Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ޕާލަމެންޓްރީ ގްރޫޕްގެ ޗޮއިސްއަކަށް ވާނީ ކޮން ރައީސެއްގެ ޗޮއިސްއެއް؟

ރައީސް ސޯލިހާއި، ރައީސް ނަޝީދު ކެމްޕޭން ކުރައްވަމުން ގެންދަވަނީ ދެ ފަރާތަކަށް

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު, ރާއްޖެ އެމްވީ | 18 މެއި 2019 | ހޮނިހިރު 12:17
ރައީސް ނަޝީދާޢި، ރައީސް ސޯލިހު

ރައީސް ނަޝީދާޢި، ރައީސް ސޯލިހު

19 ވަނަ މަޖިލިސް ހުވާ ކުރަން ބާކީ އޮތީ 10 ދުވަހެވެ. އާ މަޖިލިސް ހުވާކުރުމުގެ ރަސްމިއްޔާތު އޮންނާނީ މި މަހުގެ 28 ވަނަ ދުވަހުގެ ރޭ 9:30 ގައެވެ. އާ މަޖިލިސް ހުވާކުރުމަށް ވާންޖެހޭ ތައްޔާރީތައް މަޖިލީހުން ދަނީ ވަމުންނެވެ. އާ މަޖިލިސް ހުވާކުރުމަށް ތައްޔާރީތައް ވަމުން އަންނައިރު، އެންމެ ގިނަ ބަޔަކު މި ވަގުތު އުފައްދަމުންދާ ސުވާލަކީ 19 ވަނަ މަޖިލީހުގެ ރައީސަކަށް ވާނީ އިންތިޚާބުވެ ވަޑައިގެންނެވި މެމްބަރުންގެ ތެރެއިން ކޮން މެމްބަރެއްތޯއެވެ؟

މަޖިލިސް ފެށެން ވަގުތު ކުޑަތަންވެފައިވާއިރު، އެންމެނަށް ވެސް އެނގި ޔަގީންވެފައިވާ ކަމަކީ މަޖިލީހުގެ ރައީސަކަށް އަދި ނައިބު ރައީސަކަށް އަންނަނީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރެއް ކަމެވެ. ސަބަބަކީ އެމްޑީޕީ ވަނީ 65 ގޮނޑި ކާމިޔާބުކޮށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ ނަގާފައެވެ. މަޖިލީހުގެ ރައީސް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ފަސް މެމްބަރަކު ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އެއީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް، ތިމަރަފުށީ ދާއިރާއަށް އިންތިޚާބުވެވަޑައިގެންނެވި ހަސަން އަފީފް، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްއެވެ. މީގެ ތެރެއިން މަޖިލީހުގެ ރައީސްއަކާ މެދު އެމްޑީޕީން ނެރޭ ވިޕްލައިންގައި ކުރި ހޯއްދަވާނެ މެންބަރަކު ކަނޑައަޅާނީ ޕާލަމަންޓްރީ ގްރޫޕްގެ އެތެރޭގައި ނަގާ ވޯޓަކުން ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

އެމްޑީޕީގެ އެންމެ އިސް ދެ ބޭފުޅުންގެ މެދުގައި ވަނީ ވާދަވެރިކަމެއް އުފެދިފައެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގެންދަވަނީ އެ ދެ ބޭފުޅުން މަޖިލިސްގެ ރައީސް ކަމަށް ގެންނަން ބޭނުންފުޅުވާ "ޗޮއިސް"އާ އެކުގައި ފޯރީގައި ކެމްޕޭން ކުރައްވަމުންނެވެ. ދެ ބޭފުޅުންގެ ޚިޔާލުފުޅު މި ކަމުގައި ކިތަންމެ ތަފާތު ވިޔަސް، ޚިޔާލަކީ ތަފާތު އެއްޗެއްކަން ދަނެގެން ދެ ރައީސުން ގެންދަވަނީ ރިވެތި އުސޫލުން އެ ރައީސަކު ބޭނުންފުޅުވާ ކެންޑިޑޭޓަށް ވޯޓް ހޯއްދެވުމުގެ މަސައްކަތް ކުރައްވަމުންނެވެ.

ރާއްޖެ އެމްވީއަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި މަޖިލިސްގެ ރައީސް ކަމަށް ރައީސް ސޯލިހު "ލޮބީ" ކުރައްވަމުން ގެންދަވަނީ ވިލުފުށި ދާއިރާއަށް އިންތިޚާބުވެ ވަޑައިގެންފައިވާ ހަސަން އަފީފް އަށެވެ. ޕާޓީގެ މަޖިލިސް މެންބަރުންގެ ތާއީދު ހޯއްދެވުމަށް "މުލިއާގޭގައި" އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް މެމްބަރުންނާއި، އެކަމުގެ މަޝްވަރާތައް ކުރައްވަމުން ގެންދަވާ ކަމަށް އިތުބާރު ހުރި މަސްދަރަކުން ވަނީ މައުލޫމާތު ލިބިފައެވެ.

މަޖިލީހުގެ ރައީސް ކަމަށް ބޭނުންވަނީ ތަޖުރިބާ ހުރި، މަޖިލީހުގެ ގަވާއިދުތަކައް ހުރުމަތްތެރިކޮށް ހިތައި ބޯ ލަނބާ މީހެކެއެވެ. އޮންނަ އުސޫލްތަކާއި ހަމައިން މަޖިލިސް ކުރިއަށް ގެންދާނެ ފަރާތެކެއެވެ. ރައީސް ސޯލިހުގެ "ޗޮއިސް" އަފީފްއަކީ މި ކަންތައް ނުކުރެވޭނެ ބޭފުޅެއް ނޫނެއެވެ. މަޖިލީހުގެ ތަޖްރިބާއަށް ބަލާއިރު ތަޖްރިބާގެ ގޮތުން ދޮށީ ބޭފުޅެކެއެވެ.

އަފީފް ވަނީ 1990 ވަނަ އަހަރުގެ މަޖިލިސް މެމްބަރުކަން ކުރައްވާފައެވެ. އެގޮތުން ތ. އަތޮޅުގެ މެމްބަރުކަން 20 އަހަރު ވަންދެން ކުރައްވާފައިވާއިރު، ގާނޫނުއަސާސީ އިސްލާހުކުރި އިރު އާއި އަދި މިހާރު އަމަލުކުރާ ގާނޫނުއަސާސީ އެކުލަވާލި އިރު ވެސް ޚާއްސަ މަޖިލީހުގެ ޑްރާފްޓިން ކޮމިޓީގެ މެމްބަރުކަން އަފީފް ވަނީ ކުރައްވާފައެވެ. އަފީފްއަކީ އެންމެ ފުރަތަމަ އެކުލަވާލި، ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރެއް ވެސް މެއެވެ. އަފީފް މަޖިލީހުގެ މެމްބަރު ކަމަށް އިންތިޚާބުވެ ވަޑައިގެންފައި ވަނީ ދިގު މުއްދަތެއްގެ މެދުކެނޑުމަކަށް ފަހު އެވެ. 19 ވަނަ މަޖިލީހަށް އިންތިޚާބުވެ ވަޑައިގެންފައިވާ 87 މެމްބަރުންގެ ތެރެއިން އެ ކަމަށް އެންމެ ތަޖްރިބާކާރު އެއް ބޭފުޅަކީ އަފީފްއެވެ.

ދެން އޮތީ ރައީސް ނަޝީދުގެ "ޗޮއިސް" ގެ ވާހަކައެވެ. މަޖިލީހުގެ ރައީސް ކަމަށް ރައީސް ނަޝީދުގެ "ޗޮއިސް"އަކީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ. ރައީސް ނަޝީދު ވެސް ގެންދަވަނީ ރައީސް ސޯލިހެކޭ އެއްގޮތަށް އެ މަނިކުފާނު އިހްތިޔާރް ކުރެއްވި މެމްބަރަށް ކެމްޕޭން ކުރައްވަމުންނެވެ. އެގޮތުން ޕާޓީގެ މެންބަރުންގެ ތާއީދު ހޯއްދެވުމުގެ މަސައްކަތް ރައީސް ނަޝީދު ވެސް ވަނީ ފައްޓަވާފައެވެ. ނަން ހާމަކުރަން ބޭނުންފުޅުނުވާ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރަކު ވިދާޅުވީ ރައީސް ނަޝީދު މިހާރު ވެސް ހުންނެވީ ބޭނުންފުޅުވާ ވަރަށް ތާއީދު ހޯއްދަވައިގެން ކަމަށެވެ.

އަސްލަމަކީ ވެސް މަޖިލީހުގައި ތަޖުރިބާ ހުންނެވި ބޭފުޅެކެވެ. އަސްލަމް ވަނީ މަޖިލީހުގެ މެމްބަރުކަން 15 އަހަރުވަންދެން ކުރައްވާފައެވެ. ސަރުކާރުން ހުށަހަޅާ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މެމްބަރުކަން އަސްލަމް ވަނީ ކުރައްވާފައެވެ. އަސްލަމަކީ ރައީސް ނަޝީދު ވަރަށް އިތުބާރު ކުރައްވާ އެ މަނިކުފާނުގެ ވަރަށް އަރިސް ބޭފުޅެކެވެ.

މަޖިލީހުގެ ރައީސް ކަމަށް ދެ ބޭފުޅަކަށް ރައީސް ނަޝީދާއި، ރައީސް ސޯލިހު ކެމްޕޭން ކުރައްވަމުން ގެންދެވި ނަމަވެސް، އެމްޑީޕީގެ ފަރާތުން ފެންނަމުން ދަނީ ޑިމޮކްރަސީގެ ރިވެތި އުސޫލެވެ. ދެ ބޭފުޅުންގެ ގުޅުމަށް އެއްވެސް ހީނަރުކަމެއް އައިސްފައިނުވާ ކަމަށް "ރާއްޖެއެމްވީ" އަށް މައުލޫމާތު ދިން ފަރާތުން ވަނީ ވިދާޅުވެފައެވެ.

މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މެމްބަރުން ކަނޑައަޅާނީ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. މީގެ ކުރިން، މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް އެމްޑީޕީ އަށް ލިބިފައި ނުވާތީ، އެ ޕާޓީގެ ތެރެއިން މަޖިލިހުގެ ރައީސް ނުވަތަ ނައިބު ރައީސަކު ކަނޑައަޅަން މެމްބަރުންގެ މެދުގައި ވޯޓަކަށް ގޮސްފައެއް ނުވެ އެވެ. އެހެންކަމުން މިއީ ވެސް އާ ތަޖުރިބާއެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ހޮވާނީ، އަލަށް އިންތިޚާބުވެވަޑައިގަތް މެމްބަރުން މި މަހު 28 ގައި ހުވާ ކުރައްވައި ބާއްވާ ފުރަތަމަ ޖަލްސާގައެވެ. ގާނޫނުއަސާސީގައި އޮންނަނީ، މަޖިލީހުގެ ރައީސަކު ކަނޑައަޅާނީ ސިއްރު ވޯޓަކުން ކަމަށެވެ. އެ ނޫން ގޮތަކަށް ވޯޓު ނެގޭނީ މަޖިލީހުގެ ޖަލްސާއަކުން ފާސްކޮށްގެންނެވެ.

މަޖިލީހުގެ ރައީސްއަކާ މެދު ޕާޓީގެ އެންމެ އިސް ދެ ބޭފުޅުންގެ ހިޔާލު ތަފާތުވެފައި ވިޔަސް މަޖިލީހުގެ ނައިބު ރައީސްއާ މެދު މާބޮޑު ހިޔާލު ތަފާތުވުންތަކެއް އޮތް ކަމަކަށް ނުބެލެވެއެވެ. މިހާތަނަށް ޕާޓީގެ ތެރެއިން ވެސް އިވެނީ އެންމެ ނަމެއްގެ އަޑެވެ. އެއީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲއެވެ. އަންހެނުން ބާރުވެރިކުރުވުމަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދާށުން ނަޝީދާއި ރައީސް ސޯލިހްގެ ވެސް "ޗޮއިސް"އަކީ އެއީ ކަމަށް ބެލެވެއެވެ.

މަޖިލީހުގެ ރައީސަކު ކަނޑައެޅުމުގައި ޕާޓީ އެތެރޭގެ ފޯރި ވަރަށް ގަދައެވެ. ޕާޓީގެ އެންމެ އިސް ދެ ބޭފުޅުން އެކަމުގައި ދެ މަގެއް ހިޔާރުކުރެއްވި ނަމަވެސް ފެންނަ ފެނުމަށް ކަންކަން ގެންދަވަނީ ޑިމޮކްރަސީގެ ރިވެތި އުސޫލްތަކުގެ ދަށުންނެވެ. އެމްޑީޕީއަކީ އަބަދު ވެސް ނަމޫނާ ދައްކާ ޕާޓީއެކެވެ. އެހެންކަމުން މަޖިލީހުގެ ރައީސް ކަނޑައެޅުމުގައި ވެސް ނަމޫނާ ދައްކާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގައުމީ ވޮލީ ޓީމާއި އެސޯސިއޭޝަނަށް ދިމާވެގެން މިއުޅެނީ ކޮން މައްސަލައެއް؟

ގައުމީ ވޮލީ ޓީމާއި އެސޯސިއޭޝަނަށް ދިމާވެގެން މިއުޅެނީ ކޮން މައްސަލައެއް؟

05 އެޕްރީލު 2017
ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟

ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟

01 އެޕްރީލު 2017
އަހަންވީ ނިހާނަށް އެންމެ ރީތީ ކޮން ކުލައެއްތޯއެވެ؟

އަހަންވީ ނިހާނަށް އެންމެ ރީތީ ކޮން ކުލައެއްތޯއެވެ؟

25 މާރިޗު 2017
ގާސިމް ކަރުތާފެނަށް: މިފަހަރު ވާނީ ކިހިނެއް؟

ގާސިމް ކަރުތާފެނަށް: މިފަހަރު ވާނީ ކިހިނެއް؟

21 މާރިޗު 2017
ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހުން އެންމެ ގިނައީ ކޮން ގައުމެއްގައި

ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހުން އެންމެ ގިނައީ ކޮން ގައުމެއްގައި

18 މާރިޗު 2017

އަހަރުތަކުން މިއަދު

26 މާރިޗު
އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!
20233 އަހަރު ކުރިން
ރިޕޯޓު

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން
20224 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން
20197 އަހަރު ކުރިން
ރިޕޯޓު

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް
20188 އަހަރު ކުރިން
ރިޕޯޓު

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު