Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާ ބޮމުގެ ހަމަލާ

ލަންކާގެ ހަމަލާގެ ފަސް ދުވަސް ކުރިން ސައުދީ ސަރުކާރުން އެމްބަސީ އެލަރޓަށް ގެނައިކަން ހާމަވާ ސިޓީއެއް ލީކްވެއްޖެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާގައި 250 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ބަޔަކު ޒަހަމްވި

އައިޝަތު ޝާނީ
އައިޝަތު ޝާނީ | 5 މެއި 2019 | އާދީއްތަ 12:14
ސައުދި ފޮރިން މިނިސްޓްރީން އެމްބަސީއަށް ފޮނުވި ކަމަށް ބުނާ ސިޓީ

ސައުދި ފޮރިން މިނިސްޓްރީން އެމްބަސީއަށް ފޮނުވި ކަމަށް ބުނާ ސިޓީ

މިދިޔަ މަހުގެ 21 ވަނަ ދުވަހު ލަންކާއަށް ޓެރަރިސްޓް ހަމަލާ ދިނުމުގެ ފަސް ދުވަސްކުރިން މި ހަމަލާގެ މައުލޫމާތު ސައުދީ ސަރުކާރަށް އެނގޭކަން ހާމަވެއްޖެއެވެ.

ލުބްނާންގެ ނޫހެއް ކަމަށްވާ 'އަލް-އަހެދް ނިއުސް' އިން ރިޕޯޓްކުރާ ގޮތުގައި މި ހަމަލާ ދޭން އުޅޭކަން އެނގި ސައުދީ ސަރުކާރުން ލަންކާގައި ހުންނަ އެ ގައުމުގެ އެމްބަސީއަށް ވަނީ "ޓޮޕް ސީކްރެޓް" ސިޓީއެއް ފޮނުވާފައެވެ. އަދި މި ސިޓީ ކަމަށް ބެލެވޭ ސިޓީއެއްގެ ފޮޓޯއެއް އެ ނޫހުން އާންމު ކޮށްފައި ވެއެވެ.

'އަލް-އަހެދް ނިއުސް' އިން ރިޕޯޓްކުރާ ގޮތުގައި ހަމަލާގެ ފަސް ދުވަސް ކުރިން ފޮނުވާފައިވާ މި ސިޓީން ދޭހަވާ ގޮތުގައި ލަންކާއަށް ހަމަލާއެއް ދޭން އުޅޭކަން ސައުދީ ސަރުކާރަށް އެނގެއެވެ.

ސައުދީ ފޮރިން މިނިސްޓަރ އިބްރާހިމް ބިން އަބްދުލް އަޒީޒް އަލް-އައްސަފް ސައުދީން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަށް ފޮނުއްވެވި ސިޓީގައި ވަނީ އަޅަންޖެހޭ ފިޔަވަޅުތައް ހިމަނުއްވާފައެވެ. އެ ސިޓީގައި ވަނީ

މި ފިޔަވަޅުތައް ވަގުތުން އަޅުއްވާ: ފުރަތަމައަށް: ސައުދީ އަށް ނިސްބަތްވާ، އަދި ބޭރުގެ ގްރޫޕްތަކާ އެންމެ ފަހުން ކޮށްފައިވާ މުއާމަލާތްތަކާއި، އެއާ ގުޅުން ހުރި ޑޮކިއުމަންޓްތަކާއި ކޮމްޕިއުޓަރ ޑޭޓާތައް ޑިލީޓް ކުރައްވާ، އަދި ސައުދީ އެމްބަސީގެ މުވައްޒަފުންނަށް ކަރފިއުއެއް އިއުލާން ކުރައްވާ. ދެވަނައަށް: ސައުދީ އަރައްބިއްޔާއާ ގުޅުން ހުރި ހުރިހާ ފަރާތްތަކަށް ކުރިއަށް އޮތް ތިން ދުވަހަށް، ހާއްސަކޮށް އީސްޓަރ ޑޭގައި، މީހުން ގިނަ އެއްވެ އުޅޭ ތަންތަނަށް، ހާއްސަކޮށް ފައްޅިތައް ކައިރިއަށް، ނުދިއުމަށް އެންގުން ތިންވަނައަށް: ލަންކާގެ ސަރުކާރުގެ މައުލޫމާތާއި ވިސްނުން ހުރި ގޮތް ގަވާއިދުން މިނިސްޓްރީއަށް ފޮނުވުން

ލަންކާގެ ފައްޅިތަކާއި ހޮޓެލްތަކަށް އަމާޒްކޮށްގެން ދިން ޓެރަރިސްޓް ހަމަލާގައި 250 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، އެތައް ސަތޭކަ ބަޔަކު ޒަހަމްވެފައެވެ.

ލަންކާއަށް ހަމަލާއެއް ދޭން އުޅޭ ކަމުގެ އިންޒާރު އިންޑިއާ އިން ވެސް ދީފައިވާކަން މީގެ ކުރިން ވަނީ ހަމަވެފައެވެ. މައުލޫމާތު ލިބި ފިޔަވަޅު އެޅުމުގައި ލަންކާ ސަރުކާރު ވަރަށް ބޮޑަށް ފެއިލްވެފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. މި ހަމަލާތައް ދީފައި ވަނީ ހަރުކަށި ފިކުރުގެ މީހުން ކަމަށް ވާއިރު މި ހަމަލާތަކުގެ ޒިންމާ އައިއެސް އިން ވަނީ އުފުލާފައެވެ.

އިތުރަށް ކިޔާލަން

23 މާރިޗު 2017

އިނގިރޭސި ވިލާތުގެ ޕާލިމަންޓުގެ ކައިރީގައި ދިން ހަމަލާ: ފަސް މަރު، މަދުވެގެން 40 މީހުން ޒަޚަމް

23 މާރިޗު 2017
 އިނގިރޭސި ވިލާތުގެ ޕާލިމަންޓުގެ ކައިރީގައި ދިން ހަމަލާ: ފަސް މަރު، މަދުވެގެން 40 މީހުން ޒަޚަމް
27 ފެބުރުއަރީ 2017

މުގާބޭގެ 93 ވަނަ އުފަންދުވަސް ފާހަގަކޮށްފި

27 ފެބުރުއަރީ 2017
މުގާބޭގެ 93 ވަނަ އުފަންދުވަސް ފާހަގަކޮށްފި
14 ފެބުރުއަރީ 2017

ލޯބިވެރިންގެ ދުވަސް ފާހަގަކުރުން މަނާކޮށް ޕާކިސްތާން ހައިކޯޓުން އަމުރެއް ނެރެފި

14 ފެބުރުއަރީ 2017
ލޯބިވެރިންގެ ދުވަސް ފާހަގަކުރުން މަނާކޮށް ޕާކިސްތާން ހައިކޯޓުން އަމުރެއް ނެރެފި
14 ފެބުރުއަރީ 2017

ހުވާކުރުމުގެ ކުރިން ޓެމިލްނާޑޫ ޗީފް މިނިސްޓަރު ޖަލަށް

14 ފެބުރުއަރީ 2017
ހުވާކުރުމުގެ ކުރިން ޓެމިލްނާޑޫ ޗީފް މިނިސްޓަރު ޖަލަށް
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
01 ފެބުރުއަރީ 2017

ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ

01 ފެބުރުއަރީ 2017
ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ
30 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ

30 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ
26 ޖެނުއަރީ 2017

އިންޑިއާގެ ޖުމްހޫރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަނީ

26 ޖެނުއަރީ 2017
އިންޑިއާގެ ޖުމްހޫރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަނީ
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު