Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

އެންމެ ލަސްވެގެން ހޯމަ ދުވަހު ކްލަބްތަކަށް ފައިސާ ދޫކުރެވޭނެ: އެފްއޭއެމް

15 މެއި 2019 | ބުދަ 14:48

ކްލަބްތަކަށް އެހީވާން އެފްއޭއެމް ބަޖެޓްގައި 30 މިލިއަން ރުފިޔާ ވަނީ ހިމަނާފައި

ލީވާން އަލީ
ލީވާން އަލީ | 15 މެއި 2019 | ބުދަ 14:48
އެފްއޭއެމް އެކްސްކޯ ބައްދަލުވުމެއްގެ ތެރެއިން

އެފްއޭއެމް އެކްސްކޯ ބައްދަލުވުމެއްގެ ތެރެއިން

އެންމެ ލަސްވެގެން އަންނަ ހޯމަ ދުވަހު ކްލަބްތަކަށް ފައިސާ ދޫކުރެވޭނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒް ވިދާޅުވީ، ކްލަބްތަކަށް ދޭން އެއްބަސްވެފައިވާ ފައިސާ އަންނަ ހޯމަ ދުވަހުގެ ކުރިން ދޫކުރެވޭނެ ކަމަށެވެ.

މިދިޔަ ސަރުކާރުން 2017 ވަނަ އަހަރުން ފެށިގެން ކުންފުނިތައް މެދުވެރިކޮށް ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ކޮންމެ ޓީމަކަށް ދެ މިލިއަން ރުފިޔާ ދީފައިވާއިރު، ދިވެހި ޕްރިމިއާ ލީގަށް ހޮވިއްޖެނަމަ އިތުރު އެއް މިލިއަން ރުފިޔާ ވަނީ ދީފައެވެ.

ނަމަވެސް މި ސަރުކާރުން ކުންފުނިތައް މެދުވެރިކޮށް ކްލަބްތަކަށް ފައިސާ ދޫކުރާނެ ކަމުގެ ޔަގީންކަން ނެތުމުން އެފްއޭއެމުން ނިންމީ އެ އިދާރާއިން އަމިއްލަޔަށް ކްލަބްތަކަށް ހަރަދު ކުރުމަށެވެ.

އެގޮތުން އެފްއޭއެމުން ވަނީ މިދިޔަ މާޗް މަހު ފާސްކުރި ބަޖެޓުގައި، ކްލަބްތަކަށް ދޭ މާލީ އެހީތެރިކަމުގެ ގޮތުގައި 30 މިލިއަން ރުފިޔާ ހިމަނާފަ އެވެ. އެއީ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ކޮންމެ ޓީމަކަށް ތިން މިލިއަން ރުފިޔާގެ އުސޫލުން ކަމަށް ވަނީ ބެލެވިފައެވެ.

އެސްއޯއީގެ ތެރެއިން ސަރުކާރު ހިއްސާވާ 12 ކުންފުނި މެދުވެރިކޮށް 26 މިލިއަން ރުފިޔާ އަހަރަކު ފުޓްބޯޅަ އަށް ހަރަދުކުރާ ގޮތަށް އެއްބަސްވުމުގައި އޮންނައިރު، އޭގެން ގިނަ ކްލަބްތަކަށް އެންމެ އެކަށީގެންވާ ފައިދާތަކެއް ނުކުރެއެވެ. އަދި ގިނަ ކްލަބްތަކެއް އޮތީ މާލީ ގޮތުން އަޑިއަޅާލާފައެވެ.

މި އަހަރުގެ ފުޓުބޯޅަ ސީޒަން ފެށުމަށް ހަމަޖެހިފައިވަނީ ޖޫން މަހުއެވެ. އެގޮތުން ކްލަބްތަކުން މިހާރުއްސުރެ އަންނަނީ ސީޒަނަށް ތައްޔާރުވުމަށް ބަޖެޓް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

17 މާރިޗު 2017

ފަލަސްތީން މެޗަށް އާދީއްތަ ދުވަހު ގައުމީ ޓީމު ފަރިތަކުރުންތައް ފަށަނީ!

17 މާރިޗު 2017
ފަލަސްތީން މެޗަށް އާދީއްތަ ދުވަހު ގައުމީ ޓީމު ފަރިތަކުރުންތައް ފަށަނީ!
15 މާރިޗު 2017

ފަލަސްތީން މެޗަށް އަންގާރަ ދުވަހު ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށަނީ!

15 މާރިޗު 2017
ފަލަސްތީން މެޗަށް އަންގާރަ ދުވަހު ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށަނީ!
12 މާރިޗު 2017

މުނިއުފާ ބިން ތަރައްގީ ކުރެވޭނީ ކުޅިވަރު ކުރިއެރުވުމަށާއި ފައިސާ ހޯދުމަށް: ރައްޒާގު

12 މާރިޗު 2017
މުނިއުފާ ބިން ތަރައްގީ ކުރެވޭނީ ކުޅިވަރު ކުރިއެރުވުމަށާއި ފައިސާ ހޯދުމަށް: ރައްޒާގު
01 މާރިޗު 2017

ކްލަބްތަކަށް މާލީ އެހީދޭ ކުންފުނިތައް ކަނޑައެޅުން މާދަމާ!

01 މާރިޗު 2017
ކްލަބްތަކަށް މާލީ އެހީދޭ ކުންފުނިތައް ކަނޑައެޅުން މާދަމާ!
12 ފެބުރުއަރީ 2017

ގައުމީ ވޮލީ ޓީމު ހޯމަ ދުވަހު ފަރިތަކުރުންތައް ފަށަނީ

12 ފެބުރުއަރީ 2017
ގައުމީ ވޮލީ ޓީމު ހޯމަ ދުވަހު ފަރިތަކުރުންތައް ފަށަނީ
11 ފެބުރުއަރީ 2017

ކްލަބްތަކަށް ދޭން ޖެހޭ ފައިސާ އަންނަ ހަފްތާ ތެރޭގައި ހަމަޖެހޭނެ: ބައްސާމް

11 ފެބުރުއަރީ 2017
ކްލަބްތަކަށް ދޭން ޖެހޭ ފައިސާ އަންނަ ހަފްތާ ތެރޭގައި ހަމަޖެހޭނެ: ބައްސާމް
02 ފެބުރުއަރީ 2017

އޮފީސް ނެޓްބޯޅަ މުބާރާތް މި މަހުގެ 9 ވަނަ ދުވަހު ފަށަނީ

02 ފެބުރުއަރީ 2017
އޮފީސް ނެޓްބޯޅަ މުބާރާތް މި މަހުގެ 9 ވަނަ ދުވަހު ފަށަނީ
24 ޖެނުއަރީ 2017

އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ

24 ޖެނުއަރީ 2017
އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް