯބަރު 2017 | ހޮނިހިރު 17:04
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ސީޝެލްސްއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ސީޝެލްސްއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

ޗައިނާއިން އިންޑިއާ ކަނޑަށް އަތް ގަދަކުރަމުންދާއިރު، އިންޑިއާ ކަނޑުގެ ޖަޒީރާ ޤައުމުތައް ވެފައިވަނީ ޗައިނާއާއި އިންޑިއާގެ ހަނގުރާމައިގެ މައިދާނަ ކަށެވެ. ހަތިޔާރު ބޭނުން ކޮށްގެން އެއްޤައުމުން އަނެއް ޤައުމަށް ހަމަލާ ނުދިން ނަމަވެސް، ދެޤައުމުން ގެންދަނީ ސިޔާސީ އަދި އަސްކަރީ އުކުޅުތައް ބޭނުންކޮށް، އިންޑިއާ ކަނޑުގެ ޖަޒީރާތަކުގެ ކޮންޓްރޯލް ނެގުމަށް މަސައްކަތް ކުރަމުންނެވެ. ބައެއް ޖަޒީރާތައް ޗައިނާގެ ފައިސާއަށް ހެއްލެމުންދާއިރު، އަނެއް ބައި ޤައުމުތަކުން ގެންދަނީ ޗައިނާއާއި އިންޑިއާގެ ވާދަވެރިކަމުގެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިފާފައެވެ. އެގޮތުން ސީޝެލްސްއަކީ މީގެ އެއް މިސާލެވެ.

ރާއްޖެއާއި ޕާކިސްތާން އަދި ސްރީލަންކާއިން ޗައިނާގެ ފައިސާއަށް ހެއްލި، އިންޑިއާގެ އެހީތަކަށް ބުނީ ނޫނެކޭއެވެ. މި ޤައުމުތަކުގައި ޗައިނާއިން ބޮޑެތި ޕްރޮޖެކްޓްތައް ފެށުމާއިއެކު މިޤައުމުތަކަށް ހީވީ ޗައިނާއިން މެދުކެނޑުމެއް ނެތި މިފަދަ އިންވެސްޓްތައް ކުރާނެ ކަމަށެވެ. އެހެން ނަމަވެސް ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްއަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ މަސައްކަތްތައް ފެށުމަށް ފަހު ޗައިނާއިން މިޤައުމުތަކުގައި އިތުރު އިންވެސްޓްމަންޓްތަކަށް ފައިސާ ޚަރަދު ކުރުން ހުއްޓާލިއެވެ. ޗައިނާގެ މައްޗަށް ބަރޯސާވެ، ޕާކިސްތާން، ލަންކާ އަދި ދިވެހިރާއްޖެއިން އިންޑިއާއާއިއެކު އޮންނަ ގުޅުންތައް އެއްކޮށް ކަނޑާލާ ހިސާބަށް ދިޔައިރު، ޗައިނާގެ އިންވެސްޓްމަންޓްތައް ހުއްޓުމުން، އިންޑިއާއާއި ދިމާއަށް އެނބުރުނުއިރު، އެޤައުމުން ވަނީ އެޤައުމާއުއެކު މަސައްކަތް ކުރަން އެއްބަސްވި ޤައުމުތަކާއިއެކު އޮންނަ ގުޅުން ބަދަހި ކޮށްފައެވެ.

ޗައިނާއާއިއެކު ގުޅުން ބާއްވާ ޤައުމުތަކާއިއެކު ވެސް ގުޅުން ބާއްވަން އިންޑިއާއިން އޮތީ ތައްޔާރަށެވެ. ލަންކާއާއި ރާއްޖެއަށް އެކަން ނުވިސްނުނީއެވެ. އެހެން ނަމަވެސް ސީޝެލްސްއިން އެފެންނަ މިސާލަކީ އިންޑިއާއާއިއެކު މަސައްކަތް ކުރަން ބޭނުންވާ ޤައުމުތަކާއިއެކު، ޗައިނާއާއި ގުޅުން ބޭއްވި ނަމަވެސް، އިންޑިއާއިން މަސައްކަތްކުރަން ތައްޔާރަށް އޮތްކަމެވެ.

ސީޝެލްސްގައި ޗައިނާގެ ނުފޫޒު ގަދަކުރުމަށް މަސައްކަތްކުރަމުންދާއިރު، އިންޑިއާއިން ގެންދަނީ ސީޝެލްސްގެ އެސެޝަންގައި އަސްކަރީ ބޭސްއެއް ޤާއިމްކުރުމުގެ މަސައްކަތް ފަށާފައެވެ. 2015ވަނަ އަހަރުގެ މާޗް މަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ސީޝެލްސްއަށް ކުރެއްވި ދަތުރުފުޅުގައި ސޮއެކުރެވުނު މިއެއްބަސްވުމުގެ ދަށުން އަސްކަރީ ބޭސްގެ މަސައްކަތް ކުރިޔަށްދާއިރު، އިންޑިއާއިން ވަނީ ޑޯނިއާ މަތިންދާ ބޯޓަކާއި ހެލިކޮޕްޓަރުތަކެއްގެ އިތުރުން ކަނޑުގެ މަގުން ސީޝެލްސްގެ އިޤްތިޞާދީ ސަރަހައްދު ބެލެހެއްޓުމަށް އަސްކަރީ އުޅަނދުތަކެއް ހަދިޔާކޮށްފައެވެ. މިއީ އިންޑިއާއާއި ރާއްޖޭގެ ގުޅުންތައް ގޯސްނުވަނީސް އެޤައުމުން ރާއްޖެއަށްވެސް ދިން އެހީތަކެކެވެ.

އިންޑިއާއިން ސީޝެލްސްގެ އިތުރުން މޮރިޝަސްގެ އަގަލޭގާ ގައިވެސް އަސްކަރީ މަރުކަޒެއް ޤާއިމްކުރަމުންދާއިރު، މި ދެ މަރުކަޒަކީ ޗައިނާއިން އިންޑިއާ ކަނޑުގައި އަތްގަދަ ކުރަމުންދާ ކުރުމަށް އިންޑިއާއިން ދޭ ރައްދެވެ. ޗައިނާއިން އެފްރިކާގެ ޖިބޫޓީގެ އައްސޭރިފަށުގައި ކަނޑުގެ ސިފައިންގެ މަރުކަޒެއް ޤާއިމް ކޮށްފައިވާއިރު، ރާއްޖޭގައި ވެސް އަސްކަރީ މަރުކަޒެއް ޤާއިމް ކޮށްފާނެކަމުގެ ބިރު އިންޑިއާއަށް އޮވެއެވެ. އަދި ލަންކާއިން ވެސް ޗައިނާގެ ކަނޑުގެ ސިފައިންނަށް މަރުހަބާ ކިޔުމަށް އަތް ދިއްކޮށްފައިވުމަކީ އިންޑިއާއިން އިންޑިއާ ކަނޑުގައި އެމީހުންގެ މަރުކަޒުތައް އިތުރުކުރުމަށް މަޖުބޫރުކުރުވާ ކަމެކެވެ.

އިންޑިއާ ކަނޑުގައި ޗައިނާއާއި އިންޑިއާގެ ވާދަވެރިކަން ބޮޑުވެފައިވާއިރު، އިންޑިއާއާއި ގުޅިގެން މަސައްކަތްކުރަން ތައްޔާރަށް އޮތް ސީޝެލްސްއަށް އިންޑިއާގެ ފޮރިން ސެކެޓްރީ އެސް. ޖަޔަޝަންކަރު މިދިޔަ ހަފްތާގައި ވަޑައިގެން އަސްކަރީ ބޭސްގެ މަސައްކަތް އަވަސް ކުރެއްވުމަށާއި، ޗައިނާގެ ނުފޫޒު ފޯރާފައިވާ ސީޝެލްސްގެ ސިޔާސީ ބޭފުޅުންގެ ކަންބޮޑުވުންތަކާއި ބެހޭ ގޮތުން ވާހަކަ ދައްކަވައި، މަޝްވަރާ ކުރެއްވިއެވެ.

އިންޑިއާ ކަނޑުގެ ޖަޒީރާތަކުން އެޤައުމަކުން ނަގާނެ ކޮޅެއް ނިންމާފައިވާއިރު، ދެން ބަލަން ތިބެންވީ އިންޑިއާއާއި ޗައިނާގެ ފިޔަވަޅުތަކަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިދިކޮޅުން އިންޑިއާގެ ވާހަކަ ދައްކަނީ، ފަށައިގަންނަން އުޅޭ ބޮޑެތި މަޝްރޫއުތައް ހަޖަމްނުކުރެވިގެން؟

އިދިކޮޅުން އިންޑިއާގެ ވާހަކަ ދައްކަނީ، ފަށައިގަންނަން އުޅޭ ބޮޑެތި މަޝްރޫއުތައް ހަޖަމްނުކުރެވިގެން؟

02 ސެޕްޓެމްބަރު 2020
ކޮވިޑް-19: އިންޑިއާގެ ތުއްތު ދެކުދިން ފުލުސް އޮފީހަށްގޮސް އެހީވެއްޖެ

ކޮވިޑް-19: އިންޑިއާގެ ތުއްތު ދެކުދިން ފުލުސް އޮފީހަށްގޮސް އެހީވެއްޖެ

12 އެޕްރީލު 2020
ޗައިނާއާއިއެކު މުއާމަލާތުކުރުން: ވިސްނަން ޖެހޭ ކަމެއް!

ޗައިނާއާއިއެކު މުއާމަލާތުކުރުން: ވިސްނަން ޖެހޭ ކަމެއް!

31 އޮކްޓޯބަރު 2019
އިންޑިއާގެ ދަނޑުވެރިއަކުގެ ދަރިއެއް އައިއެސްރާއޯގެ ޗީފް ގެ މަގާމަށް ކުރި ދަތުރު

އިންޑިއާގެ ދަނޑުވެރިއަކުގެ ދަރިއެއް އައިއެސްރާއޯގެ ޗީފް ގެ މަގާމަށް ކުރި ދަތުރު

10 ސެޕްޓެމްބަރު 2019
އިންޑިއާގެ ބޮޑުވަޒީރު: މަޔަކަށް ލޯބިދިނުމުގައި ....!

އިންޑިއާގެ ބޮޑުވަޒީރު: މަޔަކަށް ލޯބިދިނުމުގައި ....!

05 ޖޫން 2019

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު