Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ދުންފަތުގެ އިސްތިއުމާލު ކުރުން

ދުންފަތުގެ ސަބަބުން ހިތްހަމަޖެހޭ ކަމަށް ޤަބޫލުކުރެވުނަސް އެއީ ކުށްހީއެއް !

ކޮންމެ ސިނގިރޭޓަކުން އެއް މިލިގްރާމް ނިކޮޓިން ހަށިގަނޑަށް ވާސިލުވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 31 މެއި 2019 | ހުކުރު 06:35
ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އޭގެ ސަބަބުން ގިނަ ބަލިތައް ކުރިމަތިވާ ކަމެއް

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އޭގެ ސަބަބުން ގިނަ ބަލިތައް ކުރިމަތިވާ ކަމެއް

ދުންފަތުގެ އިސްތިއުމާލުކުރުމަކީ މިއަދު ގިނަ ދިވެހިންގެ ކަށީގައި ހިފާފައިވާ އާދައެކެވެ. މުޖުތަމައަށް ކުރިމަތިވެފައިވާ "ވަބާ" އެކެވެ. ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނާއި ނުކުރާ މީހުންނަށްވެސް އޭގެ ނުރައްކާ އިންތިހާއަށް ބޮޑު ކަމެކެވެ. ގިނަ މީހުން މިކަން ކުރަނީ އޭގެ ސަބަބުން ހިތްހަމަ ޖެހޭތީ ކަމަށް ބުނެއެވެ. ނަމަވެސް ސިނގިރޭޓަކީ އޭގެ ސަބަބުން މީހާގެ ހިތް ނުތަނަވަސްކޮށްލާ އަދި ހާސްކޮށްލާ އެއްޗެއްކަން އެނގޭ ހެއްޔެވެ؟

ކޮންމެ ސިނގިރޭޓަކުން 1 މިލިގްރާމް ނިކޮޓިން ހަށިގަނޑަށް ވާސިލުވާއިރު، މީހަކު ސިނގިރޭޓެއް ބުއިމުން އެ ސިނގިރޭޓުގައި ހުންނަ މި ވިހަ މާއްދާ އެންމެ 10 ވަރަކަށް ސިކުންތު ތެރޭގައި އެމީހެއްގެ ސިކުނޑިއާ ހިސާބަށް ވާސިލުވެއެވެ. އަދި އެވަގުތު އެމީހަކަށް ވަގުތީ ހިތްހަމަޖެހުމެއް ލިބޭހެން ހީވި ނަމަވެސް އޭގެ ނުރައްކާ މާ ބޮޑެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލު ކުުރުމުގެ ސަބަބުން މީހާގެ ނަފްސާނީ ދުޅަހެއުކަމަށް ވަރަށް ބޮޑަށް އަސަރުކުރާ ކަމަށާއި، އެއީ "އެންޒައިޓީ" ނުވަތަ ހާސްވުމުގެ ބައްޔަށް މަގުފަހިވާ ކަމެއް ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އޭގެ އިތުރުން، ސިނގިރޭޓު ބުއިމުން ބޮލުގައި ރިއްސުމާއި، ނޭވާ އަވަސްވުމަށް މަގުފަހިވެ މީހާގެ މޫޑަށް ބޮޑެތި ބަދަލުތަކެއް ގެނުވައެވެ. އެހެންކަމުން އެ 10 ސިކުންތުގައި ލިބޭ ހިތްހަމަޖެހުމަށްވުރެ ސިނގިރޭޓުގެ ސަބަބުން ކުރިމަތިވާ ދާއިމީ ގެއްލުން މާ ބޮޑުކަމުގައި ބުނެވިދާނެއެވެ.

ސިނގިރޭޓަކީ އޭގެ ސަބަބުން ނަފްސާނީ ބޮޑު ބައްޔެއް ކަމަށްވާ "ޑިޕްރެޝަން"އަށް ވެސް މަގުފަހިވާ ކަމެއް ކަމަށް ދިރާސާތަކުން ދައްކައެވެ. އެގޮތުން ޔޫކޭގައި ކުރި ދިރާސާއެއްގެ ނަތީޖާ ދައްކާގޮތުން ސިނގިރޭޓް ބޯ ކުދިންގެ ތެރޭގައި ޑިޕްރެޝަން އޮންނަ މިންވަރު އެހެން ކުދިންނާ އަޅާބާލާއިރު ދެ ގުނަ އިތުރު ކަމަށް އެ ދިރާސާގެ ނަތީޖާއިން ދައްކާފައިވެއެވެ. އެއީ ނިކޮޓިންގެ ސަބަބުން ސިކުނޑީގައި ހުންނަ "ޑޮޕަމައިން" ކިޔާ މާއްދާއެއް ބޭރުވެއެވެ. އެއީ ހަށިގަނޑުގެ އުފާވެރި އިހުސާސްތައް ކުރުވައިދޭ ހޯރމޯނަކަށްވާއިރު ސިނގިރޭޓު ބޮއިގެން މި އުފާވެރިކަން އިހުސާސްކުރަން އާދަވެއްޖެނަމަ އެމީހެއްގެ ސިކުނޑިން އަމިއްލައަށް ޑޮޕަމައިން އުފެއްދުމުގެ ޤާބިލިއްޔަތުކަން ކުޑަވެގެންދެއެވެ. ނަތީޖާއެއްގެ ގޮތުން މީހާ ސިނގިރޭޓަށް ބަރޯސާވެ، ސިނގިރޭޓުގެ ސަބަބުން ހިތްހަމަޖެހުން ލިބޭ ކަމަށް އަމިއްލައަށް ޤަބޫލުކުރެވިގެންދެއެވެ.

ދުންފަތުގެ ސަބަބުން މީހާއަށް ހިތްހަމަޖެހުން ލިއްބައިދީ ނަފްސު އުފާކޮށްލާކަމަށް ހީވި ނަމަވެސް އެއީ ކުށްހީއެކެވެ. އަދި އެއީ މީހާ ނަފްސާނީ ބަލިމަޑުކަމެއްގެ ތެރެއަށް ވައްޓާލާ، ނަފްސާނީ ދުޅަހެޔޮކަމަށް އޭގެ ސަބަބުން ބޮޑެތި އަސަރުތަކެއް ކުރުވާ ކަމެކެވެ. ދުންފަތުގެ ސަބަބުން ހިތްހަމަ ޖެހޭ ކަމަށް ޤަބޫލުކުރެވުނު ކަމުގައިވިޔަސް އެއީ ކުށްހީއެކެވެ. އެހެންކަމަށްވުމާއެކު، ދުންފަތުގެ ސަބަބުން ހިތްހަމަޖެހުން ލިއްބައިދޭކަމަށް ޤަބޫލުކުރާ ދިވެހިންވެސް އެ ވިސްނުން ދޫކޮށްލައި ދުންފަތާ ދުރުހެލިވާންޖެހެއެވެ. އެގޮތުން މިއަދުން ފެށިގެން ވަކިން ސިނގިރޭޓް ވިއްކުންވެސް މަނާކޮށްފައިވާއިރު، މިއީ ދުންފަތާ ދުރުހެލިވުމަށް މަސައްކަތް ކުރެވިދާނެ ދަނޑިވަޅެކެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަކީ ފަސޭހަ ކަމަކަށް ނުވެދާނެ އެވެ. އެކަމަކު ތިމާ އަށާއި ތިމާގެ އާއިލާއަށްޓަކައި އެ އަމަލު ހުއްޓާލަންޖެހޭކަން ގަބޫލްކުރާށެވެ. މި ވާހަކަތައް ދުންފަތުގެ އިސްތިއުމާލުކުރާ ތިބާގެ އެކުވެރިން ގާތު ވެސް ބުނާށެވެ. ވިސްނައިދޭށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޮބި އެކްސްޕްރެސްގެ ސަބަބުން ރަށްތަކުގެ މީހުންނަށް ބޮޑު ލުޔެއް !

އޮބި އެކްސްޕްރެސްގެ ސަބަބުން ރަށްތަކުގެ މީހުންނަށް ބޮޑު ލުޔެއް !

05 މާރިޗު 2018
ސިއްހީ އިހުމާލުގެ ސަބަބުން ދަރިފުޅު އަޑުއިވުމުން މަރުހޫމްވެފައި، އިންސާފަށް އެދި ބައްޕައަކު ސަލާމް ޖަހަނީ!

ސިއްހީ އިހުމާލުގެ ސަބަބުން ދަރިފުޅު އަޑުއިވުމުން މަރުހޫމްވެފައި، އިންސާފަށް އެދި ބައްޕައަކު ސަލާމް ޖަހަނީ!

15 ޖެނުއަރީ 2018
އަހަންނަށް ކިޑްނީ ޑޮނޭޓްކުރީ އަހަރެންގެ އަންހެނުން، އެއީ ދުނިޔެ މަތީގައި ލެއްވި ނިއުމަތެއް!

އަހަންނަށް ކިޑްނީ ޑޮނޭޓްކުރީ އަހަރެންގެ އަންހެނުން، އެއީ ދުނިޔެ މަތީގައި ލެއްވި ނިއުމަތެއް!

26 ނޮވެމްބަރު 2017
އެއީ ކޮން މިލިއަން ޑޮލަރެއްތޯ؟ ހަނު ހުންނަވައިގެން ފަރުޖެއްސޭކަށް ނެތް!

އެއީ ކޮން މިލިއަން ޑޮލަރެއްތޯ؟ ހަނު ހުންނަވައިގެން ފަރުޖެއްސޭކަށް ނެތް!

03 ނޮވެމްބަރު 2017
ޔަަމަނުގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން ހުއްޓުމަކަށް!

ޔަަމަނުގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން ހުއްޓުމަކަށް!

11 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު