Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ބަޢާވާތަށް 5 އަހަރު

ފެބުރުއަރީ 7 - ބަޣާވަތްކުރި މީހުން މިއަދު ތިބީ ކޮންހާލެއްގަ؟

ބަޣާވަތުގައި ބައިވެރިވި ހުރިހާ މީހުން މިއަދު ތިބީ ވަރަށް ނިކަމެތި ހާލަތުގައި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 3 ފެބުރުއަރީ 2017 | ހުކުރު 23:52
ފެބުރުއަރީ މަހުގެ 7 ވަނަ ދުވަހު އޭރުގެ ރައީސް މުހައްމަދު ނަޝީދު، ޖުމްހޫރީ މައިދާން ސަރަހައްދުގައި ފުލުހުންނާއި ބައްދަލުކުރައްވަނީ

ފެބުރުއަރީ މަހުގެ 7 ވަނަ ދުވަހު އޭރުގެ ރައީސް މުހައްމަދު ނަޝީދު، ޖުމްހޫރީ މައިދާން ސަރަހައްދުގައި ފުލުހުންނާއި ބައްދަލުކުރައްވަނީ

ދެހާސް ބާރަ ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 7 ވަނަ ދުވަހު ވެރިކަން ބަދަލުވެގެންދިޔައީ ރަނގަޅަކަށް ނޫނެވެ. އޭގެ ނަތީޖާ ވެސް ހިއްޗެވެ. ކޮންމެ ރިޕޯޓެއްގައި ކޮންމެ ގޮތަކަށް ވެރިކަން ބަދަލުވިކަމަށް ބުނެފައިވީ ނަމަވެސް، މިއަދު ތާރީހުގެ ތެރެއިން އެ ދުވަހަށް ބަލާލާ ނަމަ އެއީ ބޮޑު ބަޢާވާތެއްކަން ހުރިހާ ރައްޔިތުންނަށް ސާފުވާނެ އެވެ. ކޮންމެއަކަސް އެ ހަޑިމުޑުދާރު ބަގާވަތްކުރި މީހުނަށް ލިބުނު އަދަބު ވެސް ބޮޑެވެ. އެ މީހުންނަށް ލިބުނު ހިތްދަތިކަން ވެސް ބޮޑެވެ. ބަޢާވަތްކުރުމަކީ ކޮށްގެން ނުވާނެ ކަމެއްކަން ވެސް މިއަދު އެ މީހުންނަށް ވަރަށް ސާފުކޮށް އެނގޭނެއެވެ.

މީގެ ފަސް އަހަރު ކުރިން ފެބުރުއަރީ މަހުގެ 7 ވަނަ ދުވަހު ފެނިގެންދިޔަ ބަޣާވަތް ރޭވި ގޮތާއި، އެކަމުގައި އުޅުނީ ކޮން ބަޔެއްކަން ބަލާކަށް ނެތީމެވެ. ނަމަވެސް އެ ބަޣާވަތްކުރި މީހުން މިއަދު ތިބި ހާލަތާއި، އެ ބަޣާވާތުގެ ނަތީޖާއަށް ބަލާލުން މުހިންމު އެވެ.

ބަޣާވަތްކުރި ދުވަހު، ޖުމްހުރީ މައިދާން ސަރަހައްދުގައި ތިބެ ރައީސް ނަޝީދުގެ ވެރިކަން ބަދަލުކުރުމަށް ގޮވަލީ، ފަރާތްތަކާއި، އިސްތިއުފާ ދިނުން ނޫން ގޮތެއް ނެތް ކަމަށް ގޮވި މީހުންނަށް، ކޮމާންޑް ސެންޓަރު ހަދައިގެން ތިބި މީހުންނާއި، ވެރިކަން ބަދަލުކުރުމަށް ދީނީ ނަސޭހަތް ދެއްވަމުންގެންދިޔަ ބޭފުޅުންގެ ހާލަތާއި، ރައީސް ނަޝީދުގެ އިސްތިއުފާ ދެއްވާކަން އިއުލާންކުރެއްވުމާއެކު، ޝަހީދު ހުސެއިން އާދަމް ބިލްޑިންގައި ތިބެ ހަމްދު އެޅި ބޭބޭފުޅުން މިއަދު ތިއްބެވި ހާލަތަކީ ކޮންމެހެންވެސް ބަލާލުން މުހިންމު ހާލަތަކެވެ.

ލިބިފައިވާ މުސްހަނދިކަމާއި، ތަނަވަސްކަމުގައި ރައީސް ނަޝީދުގެ ވެރިކަން ބަދަލުކުރުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމެވެ. ރައީސް ނަޝީދުގެ ވެރިކަން ބަދަލުނުކޮށް، ލޮލު ފިޔަ ނުޖެހިގެން ޤާސިމް އުޅުއްވިއިރު، އޭނާ ވަނީ ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވާނެކަން އިއުލާންކުރެއްވުމާއެކު، ޝަހީދު ހުސެއިން އާދަމް ބިލްޑިންގައި ހުންނަވާ ކަރުނަ އަޅާ ކީރިތިކުރައްވާފަ އެވެ. އަދި ރައީސް ނަޝީދު އިސްތިއުފާދެއްވާނެކަން އިއުލާންކުރެއްވުމުން ހަމްދު އަޅައި، އަނިޔާވެރިޔެއްގެ ކިބައިން ސަލާމަތްވެއްޖެކަން އިއުލާންކުރައްވައި، ﷲ އަކްބަރ ގޮވާ ހެއްދެވި އެވެ.

އުފެދޭ ފުރަތަމަ ސުވާލަކީ، ޤާސިމް އެދިވަޑައިގެންނެވި ގޮތަށް ވެރިކަން ބަދަލުވެ، ބޭނުންވި ވެރިކަން ޤާއިމްކުރިއިރު، ޤާސިމް ހުންނެވީ ކޮން ހާލެއްގައިތޯ އެވެ؟ ރައީސް ނަޝީދުގެ ވެރިކަމުގައި ޤާސިމަށް ބަސްބުނުމުގެ ފުރިހަމަ މިނިވަންކަން ލިބިގެންދިޔަ އެވެ. ބޭނުން ސިޔާސީ ފިކުރެއްގައި ހުރުމުގެ މިނިވަންކަން ލިބިގެންދިޔަ އެވެ. ނަމަވެސް އޭނާގެ އެއްވެސް ވިޔަފާރިއެއް ހަލާކުކޮށްލާފައެއް ނުވެއެވެ. ކޮންމެ ސިޔާސީ ފިކުރެއްގައި ހުންނެވި ނަމަވެސް ޤާސިމްގެ ވިޔަފާރިތަކަށް މިނިވަން މާހައުލެއް އޮތީ ގާއިމްވެފަ އެވެ. ހާލަތު ބަދަލުވެ، ޤާސިމް މިއަދު ހުންނެވި ހާލަތަށް ވިސްނާ ބައްލަވާށެވެ. އޭނާއަށް ޖެހިފައިވާ ހާލަށް ވިސްނާލާށެވެ.

ބަސް ބުނުމުގެ މިނިވަން ކަމެއް ނެތްއިރު، ބުނެވޭ ބަހެއްގެ ސަބަބުން އޭނާގެ މުޅި ވިޔަފާރީ ހަލާކުކޮށް، ނެތިކޮށްލަނީ އެވެ. ސަރުކާރުން ނުރުހޭ އެންމެ ފިޔަވަޅެއްވެސް އެޅުމަށް މިއަދު ޤާސިމަށް ފުރުސަތެއް ނެތެވެ. ބޮޑު އަޅުވެތިކަމެއްގެ ތެރެއަށް ވެއްޓި، މުޅި މީހާ އާއި ވިޔަފާރި ހަލާކު ވަނީ އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކުރުމަށް ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމާއި، ކުރީގެ ޕޮލިސް ކޮމިޝަނަރ އަބްދުﷲ ރިޔާޒް، ޖުމްހޫރީ މައިދާން ސަރަހައްދުގައި ހަރަކާތްތެރިވަނީ – ފައިލް ފޮޓޯ: ރާއްޖެ.އެމްވީ

ހަމައެކަނި ޤާސިމާއި ހިސާބުން މި ވާހަކަ ނިންމާލެވޭކަށް ވެސް ނެތެވެ. ރައީސް ނަޝީދުގެ ވަރުގެ އަނިޔާވެރި ވެރިޔަކު، އަދި ލާދީނީ ވެރިޔަކު ނެތް ކަމަށް ވިދާޅުވީ މަގުތަކުގައި މުޒާހަރާކޮށް، ކޯޓުތަކަށް ވަޑައިގެންނެވި އޭރުގެ މަޝްއޫރު ޤާނޫނީ ވަކީލް އަދި މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ހުންނެވި ހާލަތާ މެދު ވިސްނާލާށެވެ. އެކަމާ މެދު ވިސްނާ ފިކުރުކޮށްލަބައްލަވާށެވެ. އަމިއްލަ ޤައުމުގައި ނުހުންނެވުމުގެ ސަބަބުން، މިއަދު ހުންނަވަންޖެހުނީ އެހެން ޤައުމެއްގެ ސިޔާސީ ހިމާޔަތް ހޯއްދަވައިގެންނެވެ. ޤައުމުގައި ފައިޖައްސަވާލައްވާއިރަށް، ހައްޔަރުކުރައްވާނެކަމުގެ ބިރުގަ އެވެ. ދިވެހި ޕާސްޕޯޓް ވެސް އޮތީ ކެންސަލްކޮށްލާފަ އެވެ.

ދެންވެސް ބަލާލި ހަމަކޮންމެ ދިމާލަކުން ފެންނަނީ އެފަދަ މިސާލުތަކެކެވެ. ކުރީގެ ޑިފެންސް މިނިސްޓަރު އަދި އެއްވެސް ޝަރުތަކާނުލައި އިސްތިއުފާދެއްވަންޖެހޭނެ ކަމަށް ވިދާޅުވި މުހައްމަދު ނާޒިމް ހުންނެވި ހާލަތާ މެދު ވިސްނަވާށެވެ. ރައީސް މުހައްމަދު ނަޝީދުގެ އިސްތިއުފާގެ ސިޓީ ހިފައިގެން ވަޑައިގެންނެވި ކަމަށް ބުނެވޭ، ކުރީގެ ޕޮލިސް ކޮމިޝަނަރ އަބްދުﷲ ރިޔާޒް ހުންނެވީ ކޮންތާކުތޯ އެވެ؟ އަދާލަތު ޕާޓީގެ ރައީސް ހުންނެވީ މިއަދު ކޮންތާކުތޯ އެވެ. އޭނާއަކީ ބޮޑު ޖަލު ހުކުމެއް ތަންފީޒް ކުރައްވާ ބޭފުޅެކެވެ.

އެ ދުވަހުގެ ކޮންމެ ބޭފުޅަކަށް ބަލާލި ކަމުގައިވީ ނަމަވެސް ފެންނަ އޮތީ އެއް މަންޒަރެކެވެ. އެ ބޭފުޅުންނަށް މިއަދު ކުރިމަތިވެފައިވާ ނިކަމެތި ހާލުގެ މަންޒަރެވެ. އެ ވެރިންގެ އަމިއްލަ ފައިދާއަށްކުރި ކަމެއްގެ ސަބަބުން، ތަހަމަލްކުރަންޖެހިފައިވާ ހިތްދަތިކަމުގެ މަންޒަރެކެވެ. މިއިން ކޮންމެ ކަމަކީ ވެސް ވިސްނާ ފިކުރުކުރާ ބަޔަކަށް އިބުރަތުން ފުރިފައިވާ މަންޒަރުތަކެކެވެ.

ފެބުރުއަރީ 7 ވަނަ ދުވަހު ފުލުހުންނާއި، ސިފައިން ޖުމްހޫރީ މައިދާން ސަރަހައްދުގައި ހަރަކާތްތެރިވަނީ – ފައިލް ފޮޓޯ: އޭޕީ

ބަޣާވާތަކީ ދީނުގައި ހަރާމްކުރައްވާފައިވާ ބޮޑު ފާފައެކެވެ. އެކަމުގެ ނަތީޖާ ވެސް ހިތިކަން މިއަދު މި އޮތީ ފެންނާށެވެ. ފިލާވަޅުން އިބުރަތް ލިބިގަނެ، ބަޣާވަތްކުރި މީހުން ދިވެހި ރައްޔިތުންގެ ކިބައިން މައާފަށް އެދި ތައުބާވާންޖެހެ އެވެ.

ބަޣާވާތަކަށްފަހު، އަދި ވެރިކަމުގެ ދައުރަކަށްފަހު، އޭގެ ފަސް އަހަރު ފަހުން މިއަދުވެސް ފެންނަން އޮތީ ހަމަ އެންމެ މަންޒަރެކެވެ. ރައްޔިތުންނަށް ހެޔޮ ވެރިކަމެއްކޮށްދެއްވީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް މުހައްމަދު ނަޝީދު ކަމެވެ. ރައްޔިތުންގެ ގާތަށް ވަޑައިގެން، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދެއްވީ އެމަނިކުފާނުކަމެވެ. ރައްޔިތުންނަށް، އަދަށްވުރެ ފަހި މާދަމާއެއް ހޯދައިދެއްވުމށް މަސައްކަތެއްކުރެއްވި ހަމައެކަނި ރައީސަކީ ވެސް އެމަނިކުފާނު ކަމެވެ. މިއަދު ހުރިހާ ދިވެހި ރައްޔިތުން ވެސް އެމަނިކުފާނު، ކޮށްދެއްވި ހިދުމަތްތަކަށް ޝުކުރުވެރިވެއެވެ. ސަރުކާރަށް ނިސްބަތްވާ ބެބޭފުޅުންގެ ވިސްނުމަކީ ވެސް އެއީ އެވެ. ހުރިހާ ރައްޔިތުން ވެސް މިއަދު، އަނެއްކާ ވެސް ބޭނުންވަނީ ރައީސް މުހައްމަދު ނަޝީދު ރާއްޖޭގެ ވެރިކަމަށް ގެންނެވުމަށެވެ. ރައްޔިތުންނަށް އުފާވެރި ދިރިއުޅުމެއް ލިބޭނެތީ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިއަހަރުގެ ފަހު ދައުރަށް މަޖިލިސް ޖަލްސާތައް މިއަދު ފަށަންޖެހޭ، އެކަމަކު ޖަލްސާއެއް ނުބޭއްވި!

މިއަހަރުގެ ފަހު ދައުރަށް މަޖިލިސް ޖަލްސާތައް މިއަދު ފަށަންޖެހޭ، އެކަމަކު ޖަލްސާއެއް ނުބޭއްވި!

02 އޮކްޓޯބަރު 2017
ރޮހިންޖާ މުސްލިމުންގެ ހައްގުގައި އިސްލާމީ ގައުމުތައް ނުތެދުވެ މިތިބީ ކީއްވެ؟

ރޮހިންޖާ މުސްލިމުންގެ ހައްގުގައި އިސްލާމީ ގައުމުތައް ނުތެދުވެ މިތިބީ ކީއްވެ؟

22 ސެޕްޓެމްބަރު 2017
ދުނިޔޭގައި މިއަދު އެންމެ އަގު ބޮޑީ ތެލެއް ނޫން، ޑޭޓާ!

ދުނިޔޭގައި މިއަދު އެންމެ އަގު ބޮޑީ ތެލެއް ނޫން، ޑޭޓާ!

14 ސެޕްޓެމްބަރު 2017
މިއަދު އުރީދޫގެ ސްޓާފުންނާއި ޑިޕާޓްމަންޓްތަކުން ފެނުނީ އެހެން މަންޒަރެއް!

މިއަދު އުރީދޫގެ ސްޓާފުންނާއި ޑިޕާޓްމަންޓްތަކުން ފެނުނީ އެހެން މަންޒަރެއް!

06 އޯގަސްޓު 2017
މިއަދު އަދީބަށް ޕެނަޑޯލް ގުޅައެއް ދިއްކޮށްލަންވެސް ނިހާނުމެން ނުކުޅެދިފަ!

މިއަދު އަދީބަށް ޕެނަޑޯލް ގުޅައެއް ދިއްކޮށްލަންވެސް ނިހާނުމެން ނުކުޅެދިފަ!

11 ޖުލައި 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު