Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހެލްތު ރިސާރޗް ކައުންސިލް

ނޭޝަނަލް ހެލްތު ރިސާރޗް ކައުންސިލްގެ މެންބަރުކަމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

14 މެއި 2019 | އަންގާރަ 06:58

ނޭޝަނަލް ހެލްތު ރިސާރޗް ކައުންސިލަކީ ދިވެހިރާއްޖޭގެ ސިއްހީ ދާއިރާގައި ހެދޭ ދިރާސާތައް ބެލުމަށް އެކުލަވާލެވޭ ކައުންސިލެއް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 14 މެއި 2019 | އަންގާރަ 06:58
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ހެލްތު މިނިސްޓަރ އަބްދުﷲ އަމީން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ހެލްތު މިނިސްޓަރ އަބްދުﷲ އަމީން

ނޭޝަނަލް ހެލްތު ރިސާރޗް ކައުންސިލްގެ މެންބަރުކަމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހެލްތު މިނިސްޓްރީން ހުޅުވާލައިފިއެވެ.

ނޭޝަނަލް ހެލްތު ރިސާރޗް ކައުންސިލަކީ ދިވެހިރާއްޖޭގެ ސިއްހީ ދާއިރާގައި ހެދޭ ދިރާސާތައް ބެލުމާއި ކްލިނިކަލް ޓްރަޔަލްހެދުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލުތަކާއި، އަދި ސިއްހީ ދިރާސާއާ ގުޅޭ އާންމު އުސޫލުތައް ކަނޑައެޅުމުގެ ގޮތުން އެކުލަވާލެވޭ ކައުންސިލެކެވެ.

Advertisement - newsAdvertisement

ހެލްތު މިނިސްޓްރީން ބުނީ އެ ކައުންސިލްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ ސިއްހަތާ ގުޅުން ހުރި ދިރާސާތަކާއި ކްލިނިކަލް ޓްރަޔަލްތައް ހެދުމުގެ މިންގަނޑުތައް އެކަށައަޅައި، އެ މިންގަނޑުތަކަށް ސުލޫކީ މިންގަނޑުތަކަށް ފެތޭ ސިއްހަތާ ގުޅުން ހުރި ދިރާސާތަކާއި ކްލިނިކަލް ޓްރަޔަލްތައް ހެދުމުގެ ހުއްދަ ދިނުން ކަމަށެވެ. އަދި ސިއްހީ ދިރާސާތަކާ ގުޅިގެން ހިނގާ ނޭދެވޭ ކަންތައްތަކާއި ހުށަހެޅޭ ޝަކުވާގެ ރިޕޯޓުތައް ބަަލައި މިފަދަ ކަންކަން، ކަމާބެހޭ ފަރާތްތަކަށް ނުވަތަ ޤާނޫނުން ކަނޑައަޅާ އިދާރާތަކަށް ރިޕޯޓްކުރުން ވެސް އެ ކައުންސިލްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެ އެވެ.

އޭގެ އިތުރުންް ދިވެހިރާއްޖޭގެ ބޭނުންތަކަށް ރިޢާޔަތްކޮށް ސިއްހީ ދިރާސާތަކުގައި އިސްކަންދޭންވީ ކަންކަމާއި ސްޓްރެޓެޖީތައް ކަނޑައެޅުމުގެ ނިޒާމެއް ޤާއިމުކޮށް ތަރައްޤީކުރުމާއި، ސިއްހީ ދިރާސާތައް ނުވަތަ ޢިލްމީ ދިރާސާތައް ކުރުމުގެ މިންގަނޑުތައް އެކަށައަޅައި، އެމިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެމަތިން ދިރާސާކުރުމަށް ހުއްދަދީ ހަރުދަނާގޮތެއްގައި އެ ދިރާސާތައް ކުރަމުން އަންނަކަން ކަށަވަރުކުރުންވެސް ކައުންސިލްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެ އެވެ.

ކައުންސިލް މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ހެލްތު ރިސާރޗް ނުވަތަ އެކަޑަމިކް ރިސާރޗުގެ ދާއިރާއިން ތަޢުލީމު ހާސިލްކޮށްފައިވުން ނުވަތަ ރިސާރޗް ތީސިސްއެއް ހަދައިފައިވުން ހިމެނެ އެވެ. އަދި ތަމްސީލްކުރާ ދާއިރާއިން މަދުވެގެން 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ހިމެނެ އެވެ.

ކައުންސިލުގެ މެންބަރުކަމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން ހުށަހަޅަންޖެހެނީ 15 މެއި 2019 (ބުދަ) ދުވަހުގެ 12:00 ގެކުރިންނެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ

12 ފެބުރުއަރީ 2017
ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ
05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
04 ފެބުރުއަރީ 2017

ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

04 ފެބުރުއަރީ 2017
ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި
04 ފެބުރުއަރީ 2017

ވިލާ އިންޓަރނޭޝަނަލް ހައި ސުކޫލުން އޯޕަންޑޭ ބާއްވައިފި

04 ފެބުރުއަރީ 2017
ވިލާ އިންޓަރނޭޝަނަލް ހައި ސުކޫލުން އޯޕަންޑޭ ބާއްވައިފި
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
23 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް