Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތަރުޖަމާނުގެ ފާޑިކިޔުން

ސުވާލު ކުރަންޖެހޭ ގޮތް ރައީސް އޮފީހުގެ ތަރުޖަމާނު ކިޔައިދީފި

މުއާޒް ވަނީ ނޫސްވެރިން ސުވާލު ކުރުން ބަންދު ކުރުމުން އަތް ނުނެގުމަށް އަންގާފަ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 26 ފެބުރުއަރީ 2017 | އާދީއްތަ 15:10
ރައީސް އޮފީސް ތަރުޖަމާނު

ރައީސް އޮފީސް ތަރުޖަމާނު

ޕްރެސްތަކުގާ ސުވާލު ކުރަންޖެހޭނީ ވަކި ގޮތަކަށް ކަމަށް ބުނެ ރައީސް އޮފީހުގާ ނޫސްވެރިން ސުވާލު ކުރަންޖެހޭ ގޮތްތައް ރައީސް އޮފީހުގެ ތަރުޖަމާނު ކިޔާދީފި އެވެ.

ރައީސް އޮފީހުގާ އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ނިންމަވާލެއްވުމަށްފަހު، ނޫސްވެރިން އެއްކުރުމަށްފަހު ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވީ، ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުންތަކުގާ ސުވާލު ކުރުމުގައި އެ ޕްރެސްއެއް މޮޑެރޭޓް ކުރަން ހުންނަ ފަރާތެއް ބުނާ ބަސް އަހަންޖެހޭނެ ކަަމަށާއި ސުވާލުކުރުމުގެ ފުރުސަތު މެދުކަނޑާލުމުން އިތުރަށް ސުވާލުކުރުމަށް މަސައްކަތް ކުރުމަކީ ވަރަށް މަންޒަރު ހުތުރު ވަރަށް ހަޑިކަމެއް ކަމަށެވެ.

Advertisement - newsAdvertisement

މުއާޒް ވިދާޅުވީ ނޫސްވެރިންގެ ބައްދަލުވުން ނިމުމަށްފަހު ދެން ތިބޭ ފަރާތްތަކުގެ ގާތުން އިތުރު މައުލޫމާތު ހޯދުމަށް މަސައްކަތް ކުރުމަކީވެސް ކޮށްގެންވާނޭ ކަމެއް ނޫން ކަމަށެވެ. މިއީ އަލަށް ނޫސްވެރިކަމަށް އައިސް އުޅޭ މީހުންގެ ކިބައިން ފެންނަ މަންޒަރެއް ކަމަށް ދޭހަވާ ގޮތަށް ނޫސްވެރިންނަށް ރައީސް އޮފީސްތަކުގެ ޕްރެސްތަކުގާ އަމަލުކުރާނެ ގޮތްތައް ދަސްކޮށްދެން ޖެހޭ ކަމަށް މުއާޒް ވިދާޅުވި އެވެ. މިގޮތަށް ސުވާލުކުރުމުގެ ފުރުސަތު މެދުކަނޑާލުމުން އިތުރު ފުރުސަތަށް އެދި އަތް ނެގުމަކީ ވަރަށް ހުތުރު ކަމެއް ކަަމަށް ވެސް މުއާޒް ވިދާޅުވިއެެވެ. މިހާރަކަށް އައިސް ރައީސް އޮފީހުގެ ޕްރެސްތަކުގާ މިފަދަ ކަންކަން ހިނގާ ކަމަށާއި މިއީ ކުރީގެ ނޫސްވެރިންގެ ކިބައިން ފެންނަ މަންޒަރުތަކެއް ނޫން ކަަމަށް މުއާޒް ވިދާޅުވި އެވެ.

މުއާޒް މިމޭރުމުން ވާހަކަ ދައްކަވާ ވާއިރު ޕްރެސް ކޮންފަރެންސްތައް ނިންމުމަށްފަހު ނޫސްވެރިން ވަކިން ޕްރެސްދޭ ފަރާތްތަކާ ބައްދަލުކޮށް ސުވާލު ކުރުމަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ކަން ހިނގާ އުސޫލެވެ. އަދި ޕްރެސްތަކުން ސުވާލު ހޯދުމަށް ފުރުސަތު ހޯދުމަަށް މަސައްކަތް ކުރުމަކީވެސް ދުނިޔޭގެ ހުރިހާ ހިސާބަކުވެސް ކަންކަން ކުރަމުން އަންނަ އުސޫލެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު