Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ނޫސްވެރިކަން

ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟

ނޫސްވެރިންނަށް، ދައުލަތުގެ މުއައްސަސާތަކުން ގިނަ އިންޒާރުތަކެއްދޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 1 އެޕްރީލު 2017 | ހޮނިހިރު 04:03
މޯލްޑިވްސް މީޑިއާ ކައުންސިލްގެ ބައްދަލުވުމުގެ ތެރެއިން

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ބައްދަލުވުމުގެ ތެރެއިން

ޤާނޫނު އަސާސީގެ ދެ ވަނަ ބާބު، ހާއްސަކުރެވިފައިވަނީ އަސާސީ ހައްޤުތަކުގެ މައްޗަށެވެ. އެ ބާބުގައި، ޑިމޮކްރެޓިކް މުޖުތަމައުއެއްގައި ކަށަވަރުވެފައި ހުންނަންޖެހޭ ހުރިހާ ހައްޤުތަކެއް ކަށަވަރުކޮށްދިންނެވެ. ހިޔާލުފާޅުކުރުމާއި، ނޫސްވެރިކަމުގެ މިނިކަންވެސް، ހުދޫދެއްގެ ތެރެއިން ވަރަށް ފުޅާ ދާއިރާއެއްގައި ކަށަވަރުކޮށްދިންނެވެ. އެހެނީ އިސްލާމް ދީނުގެ އަސްލަކާއި، އަދި ޤާނޫނު އަސާސީއާއި ހިލާފުނުވާގޮތަށް ކޮންމެ ވާހަކައެއް ދެއްކުމުގެ މިނިވަންކަންވެސް ލިބިދިނެވެ.

ދައްކަންމިއުޅެނީ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ވާހަކަ، ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ވާހަކަ އެވެ. ދައްކަންވީ ވާހަކައާއި ނުދައްކަންވީ ކޮން ވާހަކައެއް ކަން ނޭނގޭ ހިސާބަށް ކަންތައްތައް ދިޔަކަމުގެ ވާހަކައެވެ. މިވެރިން ނުރެހޭ ގޮތަށް ނޭވާއެއް ލުމަކީވެސް ކުށަކަށްވީ ވާހަކައެވެ. ނޫސްވެރިކަމުގެ މިނިވަންކަން މަރާލި ވާހަކަ އެވެ. ޑިމޮކްރަސީގެ ހަތަރު ވަނަ ބާބު ފުނޑުފުނޑުކޮށްލައި، ޑިމޮކްރެސީއޭ ކިޔާ އެތި ވެއްޔާ މޮޑެލި ވާހަކަ އެވެ.

ޤާނޫނު އަސާސީއާއި، ޤާނޫނުތަކުގައި ދައުލަތުގެ ބާރުތަކާއި، މުއައްސަސާތައް ކަނޑައަޅައި، އެތަންތަނުން ކުރަންޖެހޭ މަސައްކަތްތަކުގެ އިންތައް ކަނޑައަޅާފައިވެއެވެ. އެހެން ގޮތަކަށް ބުނާނަމަ، އެބަޔަކު ކުރަންޖެހޭ މަސައްކަތާއި، ނުކުރަންޖެހޭ މަސައްކަތް ބުނެދީފައިވެ އެވެ. ނަމަވެސް އިހުތިސާސްއޭ ނުވަތަ މިވެރިން ކުރަންޖެހޭ މަސައްކަތުގެ އިންތައް މިވެރިންގެ ހަނދާނުގައިވެސް ނުހުންނަނީ ބާއޭ ހިތަށް އަރަ އެވެ. އެހެނީ އަދުލު އިންސާފު ޤާއިމްކުރުމަށް އުފައްދާފައިވާ ކޯޓުތަކުން ވެސް ނޫސްވެރިންގެ ފަހަތުން ދުވަނީ އެވެ. ފުލުހުންނާއި، ޕްރޮސިކިއުޓަރ ޖެނެރަލާއި، ދެންވެސް އޮތް ދައުލަތުގެ އިދާރާއަކުން ކުރެވޭތޯ ބަލާ މަސައްކަތަކީ ނޫސްވެރިންގެ ފަހަތުން ދުވުމުގަ މަސައްކަތެ އެވެ. ޕްރޮސިކިއުޓަރ ޖެނެރަލްވެސް އުޅުއްވަނީ ނޫސްވެރިންނަށް އެންމެ ބޮޑު އަދަބެއްދީ ގޮޅިއަށް ވެއްދުމުގެ ބުރަ މަސައްކަތުގަ އެވެ. ބްރޯޑްކާސްޓަރުންގެ ކޮންޓެންޓް ރެގިއުލޭޓްކޮށް، ބްރޯޑްކާސްޓަރުންގެ ހައްޤުތައް ރައްކާތެރިކުރުމަށް އުފައްދާފައިވާ މުއައްސަސާ، ބްރޯޑްކާސްޓިން ކޮމިޝަންގެ ވާހަކަ ދެއްކުމަށްވުރެ ނުދެއްކުން މާ ރަނގަޅު ވާނެ އެވެ. ހަބަރު އިންނަޖެހޭގޮތާއި، ހަބަރުގައި ކިޔަންޖެހޭ އެއްޗެއް ކަނޑައަޅާ ހިސާބަށް ކަންތައްތައް ވަނީ ގޮސްފަ އެވެ.

ކްރިމިނަލް ކޯޓު - ނޫސްވެރިންނަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ކޯޓުންދީފައިވޭ -- ފޮޓޯ: ރާއްޖެ.އެމްވީ

ނިމިދޔަ ދެ ހަފްތާއަކަށް ބެލިކަމަށްވިޔަސް، ނޫސްވެރިންނަނީ މިވެރިންނަށް ބޮޑު ބިރަކަށްވެގެން އުޅޭކަމަށް ބުނެވޭ އެތަކަމެއް ފާހަގަކުރެވޭނެ އެވެ. ކްރިމިނަލް ކޯޓުން، ބައެއް ނޫސްވެރިންނަކީ ޓެރަރިސްޓުންގެ ގޮތުގައި ސިފަކޮށް، ނޫސްވެރިންނަށް ފިޔަވަޅު އެޅުމަށް ނިންމާފައިވާކަމަށް ބުނެ ދިން އިންޒާރުވެސް އެކަމުގެ ހެއްކެކަށް ފުދެއެވެ. މައާފުކުރައްވާށެވެ. ކްރިމިނަލް ކޯޓުގައި ތިއްބަވާ ގަޒީންނަށް ކުޑައީންވެސް އެއްޗެއް ބުނަނީކީ ނޫނެވެ. ނަމަވެސް އަޅުގަނޑަށް އެނގިފައި އޮންނަ ގޮތުގައި ކްރިމިނަލް ކޯޓަކީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށައަޅާ މައްސަލަތަކުގައި ފައިސާލާކުރެވެނިވި، ހުކުމެއް ނެރުއްވުމުގެ އިހުތިޔާރު ލިބިގެންވާ ކޯޓެކެވެ. އެ ކޯޓަކީ، މައްސަލަ ތަހުޤީޤްކުރާ ކޯޓެއް ކަމަކަށް އެނގިފައެއް ނުވެއެވެ.

އަޅުގަނޑަށް އެނގިފައި އޮންނަ ގޮތުގައި ޖިނާއީ މައްސަލަތައް ތަހުޤީޤްކުރަނީ، ފުލުހުންގެ އިދާރާގެ ނަމުން ނަންދީފައިތިބޭ ބެޔެކެވެ. އެވެރިން ތަހުޤީޤްކުރުމަށްފަހު ހުށައަޅާ މައްސަލަތަކުގައި ދައުވާ ކުރުމަށް ނިންމާނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ނަމުގައި ނަންދީފައިވާ މިނިވަންކަމާއެކު މަސައްކަތް ކުރައްވަންޖެހޭ ބޭފުޅެކެވެ. ނަމަވެސް ކްރިމިނަލް ކޯޓުގެ ބަޔާނުގައި މި ބުނާ އެއްވެސް ތަނެއްގެ ވާހަކައެއް ނެތެވެ. އޮތީ ޤައުމުގެ އަމަންކަން ނަގާލަން މަސައްކަތް ކުރާ ފަރާތްތަކާ މެދު އެ ކޯޓުން ފިޔަވަޅު އަޅާނެ ކަމަށެވެ.

ތިންބާރު އެ އޮތީ ވަކިވެފަ އެވެ. އެއްބާރުން އަނެއް ބަރުން ކުރާކަމަށް ހަމަ ޗުއްޕެއްވެސް ނުބުނެ އެވެ. ނުފޫޒެއްވެސް ނުފޯރުވައެވެ. އަނެއްކޮޅުން މީޑިއާތައް ރެގިއުލޭޓްކުރުމަށް މިނިވަން ދެ މުއައްސަސާއެއް އޮވެ އެވެ. އެ ދެބައިވެރިންގެ ނަންވެސް ބުނަފަ ނެތުމުން އެއީ ކީއްކުރާ ބައެއްތޯ ހިތަށް އަރައެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބް، މަޖިލީހުގެ ކޮމެޓީއެއްގައި - ނޫސްވެރިން ޓެރަރިޒަމަށް ހިތްވަރުދޭކަމަށް ކޮމިޝަނުން ބުނޭ -- ފޮޓޯ: ރާއްޖެ.އެމްވީ

ކްރިމިނަލް ކޯޓުގެ އިންޒާރަށްފަހު ގިނަ އިރުތަކެއް ނުވެ، އެއްކަލަ ބްރޯޑްކާސްޓިން ކޮމިޝަނުންވެސް، ނޫސްވެރިން ޓެރަރިޒަމަށް ހިތްވަރުދޭކަމަށް ބުނެ، ފިޔަވަޅު އަޅާނެކަމުގެ އިންޒާރުދީފަ އެވެ. އަދި މިވެރިން މާ ފައްކަލެވެ. މިވެރިން ބުނާގޮތުން ރާއްޖޭގައި ފެތުރެމުންދާ ހުމުގެ ރޯގާ އާއި އިންފުލުއެންޒާ ނުވަތަ އެޗް1އެން1 އާ ގުޅިގެން އާއްމުންގެ ހިތްތަކުގައި ބިރުވެރިކަމާއި ނަފްތަރު އުފައްދާ ބަޔަކީ ނޫސްވެރިންނެވެ.

ޖެނުއަރީ މަހުން ފެށިގެން ރާއްޖޭގައި ފެތުރެމުންދިޔަ ރޯގާގެ މައުލޫމާތު، ކަމާއިބެހޭ އިދާރާތަކުން ހިފަހައްޓާފައި ވަނިކޮށް އެކަން އާންމުގެ ސަމާލުކަމަށް ގެނެސްދިން ބަޔަކީ ނޫސްވެރިންނެވެ. ބަލީގެ ނުރައްކާތެރިކަމާއި، ބަލިޖެހުމުން ފެންނާނެ އަލާމަތްތަކާއި، ރައްކާތެރިވުމަށް އަޅާނެ ފިޔަވަޅުތައް ބުނެދީ އާންމުން ހޭލުންތެރިކުރުވި ބަޔަކީ ނޫސްވެރިންނެވެ. ފުލޫ ކްލިނިކްތަކުގެ މައުލޫމާތާއި ދެންވެސް ހުރި މައުލޫމާތެއް އާންމުންނަނަށް ބުނެދިނީ ނޫސްވެރިންނެވެ. ޝުކުރު ހައްޤު ބުރަ މަސައްކަތެއް ނޫސްވެރިން ކުރިއެވެ. ބްރޯޑްކާސްޓަރުންގެ އެތަށް ބައިވަރު އޮންއެއަރ ވަގުތެއް ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކާއި، ލައިވްތަކަށް ހުސްކޮށް ކެނޑިނޭޅި މަސައްކަތްކުރި އެވެ. އެންމެފަހުން ކުށްވެރިވީ ނޫސްވެރިންނެވެ. އާންމުގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދި ބަޔަކަށްވީ ނޫސްވެރިންނެވެ.

ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނިހާން ވަނީ އަބުރުގެ ދައުވާ ކުރައްވާނެކަމުގެ އިންޒާރުދެއްވާފައި -- ފޮޓޯ: ރާއްޖެ.އެމްވީ

އެވަރުން ނިމުނިކީ ނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅޭގޮތުން ސުވާލެއްކޮށްލުމުން ނޫސްވެރިޔާ ގޯސްވީ އެވެ. އެވެސް އެ ބޭފުޅުންނާއި ކޮރަޕްޝަނާއި އެއްވެސް ގުޅުމެއްވޭތޯ ސުވާލުކޮށްލުންނެވެ. ތެދެއްތޯ އަހާލިކަމަށްޓަކައެވެ. އެތަށް ބަޔަކު ބަލަމުންގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ މުޅި ރާގު ބަދަލުކޮށް، ރާއްޖެޓީވީގެ ނޫސްވެރިޔާއަށް އެކިގޮތްގޮތުން އިންޒާރުތައްދޭންފޭށި އެވެ. އަބުރުގެމަޅިއަށް ކޮއްޕާލާނެކަމުގެ އިންޒާރެވެ.

މިއީ މިއަދު ނޫސްވެރިންކަން އޮތް ހާލެވެ. ދެއްކޭނެ ވާހަކައެއް ނެތެވެ. ނޫސްވެރިޔަކު އަނގަ ހުޅުލާގޮތަކުންވެސް ޓެރަރިސްޓަކަށް ވަނީ އެވެ. ނޫސްވެރިޔަކު ލިޔެލާ އެއްޗަކުން އެއީ ޤައުމުގެ އަމަންއާންމުކަން ނަގާލާ، ޤައުމަށް ގައްދާރުވާ މީހަކަށްވަނީ އެވެ. ނޫސްވެރިޔަކު ބުނެލާ ބަހަކުން އޭނާ ޖޫރިމަނާކޮށްލަނީ އެވެ. ނޫސްވެރިން މަރާލާނެކަމަށް އިންޒާރުދެނީ އެވެ. ނޫސްވެރިން ފުލުހުންގެ އިދާރާއަށް ހާޒިރުކުރަނީ އެވެ. ދެންވެސް ކިޔާނެ ކަމެއް ނެތެވެ. ނަމަވެސް އުފެދެނީ އެންމެ ސުވާލެކެވެ. މިވެރިން ނޫސްވެރިންދެކެ މިހާ ބިރުގަންނަނީ ކީއްވެ ހެއްޔެވެ؟

ރިޕޯޓާއި ގުޅޭ، މުހިންމު ބައެއް ހަބަރުތައް:

  • ޓެރަރިޒަމަށް ހިތްވަރުދޭ ގޮތަށް ލިޔާ ކަމަށް ބުނެ ކްރިމިނަލް ކޯޓުގެ ވަރުގަދަ އިންޒާރެއް ނޫސްވެރިންނަށް!
  • ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް މީޑިޔާތަކަށް އިންޒާރުދީފި
  • ރަށްތަކާއި ގުޅޭގޮތުން ސުވާލުކުރުމުން ރުޅިގަދެވެ، ރާއްޖެޓީވީގެ ނޫސްވެރިޔާއަށް ނިހާން އިންޒާރުދީފި

ކޮމެންޓް

އިތުރަށް ކިޔާލަން

މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.

މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.

24 މާރިޗު 2017
ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހުން އެންމެ ގިނައީ ކޮން ގައުމެއްގައި

ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހުން އެންމެ ގިނައީ ކޮން ގައުމެއްގައި

18 މާރިޗު 2017
މައުމޫނަށް ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި ވެރިން މިއަދު މި ކުރަނީ ކޮންކަމެއް!

މައުމޫނަށް ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި ވެރިން މިއަދު މި ކުރަނީ ކޮންކަމެއް!

11 މާރިޗު 2017
އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!

އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!

08 މާރިޗު 2017
ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!

ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!

28 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު