Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ19 ވަނަ ރައްޔިތުންގެ މަޖިލީސް

ނަޝީދަށާއި އިވާއަށް ރައީސް ސޯލިހް މަރުހަބާ ދަންނަވައިފި

ގައުމު އެއް މިސްރާބަކަށް ގެންދިއުމަށް ގުޅިގެން މަސައްކަތްކުރުމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 28 މެއި 2019 | އަންގާރަ 20:26
މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އިންތިޚާބުވެވަޑައިގެންނެވި މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު ރައީސް މުހައްމަދު ނަޝީދަށާއި ރައްޔިތުން މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ހޮވިވަޑައިގެންނެވި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މަރުހަބާ ދަންނަވައިފިއެވެ.

އެމަނިކުފާނު އަންގާރަ ދުވަހުގެ ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް ޑިމޮކްރަސީ އާއި ފާގަތި ރާއްޖެއެއް ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގައި ލަނޑުދަނޑި ގެއްލިގެން ނުދާ ކަމަށެވެ. އަދި ނަޝީދުގެ ރިޔާސަތުގެ ދަށުން މި މަޖިލީހަކީ އެންމެ އުފެއްދުންތެރި މަޖިލީހަށް ވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވެފައި ވެއެވެ.

Advertisement - newsAdvertisement

އިވާއަށް މަރުހަބާ ދަންނަވާ ރައީސް ސޯލިހް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ އަންހެނުން ސިޔާސީ އިސް މަޤާމުތަކަށް ގެނައުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ހިނދު މިހާރު ވެސް އަންހެނުން ސިޔާސީ މައިދާނުގެ އިސް ރޯލަކުން ފެނުމުން ވަރަށް ބޮޑު އުފާވެރިކަމެއް ލިބިވަޑައިގަންނަވާ ކަމަށެވެ.

އެމަނިކުފާނު ކުރެއްވި އިތުރު ޓްވީޓެއްގައި ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގެން، ހުވާ ކުރެއްވި މެމްބަރުންނަށް ވެސް ވަނީ މަރުހަބާ ދަންނަވާފައެވެ. އެ ޓްވީޓްގައި ރައީސް ސޯލިހް ވިދާޅުވީ އަމާން އޮމާން ދިވެހިރާއްޖެއެއް ޤާއިމު ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގައި 19 ވަނަ މަޖިލީހަށް ހުވާ ކުރެއްވި މެމްބަރުންނާ އެކު އުފެއްދުންތެރި ގުޅުމެއް ޤާއިމު ކުރެވިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އިތުރު އެމަނިކުފާނުގެ ނާއިބު ފައިސަލް ނަސީމް ވެސް ވަނީ ރައީސް ނަޝީދަށައީ އިވާ އަދި ހުވާކުރެއްވި މެންބަރުންނަށް މަރުހަބާ ދަންނަވާފައެވެ.

ނަވާރަވަނަ މަޖިލީހުގެ 65 ގޮނޑި ކާމިޔާބުކޮށް ސަރުކާރު ހިންގާ މައި ޕާޓީ އަށް ސާފު މެޖޯރިޓީ ލިބިފައިވާއިރު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ވަނީ 8 ގޮނޑި ހޯދާފައެވެ. ޕީޕީއެމްއަށް ފަސް ގޮނޑި ލިބިފައިވާއިރު، ޕީއެންސީ ވަނީ ތިން ގޮނޑި ހޯދާފައެވެ. ޖޭޕީއަށް ފަސް ގޮނޑި ލިބިފައިވާއިރު، އެމްޑީއޭއަށް ވަނީ ދެ ގޮނޑި ލިބިފައެވެ. އަމިއްލަ މެމްބަރުންގެ ގޮތުގައި ނަވާރަވަނަ މަޖިލީހުގައި ތިއްބަވާނީ ހަތް މެމްބަރުންނެވެ.

މަޖިލީހުގެ ރައީސް ކަމަށް ނަޝީދު ވަޑައިގެންފައި ވަނީ 18 ވަނަ ރައްޔިތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމްއާ ވާދަކުރައްވައި 67 ވޯޓުގެ ބޮޑު އަގުލަބިއްތަތަކުންނެވެ. ގާސިމަށް ލިބިވަޑައިގެންނެވީ 17 ވޯޓެވެ. ނައިބު ރައީސް ކަމަށް އީވާގެ ނަން އެކަނި ހުށަހެޅުނު އިރު 76 ވޯޓު ލިބިވަޑައިގެންފައި ވެއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު