Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޕީއެޗްޑީ ގިނަ ގައުމު

ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހުން އެންމެ ގިނައީ ކޮން ގައުމެއްގައި

ލިސްޓުގެ ކުރީގައި އޮތް އެމެރިކާގައި ޕީއެޗްޑީ ހާސިލްކޮށްފައިވާ 67،449 މީހުންއެބަތިބި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 18 މާރިޗު 2017 | ހޮނިހިރު 13:24
ލިސްޓުގެ ކުރީގައި އޮތް އެމެރިކާގައި ޕީއެޗްޑީ ހާސިލްކޮށްފައިވާ 67،449 މީހުންއެބަތިބި

ލިސްޓުގެ ކުރީގައި އޮތް އެމެރިކާގައި ޕީއެޗްޑީ ހާސިލްކޮށްފައިވާ 67،449 މީހުންއެބަތިބި

ތައުލީމުގެ އެކި ހަރުފަތްތަކުގެ ތެރެއިން އެންމެ މަތީ ހަރުފަތެއްގެ ގޮތުގައި ބަލަނީ ޕީއެޗްޑީ ނުވަތަ ޑޮކްޓަރޭޓް ހާސިލްކުރުމެވެ.

ތައުލީމަކީ ކުރިއެރުން ގެނެސްދޭ އެންމެ މުހިއްމު އެއް ވަސީލަތް ކަމަށްވާއިރު، މަތީ ތައުލީމް ހާސިލްކުރާ މީހުންގެ ނިސްބަތް ގިނަ ގައުމުތަކުން ކުރިއެރުންތައް ހޯދާ މިންވަރުވެސް މައްޗެވެ.

މި ރިޕޯޓްގައި މި ބަލާލަނީ ޕީއެޗްޑީ ނުވަތަ އެންމެ ގިނަ ޑޮކްޓަރޭޓުން ތިބި ގައުމުތަކަށެވެ

އެންމެ ފަހުން 2014 ވަނަ އަހަރާ ހަމައަށް ލިބިފައިވާ ތަފާސް ހިސާބުތަކުން ފެންނަ ގޮތުގައި ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހުން އެންމެ ގިނައީ އެމެރިކާގައެވެ. އެ ގައުމާ އެންމެ ގާތުން ވާދަކުރާ ޖަރުމަނުވިލާތާ އަޅާ ބަލާއިރުވެސް ދެގުނައަށްވުރެ މައްޗެވެ. އެމެރިކާގައި ޕީއެޗްޑީ ހާސިލްކޮށްފައިވާ 67،449 މީހުންތިބިއިރު ޖަރުމަނު ވިލާތުގައި ޕީއެޗްޑީ ހާސިލްކޮށްފައި ތިބީ 28،147 މީހުންނެވެ. ތިންވަނައަށް އެންމެ ގިނައިން ޕީއެޗްޑީ ހާސިލްކޮށްފައިވާ އިނގިރޭސި ވިލާތުގައި ޕީއެޗްޑީ ނަގާފައިވާ 25،020 އެބަ ތިއްބެވެ.

ހަތަރު ވަނައިގައިވަނީ އޭޝިއާގެ ބޮޑުބާރެއްކަމަށްވާ އިންޑިއާއެވެ. އެ ގައުމުގައި ޕީއެޗްޑީ ހާސިލްކޮށްފައިތިބި 24،300 މީހުން އެބަ ތިއްބެވެ.

ފަސްވަނައިގައި އޮތް ޖަޕާނުގައި ޕީއެޗްޑީ ހާސިލްކޮށްފައި ތިބި މީހުންގެ އަދަދަކީ އެމެރިކާއާ އަޅާބަލާއިރު ހަތަރުބައިކުޅަ އެއްބައެވެ. އެ ގައުމުގައި ޕީއެޗްޑީ ހާސިލްކޮށްގެން ތިބި މީހުންގެ އަދަދަކީ 16،039އެކެވެ.

މި ލިސްޓްގެ ހަ ވަނައިގައި ފްރާންސް އޮތް އިރު ހަތްވަނައިގައި ވަނީ ދެކުނު ކޮރެއާއެވެ.

ފްރާންސްގައި ޕީއެޗްޑީ ހާސިލްކޮށްފައިވާ 13729 މީހުން ތިބި އިރު ދެކުނުކޮރެއާގައި ތިބީ 12،931 މީހުންނެވެ.

ދާދި އެއްހަމައެއްގައި 10،889 މީހުންނާއެކު ސްޕެއިން އަށްވަނައިގައި އޮތްއިރު 10،678 މީހުންނާއެކު ނުވަ ވަނައިގައި އޮތީ އިޓަލީއެވެ.

އޮސްޓްރޭލިއާގައި 8،400 މީހުން ތިބިއިރު އެ ގައުމަކީ މި ލިސްޓްގެ ދިހަވަނައެވެ.

އާބާދީއާ އަޅާ ކިޔާލުމަށްފަހު މިލިސްޓަށް ބަލައިފި ނަމަ ފެންނަ މަންޒަރު ތަފާތުވާނެއެވެ.

އިތުރަށް ކިޔާލަން

09 މެއި 2017

ޒުވާން ރައީސް މެކްރޮންއަކީ ކޮން ބޭފުޅެއް؟

09 މެއި 2017
ޒުވާން ރައީސް މެކްރޮންއަކީ ކޮން ބޭފުޅެއް؟
05 މެއި 2017

އައްޑޫ އިންތިހާބް ގަދަ ހިފުމަކަށް، ކާމިޔާބްކެރާނެއި ކޮންބާކިން؟

05 މެއި 2017
އައްޑޫ އިންތިހާބް ގަދަ ހިފުމަކަށް، ކާމިޔާބްކެރާނެއި ކޮންބާކިން؟
04 މެއި 2017

ވޯޓު ދޭންވީ ކޮން ކޮޅަކަށް؟

04 މެއި 2017
ވޯޓު ދޭންވީ ކޮން ކޮޅަކަށް؟
22 އެޕްރީލު 2017

42 މިވީ ކޮންކަހަލަ އަދަދަކަށް؟

22 އެޕްރީލު 2017
42 މިވީ ކޮންކަހަލަ އަދަދަކަށް؟
05 އެޕްރީލު 2017

ގައުމީ ވޮލީ ޓީމާއި އެސޯސިއޭޝަނަށް ދިމާވެގެން މިއުޅެނީ ކޮން މައްސަލައެއް؟

05 އެޕްރީލު 2017
ގައުމީ ވޮލީ ޓީމާއި އެސޯސިއޭޝަނަށް ދިމާވެގެން މިއުޅެނީ ކޮން މައްސަލައެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު