Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލެ ސިޓީ ކައުންސިލް

ޕާކިން ޒޯންތަކާއެކު މާލޭގެ މަގުމަތި ހުސްކުރަނީ

6 މެއި 2019 | ހޯމަ 07:12

ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އިތުރު ޕާކިން ޒޯންތައް ހުޅުވިގެންދާނެ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 6 މެއި 2019 | ހޯމަ 07:12
ފިނޭންސް މިނިސްޓްރީ ސަރަހައްދުގައި ތަރައްޤީކުރި ޕާކިން ޒޯން

ފިނޭންސް މިނިސްޓްރީ ސަރަހައްދުގައި ތަރައްޤީކުރި ޕާކިން ޒޯން

މާލޭގެ އެކި ސަރަހައްދުތަކުގައި އަލަށް ހުޅުވާ ޕާކިން ޒޯންތަކާއިއެކު އެ ސަރަހައްދުތަކުގެ މަގުތަކުގައި ޕާކްކުރުން މަނާކޮށް، މަގުތައް ހުސްކުރާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

ރާއްޖެޓީވީގެ ސުންގަޑި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މާލެ ސިޓީ ކައުންސިލްގެ މެމްބަރު އަހުމަދު ޒަމީރު ވިދާޅުވީ ފިނޭންސް މިނިސްޓްރީ ހިމެނޭ ސަރަހައްދުގައި އަލަށް ތަރައްޤީކުރި ޕާކިން ޒޯން ނިމި، ކުރިއަށް އޮތް ދެ ތިން ދުވަހެއްގެ ތެރޭގައި ހުޅުުވާލާނެ ކަމަށެވެ. އަދި އެ ޕާކިން ޒޯންގައި ދެ ފުރޮޅުލީ އުޅަނދުތަކަށް އެއްވެސް ފީއަކާއި ނުލާ ޕާކްކުރެވޭނެ ކަމަށާއި، ނަމަވެސް ޕާކިން ޒޯންގައި ހަތަރު ފުރޮޅުލީ އުޅަނދުތައް ޕާކްކުރުމަށް ފީއެއް ނަގާނެ ކަމަށް ޒަމީރު ވިދާޅުވި އެވެ.

Advertisement - newsAdvertisement

ޒަމީރު ވިދާޅުވީ އެ ޕާކިން ޒޯން ހުޅުވުމާއެކު ފެން ބިލްޑިންގ އިން ފެށިގެން، ގިޔާސުއްދީން ސުކޫލާއި ހަމައަށް މަގުމަތީގައި ޕާކްކުރުން މަނާކުރެވޭނެ ކަމަށެވެ. އެޔާއެކު އަމީނީ މަގުގެ އެންމެ ބާރު ބޮޑު އެއް ސަރަހައްދަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވޯޓަރ ސަޕްލައިން ފެށިގެން ގިޔާސުއްދީނާއި ދޭތެރޭގައި އަމީނީ މަގު އަޅުގަނޑުމެން ހުސްކޮށްލާނަން. އެ ދޭތެރޭގައި އެ ހުރި ހުރިހާ ސައިކަލެއް އެ ޒޯނަަށް ހަމަ ފްރީކޮށްވެއްދޭނެ."

އޭގެ އިތުރުން ޒަމީރު ވިދާޅުވީ ސޯސަންމަގު، ސިޓީ ބޭކަރީ ސަރަހައްދަކީ ރަމަޟާން މަހުގައި ވަރަށް ބާރު ބޮޑުވާ ސަރަހައްދަކަށް ވާތީ، އެ ސަރަހައްދުގެ ޓްރެފިކް ހައްލު ކުރުމުގެ ގޮތުން ހެންވޭރު ސަހަރާގެ ހުޅަނގު ފަރާތުގައިވާ ބިން ހުސްކޮށް ޕާކިން ޒޯނެއް ތަރައްޤީ ކޮށްފައިވާ ކަމަށެވެ. އަދި އެ ޕާކިން ޒޯން ބޭނުންކުރަން ފެށުމާއެކު ސޯސަން މަގު ދެކުނު ފަޅީގެ އިރަށްވާގޮތަށް އެއްވެސް ވެހިކަލެއް ޕާކްކުރުމަކީ މަނާ ކަމެއް ކަމަށް ޒަމީރު ވިދާޅުވި އެވެ.

މިހާރު އޮންނަ ގޮތުން ނަމަ ސޯސަން މަގުގެ ދެކުނު ފަޅީގެ މަގުގެ ދެ ފަރާތުގައި ވެސް ޕާކްކުރެވެ އެވެ. ޒަމީރު ވިދާޅުވީ ގެނެވުނު ބަދަލާއެކު އެ ސަރަހައްދުގެ ޓްރެފިކަށް ވެސް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ. އަދި މަޖީދިއްޔާ ސުކޫލް ދޮރުމަތީގައި ތަރައްްޤީ ކުރާ ޕާކިން ޒޯނާއެކު ސޯސަންމަގުގެ އުތުރު ފަޅީގެ މަގުގެ ދެ ފަރާތުގައި ޕާކްކުރުން ވެސް މަނާކުރެވޭނެ ކަމަށް ޒަމީރު ވިދާޅުވި އެވެ.

"މަޖީދިއްޔާ ސުކޫލް ސަރަހައްދުގައި އޮތް ޕާކިން ހުޅުވުމާއެކު، އަޅުގަނޑުމެން ސޯސަން މަގު އުތުރުކޮޅު ދެ ފަޅިއަށް އޮތް ޕާކިން އެއް ފަޅިއަށް ބަދަލުކޮށްލަދޭނަން" ޒަމީރު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

25 މާރިޗު 2017

މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ދިޔަކީ ކޭބަލް ހަލާކުވެގެން: ސްޓެލްކޯ

25 މާރިޗު 2017
މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ދިޔަކީ ކޭބަލް ހަލާކުވެގެން: ސްޓެލްކޯ
22 ފެބުރުއަރީ 2017

"މަގުމަތިން ފެނިއްޖެއްޔާ ލޮލަށް ލޭއަރުވާލާނަން، ތަނެއް ފަޅާލައި، ދުއްވާލާނަން"

22 ފެބުރުއަރީ 2017
"މަގުމަތިން ފެނިއްޖެއްޔާ ލޮލަށް ލޭއަރުވާލާނަން، ތަނެއް ފަޅާލައި، ދުއްވާލާނަން"
21 ފެބުރުއަރީ 2017

މާލޭގެ ސްކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި

21 ފެބުރުއަރީ 2017
 މާލޭގެ ސްކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި
18 ފެބުރުއަރީ 2017

މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި

18 ފެބުރުއަރީ 2017
މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި
17 ފެބުރުއަރީ 2017

މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން

17 ފެބުރުއަރީ 2017
މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން
11 ފެބުރުއަރީ 2017

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017
!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް