Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެންޓި ކަރަޕްޝަން ކަމިޝަން

ހައްޖަށް މީހުން ގެންދާ ކުންފުނިތަކަށް ހުއްދަ ދިން މައްސަލަ އޭސީސީއިން ބަލަނީ

20 މެއި 2019 | ހޯމަ 09:52

މައްސަލައިގައި ބުނެފައިވަނީ ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވަނީ އިވެލުއޭޓް ކުރުމެއް ނެތި ކަމަށް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 20 މެއި 2019 | ހޯމަ 09:52
އޭސީސީގެ ބައެއް މެމްބަރުން. އެކަމިޝަނުން ވަނީ ހައްޖަށް މީހުން ގެންދާ ކުންފުނިތަކަށް ހުއްދަ ދިން މައްސަލަ ބަލަން ފަށާފައި

އޭސީސީގެ ބައެއް މެމްބަރުން. އެކަމިޝަނުން ވަނީ ހައްޖަށް މީހުން ގެންދާ ކުންފުނިތަކަށް ހުއްދަ ދިން މައްސަލަ ބަލަން ފަށާފައި

މިއަހަރު ހައްޖަށް މީހުން ގެންދަން އިސްލާމިކް މިނިސްޓްރީން ކަނޑައެޅި ކުންފުނިތަކަށް ހުއްދަ ދިން މައްސަލަ އެންޓި ކަރަޕްޝަން ކަމިޝަން(އޭސީސީ)އިން ބަލަން ފަށައިފިއެވެ.

އެނގިފައިވާ ގޮތުގައި އިސްލާމިކް މިނިސްޓްރީން ހުއްދަ ދިން ކުންފުނިތަކުގެ މައްސަލަ ހުށައަޅާފައިވަނީ ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕުންނާއި އަލް އައިން އެންޑް ޓުއާސް ޕްރައިވެޓް ލިމިޓެޑުންނެވެ.

Advertisement - newsAdvertisement

އެދެ ކުންފުނިން އޭސީސީއަށް ހުށައެޅި މައްސަލައިގައި ބުނެފައިވަނީ ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދީފައިވަނީ އިވެލުއޭޓް ކުރުމެއް ނެތި ކަމަށެވެ. އެހެންކަމުން ކުންފުނިތަކުން ހައްޖަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި ހުށައެޅި ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށް ވަނީ އެދިފައެވެ.

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝާފިއު އަލީ ވިދާޅުވީ އޭސީސީގެ ޓީމެއް އެމިނިސްޓްރީއަށް ވަޑައިގެންނެވި ކަމަށާއި ހައްޖަށް މީހުން ގެންދިއުމަށް ހުށައެޅި ކުންފުނިތަކުގެ އިވެލުއޭޝަން ކުރިއަށް ގެންދިޔަ ގޮތް އެފަރާތުން ބަލާފައިވާ ކަމަށެވެ.

ހައްޖަށް މީހުން ގެންދާ ކުންފުނިތައް އިސްލާމިކް މިނިސްޓްރީން ކަނޑައެޅި ގޮތް ބާތިލު ކުރަން ސިސިލްފަރުން ވަނީ ސިވިލް ކޯޓަށް ވެސް މައްސަލައެއް ހުށައަޅާފައެވެ. އެމައްސަލައިގެ ޝަރީއަތް އެކޯޓުގައި ވަނީ ފަށާފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖެއިން މީހުން ހައްޖަށް ގެންދަން 18 ކުންފުންޏަކުން ކުރިމަތިލި ކަމަށާއި އޭގެ ތެރެއިން ހަ ކުންފުންޏެއް "ޑިސްކޮލިފައި" ވެފައިވާ ކަމަށެވެ. އެހެންކަމުން ބާކީ އޮތް 12 ކުންފުނީގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބުނު ފަސް ކުންފުންޏަށް ހައްޖަށް މީހުން ގެންދިއުމުގެ ފުރުސަތު ދިނީ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. ސަރުކާރުގެ ސަތޭކަ ޕަސެންޓް ހިއްސާ އޮންނަ ހައްޖު ކޯޕަރޭޝަނާ އެކު އަމިއްލަ ފަސް ކުންފުންޏަކަށް ވަނީ ހައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދީފައެވެ.

ހައްޖަށް މީހުން ގެންދަން ކުންފުނިތައް ކަނޑައެޅި ގޮތާ މެދު ބައެއް ފަރާތްތަކުން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި

07 ޖެނުއަރީ 2017
ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް