Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިސްމާއިލް ސޮފްވާން

ބްރޯޑްކޮމްގެ ނައިބު ރައީސް ސޮފްވާން، ވަޒީފާގެ މަސްއޫލިއްޔަތު އަދާނުކުރައްވާ މުސާރަ ނަންގަވާތާ 6 މަސް!

12 މެއި 2019 | އާދީއްތަ 10:24

ކޮންމެ މަހަކު މުސާރަ ނަންގަވާ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 12 މެއި 2019 | އާދީއްތަ 10:24
ބްރޮޑްކާސްޓިން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ސޮފްވާން (ވ)

ބްރޮޑްކާސްޓިން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ސޮފްވާން (ވ)

ބްރޯޑްކާސްޓިން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ސޮފްވާން ވަޒީފާގެ މަސްއޫލިއްޔަތު އަދާނުކުރައްވާ މުސާރަ ނަންގަވާތާ ހަ މަސް ދުވަހަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވި ބްރޮޑްކާސްޓިން ކޮމިޝަންގެ އިސް ބޭފުޅަކު ވިދާޅުވީ ނިމުނު ރިޔާސީ އިންތިހާބު ނަތީޖާ އަށް ފަހު، ސޮފްވާން ވަޒީފާއަށް ނުނިކުންނަވާ ކަމަށެވެ. އަދި އޭގެ ފަހުން ސޮފްވާން ވަޒީފާއަށް ނިކުންނެވީ ދެތިން ދުވަހު ކަމަށެވެ. އިންތިހާބު ނަތީޖާ އަށް ފަހު ސޮފްވާން ޗުއްޓީއެއް ވެސް ނަންގަވާފަކަން ރާއްޖެއެމްވީއަށް އެނގިފައި ވެއެވެ.

Advertisement - newsAdvertisement

ނަން ހާމަނުކުރުމަށް އެދި، ރާއްޖެއެމްވީއަށް މައުލޫމާތު ހިއްސާކުރި އެ ފަރާތުން ބުނީ ބްރޯޑްކާސްޓިން ކޮމިޝަންގެ އުސޫލުގައިވާ ގޮތުން، ސޮފްވާނަށް ވެސް މުސާރަ ލިބިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ވަޒީފާއަށް ނުނިކުންނެވި ނަމަވެސް މުސާރައިން ކެނޑޭނެ އުސޫލެއް ބްރޯޑްކާސްޓިން ކޮމިޝަންގައި ނޯންނަ ކަމަށާއި، އެކަމާ ގުޅިގެން މުސާރަ އެއްވެސް ވަރަކަށް އުނިނުކުރެވޭ ކަމަށް ވެސް އެ ފަރާތުން ބުންޏެވެ. ކޮމިޝަންގެ މެންބަރެއްގެ މުސާރައަށް 40،000 ވަރަކަށް ހާސް ރުފިޔާ ލިބެއެވެ.

"އެންމެ ފަހުން އަޅުގަނޑު ހަނދާންވާ ގޮތުގައި ޖެނުވަރީ މަހުގެ ތެރޭގައި 1 ދުވަހު ނިކުންނެވި،"

ވަޒީފާއަށް ނުނިކުންނަވާ ސަބަބެއް ސޮފްވާން ބްރޯޑްކާސްޓިން ކޮމިޝަނަށް އަންގަވާފައި ނުވާ އިރު ގިނަ ދުވަސްތަކުގައި ހުންނަވަނީ ސަލާމްގައިކަން ރާއްޖެއެމްވީ އަށް ވަނީ އެނގިފައެވެ.

ސޮފްވާން ވަޒީފާއަށް ނުނިކުންނަވާތީ ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ އެކަމުގައި ފިޔަވަޅެއް އަޅައިދިނުމަށް އެދި ރައީސް އޮފީހަށާއި، ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅާފައެވެ. ރާއްޖެއެމްވީއަށް މައުލޫމާތު ދިން ފަރާތުން ބުނީ ފިޔަވަޅު އެޅުމަކީ އެ ކޮމިޝަނުން ކުރާ ކަމަކަށް ނުވާތީ އެކަމުގައި ފިޔަވަޅު އެޅޭނެ ކަމަށް ޤާނޫނުނުގައި ބުނާ ބާރު ލިބިފައިވާ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށެވެ.

ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ 5 ވަނަ ނަމްބަރުގައި ބުނެފައިވާ ގޮތުގައި އެކަށީގެންވާ ސަބަބެއް ނެތި ވިދިވިދިގެން ކޮމިޝަންގެ ތިން ޖަލްސާއަށް ހާޒިރު ނުވެއްޖެ ނަމަ، އެ މެމްބަރަކު މަޤާމުން ވަކިކުރެވޭނެ އެވެ. ރާއްޖެއެމްވީއަށް މައުލޫމާތުދިން ފަރާތުން ވިދާޅުވީ، ރައީސް އޮފީހަށާއި، މަޖިލީހަށް ފޮނުވި ސިޓީގައި ޤާނޫނީ މާއްދާތައް ވެސް ފާހަގަކޮޮށްފައިވާނެ ކަމަށެވެ.

އެކަމުގައި ސޮފްވާންގެ ކޮމެންޓެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތްް ނުވެފައެވެ. ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ސޮފްވާން މިވަގުތު ހުންނެވީ މެލޭޝިޔާގައެވެ.

ސޮފްވާން، ވަޒީފާއަށް ނުނިކުންނަވާ މުސާރަ ނަންގަވަމުންގެންދަވާއިރު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ޙަސަން ލުތުފީ ވަޒީފާއަށް ނުނިކުންނަވާ މުސާރަ ނަންގަވަމުން ގެންދަވާތާ ވެސް ތިން މަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް