Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލޭބާރ ޕާޓީ

ކިހާދުއްފަރު ރިސޯޓް މުވައްޒިފުންގެ ހައްގުގައި ބ. އަތޮޅު ރައްޔިތުން ކުރާ މަސައްކަތުގައި ބައިވެރިވާނަން: ޝިހާމް

9 މެއި 2019 | ބުރާސްފަތި 11:41

ކިހާދުއްފަރު ރިސޯޓްއިން ހުއްދަ ނުހޯދާ ރާ ވިއްކާ މައްސަލައެއްވެސް ލޭބާރ ޕާޓީއަށް ލިބިފައިވޭ

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 9 މެއި 2019 | ބުރާސްފަތި 11:41
ލޭބަރ ޕާޓީގެ ޗެއަރޕާސަން އަހްމަދު ޝިހާމް

ލޭބަރ ޕާޓީގެ ޗެއަރޕާސަން އަހްމަދު ޝިހާމް

ކިހާދުއްފަރު ރިސޯޓް މުވައްޒިފުންގެ ހައްގުގައި ބ. އަތޮޅު ރައްޔިތުން ކުރާ މަސައްކަތުގައި ބައިވެރިވާނެ ކަމަށް ލޭބަރ ޕާޓީގެ ޗެއަރޕާސަން އަހްމަދު ޝިހާމް ވިދާޅުވެއްޖެއެވެ.

ކިހާދުއްފަރު ރިސޯޓްގެ 250 މުވައްޒިފުންނަށް މުސާރަ ނުދީ، އަދި ސާރވިސް އެލަވަންސް ނުދޭތާ އެތައް މަހެއްވެގެން އެ ކަމުގެ ކަންބޮޑުވުން ފާޅުކޮށް ލޭބާރ ޕާޓީން ވަނީ ބުރާސްފަތި ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ.

Advertisement - newsAdvertisement

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝިހާމް ވިދާޅުވީ ކިހާދުއްފަރު ރިސޯޓް މުވައްޒިފުންގެ ހައްގުގައި ތެދުވާނެ ކަމަށް، ބ.އަތޮޅުގެ ރައްޔިތުން ބުނެފައިވާ ކަމަށެވެ. ބ. އަތޮޅުގެ ރައްޔިތުން ކުރާ މަސައްކަތަށް ލޭބާރ ޕާޓީން އެއްބާރުލުންދޭނެ ކަމަށާއި އެކަމުގައި ބައިވެރިވާނެ ކަމަށް ޝިހާމް ވިދާޅުވިއެވެ.

"ބ.އަތޮޅުގެ ގިނަ ރައްޔިތުން އެކަމާއި ކޮންސާރންވާ ކަމަށް ބުނެފައިވޭ. މަޑުން ނުތިބޭނެ ކަމަށާއި، އެކްޝަން ނަގާނެ ކަމަށް. އެކަމުގައި ލޭބާރ ޕާޓީން ބައިވެރިވާނަން" ޝިހާމް ވިދާޅުވިއެވެ.

ކިހާދުއްފަރު ރިސޯޓްގެ މުވައްޒިފުންގެ މުސާރަ އާއި ސާރވިސް ޗާޖް ނުދީގެން އެކަމުގެ ކަންބޮޑުވުން ހިއްސާކުރި ތިން މުވައްޒިފަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ލޭބާރ ޕާޓީން ވަނީ ބުނެފައެވެ. އެ ތިން މުވައްޒިފުންގެ މައްސަލަ ޓްރައިބިއުނަލްއަށް ހުށަހަޅާފައިވާ ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފައެވެ.

ކިހާދުއްފަރު ރިސޯޓްއިން ހުއްދަ ނުހޯދާ ރާ ވިއްކާ މައްސަލައެއް ވެސް ލޭބާރ ޕާޓީއަށް ލިބިފައިވާ ކަމަށް ޝިހާމްވަނީ ވިދާޅުވެފައެވެ.

ކިހާދުއްފަރު ރިސޯޓަކީ ދިވެހި މެނޭޖްމަންޓަކުން ހިންގާ ރިސޯޓެކެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި

09 ފެބުރުއަރީ 2017
ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި
04 ފެބުރުއަރީ 2017

ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!

04 ފެބުރުއަރީ 2017
ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!
31 ޖެނުއަރީ 2017

ކަނޑުއަޑީގެ ބޮޑު ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރަސްމީކޮށް ހުޅުވައިފި

31 ޖެނުއަރީ 2017
ކަނޑުއަޑީގެ ބޮޑު ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރަސްމީކޮށް ހުޅުވައިފި
30 ޖެނުއަރީ 2017

ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ

30 ޖެނުއަރީ 2017
ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
22 ޖެނުއަރީ 2017

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
12 ޖެނުއަރީ 2017

ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

12 ޖެނުއަރީ 2017
ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް