Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

ކްރީގްލާއާ އެކަނި ބައްދަލުކުރައްވަން ފަނޑިޔާރުން އެދިވަޑައިގެންފައެއް ނުވޭ: ޑީޖޭއޭ

3 ޖޫން 2019 | ހޯމަ 12:28

ކްރީގްލަރއާ ޝަރުއީ ދާއިރާ އަށް ބިރުދައްކައި އިންޒާރުދީފައިވާ ކަމަށް ސުޕްރީމް ކޯޓުން ބުނޭ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 3 ޖޫން 2019 | ހޯމަ 12:28
ޑީޖޭއޭއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ޑީޖޭއޭއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ޝަރުޢީ ދާއިރާ އިޞްލާޙު ކުރުމަށް ކޮންސަލްޓަންޓެއްގެ ގޮތުގައި އައްޔަންކުރެއްވި ދެކުނު އެފްރިކާގެ ރިޓަޔަރޑް ޖަސްޓިސް ޔޮހާން ކްރީގްލާއާ އެކަނި ބައްދަލު ކުރެއްވުމަށް ފަނޑިޔާރުން އެދިވަޑއިގެން ކަމަށް ވިދާޅުވެ ބަންޑާރަނައިބު އިބްރާހިމް ރިއްފަތު ހެއްދެވީ އިތުރުފުޅެއް ކަަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފިއެވެ.

ޑީޖޭއޭ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުމެއްގައި އެ ޑިޕާޓްމަންޓްގެ ޖުޑިޝަލް އެކަޑަމީގެ ޗާންސެލަރު އަހުމަދުމާޖިދުވިދާޅުވީ ކްރީގްލާއާ އެކަނި ބައްދަލުކުރައްވަން ފަނޑިޔާރުން އެދިވަޑައިގެންނެވި ކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތާ ޚިލާފު ވާހަކައެއް ކަމަށެވެ. ކްރީގްލާއާ އެކީގައި ފަނޑިޔާރުންގެ ބައްދަލުވުމަށް އޭޖީގެ ބޭފުޅަކު ވަޑައިގެންނެވުމަށް ހަމަޖެހުނު ކަމަށާއި އެހެން ނަމަވެސް އެ ބައްދަލުވުމަށް ވަޑައިނުގެންނެވީ ކީއްވެ ކަމެއް އެނގިވަޑައިގެންފައިނުވާ ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޝަރުޢީ ދާއިރާ އިޞްލާޙު ކުރުމަށް ކޮންސަލްޓަންޓެއްގެ ގޮތުގައި އައްޔަންކުރެއްވި ކްރީގްލަރއާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ވަނީ ބޮޑެތިތުހުމަތުތަކެއްކޮށްފައެވެ. ސުޕްރީމް ކޯޓުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ޤާނޫނުއަސާސީ ބަދަލު ކޮށްގެން ވިޔަސް ފަނޑިޔާރުގެ އަލުން އެކުލަވައިލާނެ ކަމަށް ކްރީގްލަރ ވިދާޅުވި ކަމަށެވެ. އަދި ސިޔާސީ ބާރުތަކާއި ފަނޑިޔާރުގެއާ ދެމެދުގައި މިހާރު އޮތީ ކުރިމަތިލުމެއް ކަމަށާއި އެ ކުރިމަތިލުމުން ފަނޑިޔާރުގެއަށް ލިބޭނީ ބޮޑު ނާކާމިޔާބީއެއް ކަމަށް ތަކުރާރުކޮށް ވިދާޅުވެ، އަދި އޭނާ ތައްޔާރުކުރައްވައި ހުށަހަޅުއްވާ ރިޕޯޓުގައި ރާއްޖޭގެ ފަނޑިޔާރުން މަޤާމުން ވަކިކުރުމަށް ރެކޮމެންޑް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ. އަދި އެއީ ދިވެހި ދައުލަތުގެ ސިޔާދަތީ ބާރުތަކުގެ ތެރެއިން އެއް ބާރުކަމުގައިވާ ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ބާރަށް ވަރަށް ޞަރީޙަ އިބާރާތުން ބިރު ދައްކަވައި އިންޒާރުދިނުން ކަމަށް ސުޕްރީމް ކޯޓުން ސިފަކުރައްވާފައި ވެއެވެ.

އެ ބަޔާނާއި ގުޅިގެން ބަންޑާރަ ނައިބު ރިފްއަތު ވިދާޅުވީ ބޭރުގެ ތަޖުރިބާކާރަށް ހުތުރުވާ ގޮތަށް ސުޕްރީމް ކޯޓުން ބަޔާނެއް ނެރުމުން ހިތާމަކުރައްވާ ކަމަށެވެ. އަދި ރާއްޖޭގެ ޖުޑީޝަރީގައި ގިނަ މައްސަލަތަކެއް ހުރި ކަމާއި، ޖުޑީޝަރީ އިސްލާހްކުރުމަކީ މިހާރުން މިހާރަށް ކުރަންޖެހިފައިވާ ކަމެއް ކަމަށް، އދ. ހިމެނޭ ގޮތަށް، ޖަމިއްޔާ ޖަމާއަތްތަކުން ބުނަމުންގެންދާކަން ރިފްއަތު ފާހަގަކުރެއްވި އެވެ.

ރިފްއަތު ވިދާޅުވެފައި ވަނީ ޖުޑީޝަރީއާ މެދު ހުރިހާ ފަރާތެއްގެ އިތުބާރު ގެއްލިފައިވާ ދަނޑިވަޅެއްގައި އެފަދައިން ބަޔާނެއް ނެރުމުން ގެއްލިފައިވާ އިތުބާރު އިޔާދަނުވާނެ ކަމަށެވެ.

ކްރީގްލަރއަކީ ޔޫއެންޑީޕީގެ އެހީއާ އެކު ރާއްޖޭގެ ޝަރޫއީ ދާއިރާގެ ހާލަތު ދިރާސާކުރުމަށް ވަޑައިގެންނެވި ބޭފުޅެކެވެ. އެ ބޭފުޅާ މިހާތަނަށް ގިނަ ބޭފުޅުންތަކަކާއި ބައްދަލުކޮށްފައިވާއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ބައްދަލުކުރައްވާފައި ވަނީ ބުދަ ދުވަހުގެ ރެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

އައިޖީއެމްއެޗްގައި ބޮޑު އިމާރާތެއް އެކަނި އެޅުމަކުން ސިއްހީ ދާއިރާ ކުރިއެއް ނާރާނެ: ޝަރީފް

22 ފެބުރުއަރީ 2017
އައިޖީއެމްއެޗްގައި ބޮޑު އިމާރާތެއް އެކަނި އެޅުމަކުން ސިއްހީ ދާއިރާ ކުރިއެއް ނާރާނެ: ޝަރީފް
19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
14 ފެބުރުއަރީ 2017

ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު

14 ފެބުރުއަރީ 2017
ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު
14 ފެބުރުއަރީ 2017

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު
12 ފެބުރުއަރީ 2017

ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!

12 ފެބުރުއަރީ 2017
ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!
10 ފެބުރުއަރީ 2017

މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު

10 ފެބުރުއަރީ 2017
މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު
28 ޖެނުއަރީ 2017

ނޫސްވެރިންނާ ބައްދަލުކުރައްވަން ރައީސް ޔާމީނަށް ކެރިވަޑައެއް ނުގަންނަވާ: އިންތި

28 ޖެނުއަރީ 2017
ނޫސްވެރިންނާ ބައްދަލުކުރައްވަން ރައީސް ޔާމީނަށް ކެރިވަޑައެއް ނުގަންނަވާ: އިންތި
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
11 ޖެނުއަރީ 2017

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

11 ޖެނުއަރީ 2017
ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް