Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފެނާންޑޯ ލޮރެންޓޭ

ލޮރެންޓޭ ބޭނުންވަނީ ޓޮޓެންހަމްގައި މަޑުކުރަން

ލޮރެންޓޭގެ އެއްބަސްވުން އޯގަސްޓް މަހު ހަމަވާނެ

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 4 މެއި 2019 | ހޮނިހިރު 11:44
ފެނާންޑޯ ލޮރެންޓޭ

ފެނާންޑޯ ލޮރެންޓޭ

ޓޮޓެންހަމް ހޮޓްސްޕާއަށް ކުޅެމުން އަންނަ ސްޕެއިންގެ ސްޓްރައިކަރ ފެނާންޑޯ ލޮރެންޓޭ ބޭނުންވަނީ އެ ކްލަބުގައި މަޑުކުރަން ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ސްކައި ސްޕޯޓްސްއިން ބުނީ، އުމުރުން 34 އަހަރުގެ ލޮރެންޓޭ އިތުރު އަހަރެއް ކްލަބުގައި ހޭދަކުރަން ބޭނުންވާ ކަމަށާއި، އޭނާގެ އެއްބަސްވުން އާކުރަން ޓޮޓެންހަމުން ވެސް ބޭނުންވާ ކަމަށެވެ.

ސެވިއްޔާ ދޫކޮށް 2017 ވަނަ އަހަރު ޓޮޓެންހަމްއަށް 12.1 މިލިއަން ޔޫރޯއަށް ބަދަލުވި ލޮރެންޓޭ ޓޮޓެންހަމްއާއެކު ހަދާފައިވާ އެއްބަސްވުން މި އަހަރުގެ އޯގަސްޓް މަހަށް ފަހު ހަމަވާއިރު، އޭނާ ހޯދުމަށް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި އޭޝިއާގެ ކްލަބްތައްވެސް ހިމެނެއެވެ.

ދާދި ފަހުން މާސާއަށް ދިން އިންޓަވިއުއެއްގައި ލޮރެންޓޭ ވަނީ އެތުލެޓިކޯ ބިލްބާއޯގައި ރިޓަޔާކުރަން ބޭނުންވާކަން އިއުލާންކޮށްފައެވެ. އެގޮތުން ބެލެވޭ ގޮތުގައި ޓޮޓެންހަމްގެ އެއްބަސްވުން އެއް އަހަރަށް އިތުރުކޮށް، ލޮރެންޓޭ ޖެހިގެން އަންނަ އަހަރު ބަދަލުވާނީ ބިލްބާއޯ އަށެވެ.

މީގެ ކުރިން ޔުވެންޓަސް އާއި ސެވިއްޔާ އަދި ސްވަންސީ ސިޓީއަށް ކުޅެފައިވާ އުމުރުން 34 އަހަރުގެ ލޮރެންޓޭ އަންނަނީ ޓޮޓެންހަމްގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ވަނީ މި ސީޒަނުގައި މިހާތަނަށް ކުޅުނު 30 މެޗުގައި 8 ލަނޑު ކާމިޔާބުކޮށްފައެވެ.

މިވަގުތު ޓޮޓެންހަމްއަށް ކުޅެމުން އަންނަ ލޮރެންޓޭ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު ޖުމްލަ 60 މެޗުގައި 13 ލަނޑު ކާމިޔާބުކޮށްފައެވެ.

ޔުވަންޓަސްއާ އެކު ތިން ލީގު ތަށި ކާމިޔާބުކޮށްފައިވާ ލޮރެންޓޭ ވަނީ އެ ކްލަބާއެކު ކޮޕާ އިޓަލިއާ އަދި ދެ އިޓާލިއަން ސުޕާކަޕްވެސް ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ ސެވިއްޔާއާއެކު ޔޫރޮޕާ ލީގު ވެސް ކާމިޔާބުކޮށްފައެވެ.

ސްޕެއިން ގައުމީ ޓީމާއެކު 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް އަދި 2012 ވަނަ އަހަރު ބޭއްވި ޔޫރޯ ކާމިޔާބުކޮށްފައިވާ ލޮރެންޓޭ ވަނީ ގައުމީ ޓީމަށް ކުޅުނު 24 މެޗުގައި ހަތް ލަނޑު ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

22 މެއި 2017

އަހަރެން އެޓްލެޓިކޯގައި މަޑުކުރަން ނިންމައިފިން: ސިމިއޯނީ

22 މެއި 2017
އަހަރެން އެޓްލެޓިކޯގައި މަޑުކުރަން ނިންމައިފިން: ސިމިއޯނީ
13 މެއި 2017

ޗެމްޕިއަންކަން ހޯދަން ބޭނުންވަނީ ސައްތައިން ސައްތަ ރެކޯޑަކާއެކު: ފޮޓޯ

13 މެއި 2017
ޗެމްޕިއަންކަން ހޯދަން ބޭނުންވަނީ ސައްތައިން ސައްތަ ރެކޯޑަކާއެކު: ފޮޓޯ
11 މެއި 2017

މާޒީގެ ވާހަކަ ދައްކަން ބޭނުމެއް ނެތް، ޓީސީއަތުން ބޭނުންވަނީ މޮޅެއް: ސެކުލޮސްކީ

11 މެއި 2017
މާޒީގެ ވާހަކަ ދައްކަން ބޭނުމެއް ނެތް، ޓީސީއަތުން ބޭނުންވަނީ މޮޅެއް: ސެކުލޮސްކީ
11 މެއި 2017

ރޫނީ އަދިވެސް ބޭނުންވަނީ ޔުނައިޓެޑްގައި މަޑުކުރަން

11 މެއި 2017
ރޫނީ އަދިވެސް ބޭނުންވަނީ ޔުނައިޓެޑްގައި މަޑުކުރަން
12 އެޕްރީލު 2017

ވިހި ވިހީގެ ނިޔަލަށް ނިއުގައި މަޑުކުރަން ސެންޓޭ ނިންމައިފި

12 އެޕްރީލު 2017
ވިހި ވިހީގެ ނިޔަލަށް ނިއުގައި މަޑުކުރަން ސެންޓޭ ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު