Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފިރިމީހާއަށްޓަކައި އަންހެނުން

އަހަންނަށް ކިޑްނީ ޑޮނޭޓްކުރީ އަހަރެންގެ އަންހެނުން، އެއީ ދުނިޔެ މަތީގައި ލެއްވި ނިއުމަތެއް!

އުމުރުން 36 އަހަރުގެ ރިޒާގެ ދެ ކިޑްނީ ފެއިލްވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 26 ނޮވެމްބަރު 2017 | އާދީއްތަ 13:13
އަބުދުﷲ ރިޒާ އާއި އޭނާގެ އަންހެނުން އައިޝަތު މުނާ ފޮޓޯއަކަށް ހުއްޓިލައިގެން

އަބުދުﷲ ރިޒާ އާއި އޭނާގެ އަންހެނުން އައިޝަތު މުނާ ފޮޓޯއަކަށް ހުއްޓިލައިގެން

"އަޅުގަނޑަށް މިކަހަލަ އަންބަކު ލިބުނީތީ ވަރަށް އުފާވޭ. އަޅުގަނޑު ހަމަ މަރުން ސަލާމަތްކޮށް ދިނީ އަންހެނުން. އަޅުގަނޑު ވަރަށް ހާލުގައި އުޅުނީ. އަޅުގަނޑަށް މާތްﷲ ލެއްވި ނިއުމަތެއް ކަން ނޭނގެ އަޅުގަނޑަށް މި އަނބިމީހާ ލިބުން" މިއީ ށ. ފޯކައިދޫއަށް އުފަން 36 އަހަރުގެ އަބުދުﷲ ރިޒާގެ ހިތުގައި އޭނާގެ އަންހެނުންނާމެދު މިއަދު އޮތް އިހްސާސްތަކެވެ.

ކަންވާނީ ވެސް އެހެންތާއެވެ. އޭނާއަށްޓަކައި އެހާ ބޮޑު ގުރުބާނީއެއް ވެދީ އޭނާދެކެ އިންތިހާއަށް ލޯބިވާ އަންބަކު ލިބުމުން އުފާނުވާނީ ކާކު ހެއްޔެވެ. ހެޔޮ ލަފާ ސޯލިހު އަންބަކު ނުވަތަ ފިރިޔަކު ލިބުމަކީ ދުނިޔެ މަތީގައި މީހަކަށް ލިބޭނެ އެންމެ ބޮޑު އެއް ނަސީބެވެ.

ށ. ފޯކައިދޫއަށް އުފަން އުމުރުން 36 އަހަރުގެ އަބްދުﷲ ރިޒާއަކީ މަސްވެރިއެކެވެ. އުފަން ރަށުގައި ދިރިއުޅުން ހޭދަކުރަމުންދާ އިރު އޭނާގެ ހުރިހާ އުންމީދަކީ އޭނާގެ ދެ ދަރިންނެވެ. އޭނާގެ ދެ ދަރިންގެ މުސްތަގްބަލު ބިނާ ކުރުމަށްޓަކައި މުޅި ރެޔާއި ދުވާލު މަސައްކަތް ކުރަމުންދަނިކޮށް އޭނާގެ ދިރިއުޅުން އެ ފުށުން މި ފުށަށް ޖަހާލީ، ދެ ކިޑްނީ ފެއިލްވެފައިވާ ކަމަށް ޑޮކްޓަރުން ބުނި ހިސާބުންނެވެ.

ރިޒާއަށް ކިޑްނީގައި މައްސަލަ އުޅޭކަން އެނގުނީ މަންމަ ޑޮކްޓަރަށް ދައްކަން ޓްރިވެންޑްރަމަށް ގޮސް ހުއްޓާ ހެދި ޓެސްޓަކުންނެވެ. އެ ޓެސްޓު ހަދަން ނިންމީ މަންމަގެ ލަފާގެ މަތިންނާއި ކުޑަކަމުދާއިރު ކުދި ހިލަ އަންނަ ކަމަށް ފާހަގަ ކުރެވިގެންނެވެ. ޑޮކްޓަރު ބައޮޕްސީ ހަދަން އެންގި ނަމަވެސް މާލީ ހާލަތު ތަން ނުދިނުމުގެ ސަބަބުން އެ ދަތުރުގައި އެކަން ނުކޮށް ރިޒާއަށް ޖެހުނީ މާލެ އަންނާށެވެ.

މާލެ އައިސް އިތުރަށް ޓެސްޓުތައް ހެދުމުން އެނގިގެންދިޔައީ ދެ ކިޑްނީ ފެއިލްވެފައިވާކަމެވެ. އަދި ހަ މަސް ވަންދެން ރާއްޖޭގައި ހުރެ ޑައިލަސިސް ހަދަން ފެށިއެވެ.

" ހަ މަސް ފަހުން ޑައިލަސިސް ހަދާފައި އަޅުގަނޑުގެ އަންހެނުން ނިންމީ އަޅުގަނޑަށް ކިޑްނީ ދޭން. އެހިސާބުން ފެށިގެން ވިލިނގިލީގައި ތިބެ އަޅުގަނޑުމެން ޓެސްޓުތައް ހަދައި، މަސައްކަތް ކުރީ ރުފިޔާ ހޯދަން. ދެން އަޅުގަނޑުމެން ރަށު ކައުންސިލާއި ވާހަކަ ދައްކައިގެން ރަށުގެ ރައްޔިތުން އަތުން އަޅުގަނޑުމެން ރުފިޔާ ހޯދީ" ރިޒާ ބުންޏެވެ.

ރިޒާގެ އަންހެނުން އައިޝަތު މުނާ (އުމުރުން 32 އަހަރު) އަށް އޭނާގެ ފިރިމީހާގެ ކިޑްނީ ފެއިލްވެފައިވާކަން އެނގުނު ހިސާބުން ނިންމީ ކުދިންގެ ހައްގުގައި އަދި ފިރިމީހާ ދެކެ ވާ ލޯތްބަށްޓަކައި ކްރޮސްމެޗް ދިމާވާ ކަމުގައިވަނީ ނަމަ ކިޑްނީ ހަދިޔާ ކުރުމަށެވެ. މާތްﷲ މިންވަރުފުޅާއި އިރާދަފުޅުން ކްރޮސްމެޗް ދިމާވުމުން މުނާ ކިޑްނީ ހަދިޔާ ކުރަން ނިންމީއެވެ.

" އަޅުގަނޑު ބޭބެ ކައިރީ ކިޑްނީ ދޭ ވާހަކަ ބުނިން. އެކަމަކު ބޭބެ އެހާ ހިތްހަމައެއް ނުޖެހޭ. އަޅުގަނޑު ބުނިން ފިރިމީހާ ކައިރީ ދެރަނުވާށޭ. އަޅުގަނޑު ކިޑްނީ ދިމާވާކަމުގައިވަނީ ނަމަ، އަޅުގަނޑަށް ގެއްލުމެއް ނުވާހާ ހިނދަކު މިހުރީ ކިޑްނީ ދޭން ތައްޔާރަށޭ. އެއީ އަޅުގަނޑު ދިރިއުޅުމުގެ ބާކީ އޮތް ބައިވެސް ފިރިމީހާ އަދި ދަރިންނާއިއެކު ހޭދަކުރަން ބޭނުންވާތީ" މުނާ ބުންޏެވެ.

ކިޑްނީ ފެއިލްވުމުގެ ސަބަބުން މުޅި މީހާ އެއްކޮށް ހިކި ހިތްދަތި ދުވަސްތަކެއް ރިޒާ ވޭތުކުރަން ޖެހުނެވެ. ބައެއް މީހުން އޭނާ ގާތުގައި ގަދަ ނުވާނެ ކަމަށް ވެސް ބުންޏެވެ. އެހެން ނަމަވެސް އޭނާ އެހާ ހާލުގައި އުޅެނިކޮށް އަންހެނުން ކިޑްނީ ދޭނެ ކަމަށް ބުނުމުން އޭނާ ދިރިއުޅުމަށް ކުރަމުން ދިޔަ އުންމީދުތައް އަލުން އާވެގެން ދިޔައެވެ.

ރަށުގެ ރައްޔިތުންގެ އެހީތެރިކަމާއި އެކި މީހުން އަތުން ހޯދި ފައިސާގެ އެހީ ހިފައިގެން އެ ދެމަފިރިން ކިޑްނީ ޓްރާންސްޕްލާންޓު ހެދުމަށް ޓަކައި އިންޑިއާއަށް ފުރިއެވެ. ބާރަ ގަޑިއަށްވުރެ ދިގު އޮޕްރޭޝަނަކަށް ފަހު ކިޑްނީ ޓްރާންސްޕްލާންޓް ކުރެވިގެން ދިޔައެވެ. އޮޕްރޭޝަން ކުރިތާ 15 ދުވަސް ފަހުން ހޮސްޕިޓަލުން ދޫކޮށްލިއެވެ.

ކާމިޔާބު އޮޕަރޭޝަނަކަށް ފަހު 8 މަސް ރާއްޖެއިން ބޭރުގައި ހޭދަކުރުމަށް ފަހު މިއަދު އެދެމަފިރިން ތިބީ ރާއްޖޭގައެވެ. އެހެން ނަމަވެސް 6 މަސް ފަހުން އަނެއްކާ ވެސް ރާއްޖެއިން ބޭރަށް ފަރުވާ ހޯދަން ދާންޖެހެއެވެ. އެކަމަށް ހަރަދު ކުރާނެ ފައިސާއެއް އަދި އޭނާގެ އަތަކުނެތެވެ.

ފިރިމިހާއާ ދަރިންގެ ހައްގުގައި އަނބިމީހާގެ ކިޑްނީ އޭނާގެ ފިރިމީހާއަށް ހަދިޔާކުރުމަކީ ލޯތްބާއި އަޅާލުމުގެ ލާމަސީލު މިސާލެކެވެ. މިއީ އިންސާނިއްޔަތު ކަމުގެ ފުރިހަމަ ނަމޫނާއެއް ކަމަށް ގަބޫލު ކުރަންޖެހެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ބުނަން ބޭނުން ވިޔަސް، އަންހެނުން ނުބުނާ ބައެއް ކަންކަން!

ބުނަން ބޭނުން ވިޔަސް، އަންހެނުން ނުބުނާ ބައެއް ކަންކަން!

26 ޑިސެމްބަރު 2017
ދުނިޔޭގެ އެންމެ ނުފޫޒުގަދަ އަންހެނުންގެ ނަސޭހަތަކީ ކޮބާ؟

ދުނިޔޭގެ އެންމެ ނުފޫޒުގަދަ އަންހެނުންގެ ނަސޭހަތަކީ ކޮބާ؟

08 ޑިސެމްބަރު 2017
"16 ޑޭޒް އޮފް އެކްޓިވިޒަމް": އަންހެނުންނަށް ކުރާ އަނިޔާ މަދުވޭތަ؟

"16 ޑޭޒް އޮފް އެކްޓިވިޒަމް": އަންހެނުންނަށް ކުރާ އަނިޔާ މަދުވޭތަ؟

26 ނޮވެމްބަރު 2017
ހަނީފުގެ މަރު: " ހަނީފް މޫދަށް ގެނބުމުގެ ކުރިން އަންހެނުންގެ ސަލާމަތަށް މަސައްކަތް ކުރި"

ހަނީފުގެ މަރު: " ހަނީފް މޫދަށް ގެނބުމުގެ ކުރިން އަންހެނުންގެ ސަލާމަތަށް މަސައްކަތް ކުރި"

23 އޮކްޓޯބަރު 2017
އަހަރެން އަދާކުރީ އަހަރެންގެ ވަޒީފާއެވެ.

އަހަރެން އަދާކުރީ އަހަރެންގެ ވަޒީފާއެވެ.

17 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު