Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔާޔާ ޓޫރޭ

އަށާރަ އަހަރު ފަހުން ޔާޔާ ޓުރޭ ފުޓްބޯޅަ ކުޅުން ހުއްޓާލައިފި

ޓޫރޭ ރިޓަޔާ ކުރި ކަން އިއުލާން ކޮށްފައިވަނީ އޭނާގެ އެޖެންޓް ކުރި ޓްވީޓެއްގައި

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 11 މެއި 2019 | ހޮނިހިރު 03:42
ޔާޔާ ޓޫރޭ ވަނީ ހަތް ކްލަބަކަށް ކުޅެފައި

ޔާޔާ ޓޫރޭ ވަނީ ހަތް ކްލަބަކަށް ކުޅެފައި

ކުރީގެ މެންޗެސްޓަރ ސީޓީ އަދި ބާސެލޯނާގެ ލެޖެންޑް ޔާޔާ ޓޫރޭ އަށާރަ އަހަރު ފުޓްބޯޅަ ކުޅުން ހުއްޓާލައިފިއެވެ.

އުމުރުން 35 އަހަރުގެ އައިވަރީ ކޯސްޓުގެ ތަރި ޔާޔާ ޓުރޭ ފުޓްބޯޅައިން ރިޓަޔާ ކުރިކަން އިއުލާން ކޮށްފައިވަނީ އޭނާގެ އެޖެންޓް ޑިމިތްރީ ސެލުކް ކުރި ޓްވީޓެއްގައެވެ.

ޑިމިތްރީ ބުނީ ކުޅުމާ ދުރަށް ޖެހުމަށް ފަހު ދެން ޓޫރޭ ފެންނާނީ ކޯޗެއްގެ ގޮތުގައި ނޫނީ ސްޕޯޓިން ޑައިރެކްޓަރެއްގެ ގޮތުގައި ކަަމަށެވެ. އެހެން ނަމަވެސް އޭނާ ކޯޗުކަން ކޮށްދޭނީ ކޮން ކުލަބަކަށް ކަމެއް ޑިމިތްރީ ނުބެނެއެވެ.

އުމުރުން 18 އަހަރުގައި ޕްރެފެޝަނަލް ފުޓްބޯޅަ ބެލްޖިއަމްގެ ބެވްރެން އިން ފެށި ޓޫރޭ ވަނީ ކެރިއަރު ނިންމާލުމުގެ ކުރިން ހަތް ކްލަބަކަށް ކުޅެފައެވެ. ދެހާސް ހަތަރު ވަނަ އަހަރު އައިވަރި ކޯސްޓުގެ ގައުމީ ސްކޮޑްގައި ހިމެނި ޓޫރޭ ވަނީ އެ ޓީމަށް ތިން ވޯލްޑް ކަޕްގައި ކުޅެފައެވެ. އެއީ އެ ޓީމު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިވި 2006 ވަނަ އަހަރާއި 2010 ވަނަ އަހަރުގެ އިތުރުން 2014 ވަނަ އަހަރުއެވެ.

ޑިޑިއޭ ޑޮރްގްބާގެ އަށް ފަހު އައިވަރީ ކޯސްޓުގެ ކެޕްޓަން ކަން ޓޫރޭ ހަވާލުވެފައި ވަނީ 2014 ވަނަ އަހަރުއެވެ. ގައުމީ ޓީމަށް ކުޅުން އޭނާ ހުއްޓަލާފައި ވަނީ 2016 ވަނަ އަހަރުގެ ސެޕްޓަމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. އައިވަރީ ކޯސްޓުގެ ގައުމީ ޓީމަށް އޭނާ ވަނީ 20 ގޯލް ކާމިޔާބު ކޮށްދީފައެވެ.

ޓޫރޭގެ ފުޓްބޯޅަ ކެރިއަރުގައި އެންމެ ގިނަ ދުވަސް ހޭދަކޮށްފައި ވަނީ މެންޗެސްޓާ ސިޓީގައެވެ. އެ ކްލަބުގައި ހޭދަކުރި ނުވަ އަހަރުގެ ތެރޭގައި ޓޫރޭ ވަނީ އެ ކްލަބަށް ތިން ޕްރިމިއާ ލީގާއި އެފްއޭ ކަޕާއި ދެ ލީގުގެ އިތުރުން އެއް ކޮމިއުނިޓީ ޝީލްޑް ހޯދައިދީފައެވެ.

އިނގިރޭސިވިލާތުގައި ހޭދަކުރި ދުވަސްވަރު ޓޫރޭއަށް ވަނީ ނަސްލީ ތަފާތު ކުރުންތަކާއި ކުރިމަތިލާން ޖެހިފައެވެ. ރިޓަޔާ ކުރުމުގެ ކުރިން ޓޫރޭ ކުޅެފައި ވަނީ ގްރީސްގެ ސުޕަލީގުގެ އޮލިމްޕިއާކޯސް އަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފާއިތުވި އަހަރުގެ އެންމެ މޮޅު ބިލިއަޑް ކުޅުންތެރިޔާގެ މަގާމު ޝަރީ އަށް

ފާއިތުވި އަހަރުގެ އެންމެ މޮޅު ބިލިއަޑް ކުޅުންތެރިޔާގެ މަގާމު ޝަރީ އަށް

25 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

3 ޖޫން
ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.
20251 އަހަރު ކުރިން
އިސްލާމް

ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"
20233 އަހަރު ކުރިން
ރިޕޯޓު

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ
20224 އަހަރު ކުރިން
ރާއްޖެ

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ
20215 އަހަރު ކުރިން
ދުނިޔެ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި
20197 އަހަރު ކުރިން
ރިޕޯޓު

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ
20188 އަހަރު ކުރިން
ސިއްހަތު

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު