Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

މަޖިލީހުގައި 17 ކޮމެޓީ ބާއްވަން ފާސްކޮށްފި

2 ޖޫން 2019 | އާދީއްތަ 09:36

މަޖިލީހުގައި ކުރިން އޮންނަނީ 13 ކޮމިޓީއެއް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 2 ޖޫން 2019 | އާދީއްތަ 09:36
ވަގުތީ ކޮމެޓީގެ މުގައްރިރު މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ ޝަރީފު)

ވަގުތީ ކޮމެޓީގެ މުގައްރިރު މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ ޝަރީފު)

މަޖިލީހުގައި 17 ކޮމެޓީ ބާއްވަން ވަގުތީ ކޮމެޓީއިން ފާސްކޮށްފިއެވެ.

މަޖިލީހުގައި ކުރިން އޮންނަނީ 13 ކޮމިޓީއެކެވެ. ވަގުތީ ކޮމިޓީން އާދީއްތަ ދުވަހު ވަނީ އިތުރު ކޮމެޓީތައް އުފައްދަން އަޣުލަބިއްޔަތުން ފާސްކޮށްފައެވެ.

Advertisement - newsAdvertisement

މަޖިލީހުގައި މީގެ ކުރިން ދާއިމީ ހަތަރު ކޮމެޓީ އޮވެއެވެ. ދާއިމީ ހަތަރު ކޮމެޓީ ވަނީ ދާއިމީ ތިން ކޮމެޓީއަށް ބަދަލުކޮށްފައެވެ.

މަޖިލީހުގެ ދާއިމީ ހަތަރު ކޮމެޓީތަކުގެ ތެރެއިން އިމްތިޔާޒު ކޮމެޓީއާއި ސުލޫކީ ކޮމެޓީ ވަނީ އެއްކޮމެޓީއަކަށް ހަދާފައެވެ. އެހެންކަމުން އެ ދެކޮމެޓީ އެއްކޮށްލުމަށް ފަހު ކޮމެޓީގެ ނަން ވަނީ އިމްތިޔާޒު އަދި ސުލޫކީ ކޮމެޓީއަށް ބަދަލުކޮށްފައެވެ.

އާދީއްތަ ދުވަހު ބޭއްވި ވަގުތީ ކޮމެޓީއަށް ވަނީ އިތުރު އާ ފަސް ކޮމެޓީ ހެދުމަށް ނިންމައި އިއްތިފާގުން ފާސްކޮށްފައެވެ.ދާއިމީ ކޮމެޓީތަކުގެ ގޮތުގައި ހިމެނެނީ އާންމު ކޮމިޓީއާއި ޕެޓިޝަން ކޮމިޓީއާއި އިމްތިޔާޒު އަދި ސުލޫކު ކޮމިޓީއެވެ.

ދައުލަތުގެ އިދާރާތަކާ ގުޅޭ ކޮމިޓީތަކުގެ ތެރޭގައި ހިމެނެނީ ކުރިން ހިމެނުނު ގަވައިދު ކޮމިޓީއާއި މާލިއްޔަތު ކޮމިޓީއާއި އިގްތިސާދީ ކޮމިޓީއާއި އިޖްތިމާއީ ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީއާއި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާއި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއާއި ގައުމީ ސަލާމަތުގެ ކޮމިޓީއެވެ.

އިތުރު ކުރި ކޮމެޓީތަކަށް ބަލާއިރު ގައުމީ ތަރައްގީގެ ކޮމިޓީ އާއި ތަރިކައިގެ ކޮމިޓީ އަކީ ކުރިން ގައުމީ ތަރައްގީގެ ކޮމިޓީއެވެ. އެހެން ނަމަވެސް ތަރިކައިގެ ކޮމިޓީ ހިމެނުމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ހުށައެޅުއްވުމާއި ގުޅިގެން ގައުމީ ކޮމިޓީއާއި ތަރިކައިގެ ކޮމިޓީގެ ނަން އެއްކޮށްލުމަށް ފަހު "ގައުމީ ތަރައްގީގެ ކޮމިޓީއާއި ތަރިކައިގެ ކޮމިޓީ" ގެ ނަމަށް ހާޒިރުވެވަޑައިގެންތިއްބެވި މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

އިތުރުކުރި ކޮމެޓީތަކުގެ ތެރޭގައި ދެން ހިމެނެނީ ލާމަރުކަޒީ ކޮމިޓީއާއި ޖުޑީޝިއަރީ ކޮމިޓީއާއި އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއާއި ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ އާއި ފޮރިން ރިލޭޝަންސް ކޮމިޓީއެވެ. އެ ކޮމިޓީތައް ހެދުމަށް ހުށައެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ލަތީފެވެ. އެ ފަސް ނަން ވެސް ފާސްކޮށްފައި ވަނީ ހާޒިރުވެވަޑައިގަތް މެމްބަރުންގެ އިއްތިފާގުންނެވެ.

ވަގުތީ ގަވައިދު ކޮމެޓީގައި ވަނީ ކޮމިޓީއެއްގައި ތިއްބަވާނެ މެމްބަރުންގެ އަދަދު ވެސް ކަނޑައަޅައިފަ އެވެ. އެގޮތުން ކޮންމެ ކޮމެޓީއެއްގައި 11 މެމްބަރުން ތިއްބެވުމަށް ވަނީ އަޣުލަބިއްޔަތުން ފާސްކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ސިވިލް ސާރވިސް ކޮމިޝަނަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި

15 ފެބުރުއަރީ 2017
ސިވިލް ސާރވިސް ކޮމިޝަނަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި
15 ފެބުރުއަރީ 2017

ތައުލީމުގެ ބިލް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި
14 ފެބުރުއަރީ 2017

ޝަމްއޫން ހަމީދު އަށް ކޮމެޓީން ރުހުމެއް ނުދިން!

14 ފެބުރުއަރީ 2017
ޝަމްއޫން ހަމީދު އަށް ކޮމެޓީން ރުހުމެއް ނުދިން!
14 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

14 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި
12 ފެބުރުއަރީ 2017

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި

12 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި
08 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް