Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖީއެމްއާރް

ޖީއެމްއާރުގެ ޓެކްސް ދައްކަން ޖެހޭނީ ސަރުކާރާއި އެމްއޭސީއެލުން: އޭޖީ

24 މެއި 2019 | ހުކުރު 04:25

މީރާއިން އެމައްސަލާގައި ލަފަޔަކަށް އެދުމުން ލަފާދީފައިވާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 24 މެއި 2019 | ހުކުރު 04:25
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް: ޖީއެމްއާރުން ދައްކަންޖެހޭ ކަމަށް މީރާއިން ބުނެފައިވާ ޓެކްސް ފައިސާ ދައްކަން ޖެހޭނީ ސަރުކާރާއި އެމްއޭސިއެލުން ކަމަށް އޭޖީ އޮފީހުން ބުނޭ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް: ޖީއެމްއާރުން ދައްކަންޖެހޭ ކަމަށް މީރާއިން ބުނެފައިވާ ޓެކްސް ފައިސާ ދައްކަން ޖެހޭނީ ސަރުކާރާއި އެމްއޭސިއެލުން ކަމަށް އޭޖީ އޮފީހުން ބުނޭ

ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖީއެމްއާރްއަށް ދައްކާފައިވާ ފައިސާއަކީ ޓެކްސް ދައްކަންޖެހޭ ފައިސާއެއްކަމަށް މީރާއިން ނިންމާ ހާލަތެއްގައި އެ ޓެކްސް ދެއްކުމަކީ ދިވެހި ސަރުކާރާއި އެމްއޭސީއެލް އިން ކުރަންޖެހޭނެ ކަމެއް ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ބުނެފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހެދި އެއްބަސްވުން ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ބާތިލްކުރި މައްސަލާގައި ޖީއެމްއާރަށް 271 މިލިއަން ޑޮލަރު ދައުލަތުން ދޭން ޖެހޭނެ ކަމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ވަނީ ނިންމާފަ އެވެ. އެ ފައިސާ އެމްއޭސީއެލްއިން ޖީއެމްއާރަށް ދައްކާފައި ވަނިކޮށް މިދިޔަ އަހަރު މީރާއިން ވަނީ ޖީއެމްއާރުން ޓެކްސްގެ ގޮތުގައި ދައުލަތަށް 20 މިލިއަނަށް ވުރެ ގިނަ ޑޮލަރު (300 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ދައްކަން ޖެހޭނެ ކަމަށް އަންގައިފަ އެވެ.

Advertisement - newsAdvertisement

މިމައްސަލައާ ގުޅިގެން އޭޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގުމުގެ މަސައްކަތް ޖީއެމްއާރްއެމްއޭއެޗްބީ ކޮންސޯޓިއަމްއާ ހަވާލުކުރުމަށްޓަކައި އެކުންފުންޏާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރެވުނު އެގްރީމަންޓް ދިވެހި ސަރުކާރުން އުވާލުމާ ގުޅިގެން ކުރިޔަށް ގެންދިޔަ އާބިޓްރޭޝަން މައްސަލަ 25 އޮކްޓޯބަރ 2016 ގައި ނިންމާފައި ކަމަށެވެ.

އޭޖީން ބުނީ އާބިޓްރޭޝަން އިން ނިންމާފައިވާ ގޮތުން ދިވެހި ސަރުކާރު އަދި އެމްއޭސީއެލްގެ ކިބައިން ޖީއެމްއާރްއަށް ލިބިދިނުމަށް ކަނޑައަޅާފައިވާ ފައިސާއިން އެއްވެސް އަދަދެއްގެ އުނިނުވެ އެކުންފުންޏަށް ފުރިހަމައަށް ލިބިދޭންޖެހޭކަމަށެވެ. އެ ފައިސާގެ ތެރެއިން ރާއްޖެގެ ފަރާތްތަކުން ޓެކްސްގެ ގޮތުގައި އެއްވެސް މިންވަރެއް އުނިކުރާ ހާލަތުގައި އެވޯޑްގެ ފައިސާ ޖީއެމްއާރްއަށް ދައްކަންވާނީ ޓެކްސްގެ ގޮތުގައި އެއްވެސް މިންވަރެއް އުނިނުކުރާ ހާލަތުގައި ޖީއެމްއާރްއަށް ލިބެންވާ ފައިސާގެ އަދަދަށް، ޓެކްސް އިތުރުކުރުމަށްފަހު ކަމަށް ވެސް އޭޖީ އޮފީހުގެ ބަޔާނުގައިވެ އެވެ.

އޭޖީން ބުނީ އާބިޓްރޭޝަން އިން ދޭން ޖެހޭނެ ކަމަށް ނިންމި ފައިސާއިން އެއްވެސް ޓެކްސް ދައްކަން ނުޖެހޭނެކަމަށް ސަރުކާރުން މައުލޫމާތު ދީފައިވާތީ އެ ފައިސާއިން އެއްވެސް ޓެކްސްއެއް މީރާއަށް ދައްކަން ނުޖެހޭނެ ކަމަށެވެ. އަދި ނަތީޖާއެއްގެ ގޮތުން، މީރާއިން ކަނޑައަޅާނެ ޓެކްސްއަށްވާ ފައިސާ ޖީއެމްއާރަށް ދައްކި ފައިސާގެ ތެރެއަށް އިތުރުކުރަންޖެހޭ ތަނެއް ނެތް ކަމަށް ވެސް އޭޖީގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން އޭޖީން ބުނީ ޖީއެމްއާރްއަށް ދައްކާފައިވާ ފައިސާއަކީ ޓެކްސް ދައްކަންޖެހޭ ފައިސާއެއްކަމަށް މީރާއިން ނިންމާ ހާލަތެއްގައި ވެސް އެޓެކްސް ދެއްކުމަކީ ދިވެހި ސަރުކާރާއި އެމްއޭސީއެލް އިން ކުރަންޖެހޭނެ ކަމެއް ކަމަށެވެ.

އޭޖީން ބުނީ މީރާއިން އެ މައްސަލާގައި ލަފަޔަކަށް އެދުމުން މި އަހަރުގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު އެ ލަފާދީފައިވާނެ ކަމަށެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް

20 ފެބުރުއަރީ 2017
ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް
19 ފެބުރުއަރީ 2017

މަޖިލީހުގައި ތިއްބެވީ 85 ކަނޑުކޮހުން ނޫންކަން ދައްކަންޖެހޭ: މުސްތަފާ

19 ފެބުރުއަރީ 2017
މަޖިލީހުގައި ތިއްބެވީ 85 ކަނޑުކޮހުން ނޫންކަން ދައްކަންޖެހޭ: މުސްތަފާ
16 ފެބުރުއަރީ 2017

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017
އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ
15 ފެބުރުއަރީ 2017

ޓެކްސްގެ ނަމުގައި މި ސަރުކަރުން އަންނަނީ ރައްޔިތުންގެ އަތުން ފޭރެމުން: އީސަ

15 ފެބުރުއަރީ 2017
ޓެކްސްގެ ނަމުގައި މި ސަރުކަރުން އަންނަނީ ރައްޔިތުންގެ އަތުން ފޭރެމުން: އީސަ
14 ފެބުރުއަރީ 2017

ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު

14 ފެބުރުއަރީ 2017
ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު
14 ފެބުރުއަރީ 2017

ފުލުފުލުގައި ޓެކްސް ބޮޑުކުރިޔަސް، ރައްޔިތުން ދަނީ ބިކަވަމުން: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފުލުފުލުގައި ޓެކްސް ބޮޑުކުރިޔަސް، ރައްޔިތުން ދަނީ ބިކަވަމުން: އިމްތިޔާޒު
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް