Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމަތައިސް ޑެލައިޓް

މިއީ ކުރިމަގާ މެދު ސުވާލުކުރަންވީ ވަގުތެއް ނޫން: ޑެލައިޓް

ޑެލައިޓް ހޯދަން ބާސާއިން ވަނީ 60 މިލިއަން ޕައުންޑު ހުށަހަޅާފައި

ލީވާން އަލީ
ލީވާން އަލީ | 16 މެއި 2019 | ބުރާސްފަތި 14:09
ނެދަލޭންޑްސްގެ ޑިފެންޑަރ މަތައިސް ޑެލައިޓް

ނެދަލޭންޑްސްގެ ޑިފެންޑަރ މަތައިސް ޑެލައިޓް

މިއީ ކުރިމަގާ މެދު ސުވާލުކުރަންވީ ވަގުތު ނޫން ކަމަށް އަޔަކްސް އަށް ކުޅެމުން އަންނަ ނެދަލޭންޑްސްގެ ޑިފެންޑަރ މަތައިސް ޑެލައިޓް ބުނެފިއެވެ.

ފޮކްސް ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ޑެލައިޓް ބުނީ، ބާސެލޯނާއަށް ބަދަލުވުމާ މެދު ގޮތެއް ބުނަން މިވަގުތު ނޭގޭ ކަމަށާއި، އެކަމާ މެދު އެއްޗެއް ބުނަން އެނގޭނީ ފަހުން ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކުރިޔަށް އޮތް ސީޒަނަށް ބާސާއިން އަންނަނީ އެޓީމުގެ ޑިފެންސްލައިން ވަރުގަދަކުރުމުގެ ގޮތުން ޑެލައިޓް ހޯދުމަށް މަސައްކަތް ކުރަމުން ކަމަށާއި، އެ ކްލަބުން އޭނާ ހޯދުމަށް 60 މިލިއަން ޕައުންޑު ހުށަހަޅާފައިވާ ކަމަށެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން އަޔަކްސްއިން ޑެލައިޓް ވިއްކާލަން ބޭނުމެއް ނުވެއެވެ. ނަމަވެސް ޑެލައިޓް ބޭނުން ވަނީ އަޔަކްސް ދޫކޮށް ބާސާއަށް ބަދަލުވެ، އެ ކްލަބާ އެކު ކާމިޔާބު ހޯދާށެވެ.

އުމުރުން 19 އަހަރުގެ ޑެލައިޓް ޔުއެފާ ޗެމްޕިއަންސް ލީގުގައި އަޔަކްސްއަށް މޮޅު ކުޅުމެއް ދައްކާފައިވާއިރު، އޭނާ ވަނީ ގިނަ ބައެއްގެ ސަމާލުކަން މި ފަހަރުގެ މުބާރާތުގައި ހޯދާފައެވެ.

އެގޮތުން ޑެލައިޓް ހޯދަން ބާސާގެ އިތުރުން ގިނަ ޓީމުތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ޖަރުމަން އަދި އިނގިރޭސި ޓީމުތައް ހިމެނެއެވެެ.

އަޔަކްސްއަށް 2016 ވަނަ އަހަރުގެ ސީޒަނުގައި ބަދަލުވި ޑެލައިޓް ވަނީ އެ ކްލަބަށް މިހާތަނަށް ކުޅުނު 112 މެޗުގައި 12 ލަނޑު ކާމިޔާބު ކޮށްފައެވެ. އޭނާ ވަނީ އެ ކްލަބާއެކު މި ސީޒަނުގައި ޑަޗް ކަޕްވެސް ކާމިޔާބު ކޮށްފައެވެ.

ނެދަލޭންޑްސް ގައުމީ ޓީމަށް މިހާތަނަށް 15 މެޗު ކުޅެ، އެއް ލަނޑު ކާމިޔާބު ކޮށްފައިވާ ޑެލައިޓް ވަނީ ނެދަލޭންޑްގެ އުމުރުފުރާތަކުގެ ގައުމީ ޓީމުތަކަށް ވެސް ކުޅެފައެވެ.

މިދިޔަ އަހަރު ގޯލްޑެން ބޯއި އެވޯޑް ހާސިލްކޮށްފައިވާ ޑެލައިޓް ވަނީ ޑަޗް ފުޓްބޯލް އޮފް ދަ އިޔާގެ ބްރޯންޒް ބޫޓް ވެސް ހޯދާފައެވެ.

އިތުރަށް ކިޔާލަން

11 މާރިޗު 2017

މިއީ ރަނގަޅު ފެށުމެއް، ނަތީޖާ އެނބުރުނީ ކުޅުންތެރިންގެ މަސައްކަތުން: ނިޒާމްބެ

11 މާރިޗު 2017
މިއީ ރަނގަޅު ފެށުމެއް، ނަތީޖާ އެނބުރުނީ ކުޅުންތެރިންގެ މަސައްކަތުން: ނިޒާމްބެ
08 މާރިޗު 2017

މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި

08 މާރިޗު 2017
މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި
28 ފެބުރުއަރީ 2017

މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

28 ފެބުރުއަރީ 2017
މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ
26 ފެބުރުއަރީ 2017

މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން

26 ފެބުރުއަރީ 2017
މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން
25 ފެބުރުއަރީ 2017

މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން

25 ފެބުރުއަރީ 2017
މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު