Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސުވާލަކާ ގުޅިގެން އިންޒާރު

އަހަންވީ ނިހާނަށް އެންމެ ރީތީ ކޮން ކުލައެއްތޯއެވެ؟

މަޖިލީހުގެ ބައެއް މެމްބަރުންނަށް ކުރެވޭ ކަރަޕްޝަންގެ ތުހުމަތު ތަކުގެ ވާހަކަ އާއްމުން ދަނީ ދައްކަމުން

ރާއްޖެ އެމްވީ | 25 މާރިޗު 2017 | ހޮނިހިރު 22:19
ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަކިކު

ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަކިކު

ހަރުކަށި އިންޒާރުތަކާއި ގަދަ ބަސްތައް ބުނަމުން ގެންދިޔަ ނޫސް ކޮންފަރެންސްގައި ނޫސްވެރިއަކު ކޮށްލި އެންމެ ސުވާލަކުން އެހުރިހާ ކަމެއް އެކޮޅުކޮޅުން ޖެހިގެން ދިޔަ މަންޒަރު ފެނިގެން ހިނގައްޖެއެވެ.

ކުރިމަތިވެފައި އޮތް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ވޯޓަށް އެހުމަށް ވަގުތުން ކުޑަތަންވަމުން ދަނިކޮށް ހޮނިހިރު ދުވަހު މެންދުރުފަހު ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަނުން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ފެށިގެން ދިޔައީ ގަދަފަދަ ކަމާ ހަރުކަށި ކަމާއެކު މީހުންގެ ހިތުގައި ނުތަނަވަނަސްކަމާއި ބިރުވެރިކަން އުފެއްދުމުގެ ބަސްތަކަކުންނެވެ.

މިބޭފުޅުން މަސީހްއާ ދެކޮޅަށް ވޯޓު ދޭން ޖެހޭނީ އެބޭފުޅުންގެ އިނގިލިތައް ބުރިކޮށްފައެވެ.

27 ވަނަ ދުވަހު އިދިކޮޅު ފަރާތްތައް ކަފުން ވެގެން ދާނެއެވެ.

ރައީސް މައުމޫނު ޕީޕީއެމްގެ ރައީސް ކަމުން ދުރުކުރާނަމެވެ.

ވޯޓަށްފަހު އިދިކޮޅު ފަރާތްތައް ރޫޅިގެންދާނެއެވެ.

ވާހަކަ ދެއްކެވި ކޮންމެ މެމްބަރަކުވެސް އެ މެމްބަރަކަށް ވިދާޅު ވެވުނު އެންމެ ގަދަ ބަހެއް ވިދާޅުވެވޭތޯ އުޅުއްވި ކަހަލައެވެ.

އާރާބާރާއި ނުފޫޒު އޮތްކަން ދައްކަމުން ގަދަބަސްތައް ބުނަމުން ގެންދިޔަ ނޫސްކޮންފަރެންސްގައި ރާއްޖެޓީވީގެ ޒުވާން ނޫސްވެރިޔާ އަހްމަދު އަޒްމޫނު ކޮށްލީ އެންމެ ސުވާލެކެވެ.

ސުވާލުގައި އަޒްމޫނު އަހަނީ، ފަޅުރައްތަކެއް މެމްބަރުންނަށް ރިސޯޓު ހަދަން ދެއްވައިގެން އެކަމުގައި މެމްބަރުން ތާށިވެފައި ތިއްބެވި ކަމުގެ ތުހުމަތު ރައްޔިތުން ކުރަމުންދާ ވާހަކަ އިވޭ ކަމަށާއި އެކަމުގެ ހަގީގަތަކީ ކޮބާތޯއެވެ؟

ސުވާލާއެކު މަސްރަހް މުޅިން ބަދަލުވެއްޖެއެވެ. އިއްޒަތްތެރި މެމްބަރުންގެ އިއްޒަތުގެ މަތިން ހަނދުމަފުޅު ނެތި އަޑުފުޅު ވީއްލޭން ފަށައިފިއެވެ. ލީޑަރު އިންނަވާ، ސުވާލައް ފުރުސަތު ދިނުމަށް އެދިވަޑައިގަންނަވާ މަންޒަރުވެސް ފެނިގެން ދިޔައެވެ.

ސުވާލު ނިމުމާއެކު އެހެރަ އަންނަން ފެށީ އިންޒާރުގެ ބަސްތަކެވެ. ޕާލިމެންޓަރީ ގުރޫޕްގެ ނިހާނުގެ ފަރާތްފުޅުން ވަރަށް ހިތްޕުޅު ހަމަނުޖެހުނު ތަން ފެނިގެން ދިޔައެވެ. އެންމެ ފަހުން ކޯފާ އިސްކުރައްވާ، އަޒްމޫނަށް ކޯޓުން ބައްދަލު ކުރަން އިންޒާރު ދެއްވި ވާހަކަ ވިދާޅުވެއްޖެއެވެ. ނިހާނުގެ ހަރުކަށި ބަސްތަކުން އަދި ނިންމާލެއްވީ އެއް ނޫނެވެ. އެ ވަލުގައި ހިއްޕަވަން އެހެން އިއްޒަތްތެރި މެމްބަރަކަށްވެސް ފުރުސަތު ދެއްވިއެވެ. އިއްޒަތްތެރި މެމްބަރު އަލީ އާރިފް އަދި އިންނެވީ މާ ބޮޑަށް އެ ސުވާލަށް ކޯފާވެފައިކަން ހާމަވެއްޖެއެވެ. ތިއައީ ކޮންތަނަކުން އައިސް ހުރި ނޫސްވެރިއެއްތޯވެސް ސުވާލު ކުރައްވައިފިއެވެ. މިއީ ރާއްޖެޓީވީގެ ނޫސްވެރިއެކޭ ދެންނެވުމުން ރުންކުރު ގޮތަކަށް މިހާރު ތިސުވާލު ކުރަން މާ ލަސްވެއްޖޭވެސް ވިދާޅުވެއްޖެއެވެ.

ކޮންމެ އަކަސް މި ސުވާލު ވެގެން ދިޔައީ ނޫސް ކޮންފަރެންސްގައި ނޫސްވެރިންގެ ފަރާތުން އެބޭފުޅުން އުއްމީދު ކުރެއްވި ކަހަލަ ސުވާލަކަށް ނޫނެވެ. އެބޭފުޅުން ފަހަރުގައި ހީފުޅު ކުރެއްވީ ނިހާނަށް އެންމެ ރީތީފުޅުވަނީ ކޮން ކުލައެއްތޯއޭ ދަންނަވާނެ ކަމަށެވެ. އަލީ އާރިފަށް އެންމެ މީރީ ކޮން އެއްޗެއްތޯ ނުވަތަ އެންމެ ވަޑައިގަންނަވާ ހިއްޕުޅުވަނީ ކޮން ގައުމަކަށްތޯ ބާވަތަކުގެ ސުވާލު ތަކެއް ކުރާނެ ކަމަށް ވެދާނެއެވެ.

ދަންވަންތޯއެވެ. ސުވާލު މިކުރަނީ ނޫސްވެރިންނެވެ. ސުވާލު މި އަމާޒުވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށެވެ. މުސާރައާއި އިނާޔަތްތައް ހޯއްދަވަނީ ދައުލަތުންނެވެ. ދައުލަތައް ފައިސާ ލިބެނީ ރައްޔިތުންގެ އަތުން ނަގާ ޓެކްސް އިންނެވެ. އެހެން ކަމަށްވާނަމަ، ހިތްޕުޅާވާހާ ސުވާލުތަކަށް އުއްމީދު ކުރެއްވުމަކީ ހަރުދަނާ ސިޔާސީ މީހުންގެ ގޮތެއް ކަމަށް ބަލައިގަންނަން ދައްޗެވެ.

އަދި ދަންނަވަން ހުރި ވަރަށް ގިނަ ސުވާލުތައް އެބަހުއްޓެވެ. މާލެއާއި ހުޅުމާލޭން މެމްބަރުން ގޯތި ބައްލަވައިގަންނަ ވާހަކައާއި ބިންތައް މެމްބަރުންނަށް ލިބޭ ވާހަކައާއި، އެސްޓީއޯ އިން ތެޔޮ ބައްލަވައިގަނެގެން ފެނަކައަށް ތެޔޮ ވިއްކާ މެމްބަރުންގެ ވާހަކައާއި، ސަރުކާރުގެ ބޮޑެތި މަޝްރޫއުތައް މެމްބަރުންނަށް ލިބޭ ވާހަކައާއި، ރިޝްވަތު ބަހާ ވާހަކައާއި، އަދީބު އަތްޕުޅުން ގަނޑުކޮށް ފައިސާ ނެންގެވި މެމްބަރުންގެ ވާހަކައާއި މިހެން ގޮސް އެތައް އެތައް ވާހަކަތަކަކާ ގުޅޭ ސުވާލުތައް ނޫސްވެރިން ކުރާނެއެވެ. ޖަވާބު ލިބެންދެން އެސުވާލު ތައް ކުރާނެއެވެ. ކޯޓަށް ވަޑައިގަންނަވާށެވެ. ކޯޓުން އަދަބުވެސް އެ ނޫސްވެރިންގެ މައްޗަށް މަތި ކުރެވިދާނެއެވެ. އެ ސުވާލު ކުރި ނޫސްވެރިޔާއަށް އިންޒާރު ދީގެން ނުވަތަ އޭނާއަށް އަދަބު ދީގެން މަންޒަރުން އެ ނޫސްވެރިޔާ ގެއްލުވާލެވިވެސް ދާނެއެވެ. މިހާރުވެސް މިއުޅެނީ ނޫސްވެރިއަކަށް ވީ ނުވީއެއް ނޭނގިގެންނެވެ. އެކަމަކު އެކަކު ގެއްލޭއިރަށް އަނެކަކު އަނެކަކު އަންނާނެއެވެ. ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ސުވާލުތަކައް ޖަވާބު ހޯދައިދޭން މަސައްކަތް ކުރުމަކީ ނޫސްވެރިންގެ ޒިންމާއެކެވެ. އެ ޒިންމާ އަދާ ކުރުމަށް ފަސް ނެޖެހޭ އަޒްމޫނު ފަދަ ކިތަންމެ ނޫސްވެރިންނަކާ ބައްދަލުވާނެއެވެ.

ރައްޔިތުންގެ ހިތުގައި މި އުދާސްތައް އުފެދިފައިވާ މިންވަރު ހާމަވެގެން ދިޔައީ ޒުވާން ނޫސްވެރިޔާ އަޒްމޫނު މި ސުވާލު ކުރުމުންނެވެ. ސުވާލު ކުރުމުން ޒުވާން ނޫސްވެރިޔާއަށް އާރު ބާރު އޮތް ފަރާތުން ދެއްވީ އިންޒާރެވެ. އެކަމަކު ދަންނަވަންތޯއެވެ. ބާރެއްނެތް އާއްމު ރައްޔިތުންގެ ތައުރީފް އެ އިންޒާރާއެކު އަޒްމޫނަށް އޮހެނީއެވެ.

Salute @Raajje_tv journalist @azmoon_ahmed Very brave to ask PPM MPs about their corruption. Stealing a nation. Mi noon dhaurakah pic.twitter.com/nw33NI84ju — Luke (@Lucasjalyl) March 25, 2017

ކޮމެންޓް

އިތުރަށް ކިޔާލަން

ޒުވާން ރައީސް މެކްރޮންއަކީ ކޮން ބޭފުޅެއް؟

ޒުވާން ރައީސް މެކްރޮންއަކީ ކޮން ބޭފުޅެއް؟

09 މެއި 2017
އައްޑޫ އިންތިހާބް ގަދަ ހިފުމަކަށް، ކާމިޔާބްކެރާނެއި ކޮންބާކިން؟

އައްޑޫ އިންތިހާބް ގަދަ ހިފުމަކަށް، ކާމިޔާބްކެރާނެއި ކޮންބާކިން؟

05 މެއި 2017
ވޯޓު ދޭންވީ ކޮން ކޮޅަކަށް؟

ވޯޓު ދޭންވީ ކޮން ކޮޅަކަށް؟

04 މެއި 2017
42 މިވީ ކޮންކަހަލަ އަދަދަކަށް؟

42 މިވީ ކޮންކަހަލަ އަދަދަކަށް؟

22 އެޕްރީލު 2017
ގައުމީ ވޮލީ ޓީމާއި އެސޯސިއޭޝަނަށް ދިމާވެގެން މިއުޅެނީ ކޮން މައްސަލައެއް؟

ގައުމީ ވޮލީ ޓީމާއި އެސޯސިއޭޝަނަށް ދިމާވެގެން މިއުޅެނީ ކޮން މައްސަލައެއް؟

05 އެޕްރީލު 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު