Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ލަންކާގައި ހިނގި ބޮމުގެ ހަމަލާ

ލަންކާގައި ހަމަލާދިން މީހުންގެ މައުލޫމާތު އާންމުކޮށްފި

ހަމަލާ ދިނުމުގައި ބައިވެރިވީ އަށް ފިރިހެނުންނާ އަންހެނަކު

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 2 މެއި 2019 | ބުރާސްފަތި 10:15
ހަމަލާގައި ބައިވެރިވީ މީހުން ނަމާ އެކު

ހަމަލާގައި ބައިވެރިވީ މީހުން ނަމާ އެކު

މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު (އީސްޓަރ ސަންޑޭ) ގައި ލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި ބައިވެރިވީ ނުވަ މީހެއްގެ ވަނަވަރު އާންމުކޮށް، އެ މީހުންގެ މުދާ ހިފަހައްޓަން ނިންމައިފިއެވެ.

ލަންކާ ފުލުހުންގެ ތަރުޖަމާނު ރުވާން ގުނަސެކަރަ ވިދާޅުވީ އެ މީހުންގެ މުދާ ހިފަހައްޓަން ނިންމާފައި ވަނީ، ޓެރަރިޒަމް އަށް ހަރަދުކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ލިބިދީފައިވާ ބާރުގެ ތެރެއިން ކަމަށެވެ.

ގުނަސޭކަރަ ވަނީ ލަންކާގެ ލަކްޒަރީ ދެ ހޮޓާ ކަމުގައިވާ ޝަންގްރީ-ލާއަށާއި ސިނަމަން ގްރޭންޑް ހޮޓަލަށް ދިން ހަމަލާގައި، ލަންކާގެ މުއްސަަންދި ވިޔަފާރިވެރިއެއް ކަމުގައިވާ މުހައްމަދު ޔޫސުފް އިބްރާހިމްގެ ދެބެއިން ބައިވެރިވެފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ. އެ ދެބެއިންގެ ތެރެއިން އިލްހާމް އަހްމަދު ޝަންގްރީ-ލާއަށް ދިން ހަމަލާގައި ބައިވެރިވެފައިވާ އިރު، އޭނާގެ ބޭބެ އިންސާފް އަހްމަދު ގޮއްވާލީ ސިނިމަން ގްރޭންޑް ހޮޓަލުގައެވެ.

މި ހަމަލާގެ މޭސްތިރިކަމަށް ބުނާ ޒަހްރާން ހާޝިމް އިލްހާމާ އެކު ޝަންގްރީ-ލާއަށް ދިން ހަމަލާގައި ބައިވެރިވެފައިވާ އިރު، ޝަންގްރީ-ލާއަށް ދިން ހަމަލާ ފިޔަވައި އެހެން ހުރިހާ ތަނަކަށް ވެސް ހަމަލާދީފައި ވަނީ އެކަކެވެ. ޒަހްރާން ހާޝިމްއަކީ މި ހަމަލާގެ ޒިންމާ ލަންކާގެ ފުލުހުން އަޅުވާފައިވާ ނެޝަނަލް ތައުހީދު ޖަމާއަތު (އެންޓީޖޭ) ގެ ލީޑަރެވެ.

ތިންވަނައަށް ހަމަލާދިން ކިންގްސްބަރީ ހޮޓަލަށް ހަމަލާދިނީ މުހައްމަދު އައްޒާމް މުބާރަކް މުހައްމަދު ނަމަކަށް ކިޔާ މީހެކެވެ. އޭނާގެ އަންހެނުން ހުރީ ފުލުހުންގެ ބަންދުގައި ކަމަށް ގުނަސޭކަރަ ވިދާޅުވިއެވެ. މުހައްމަދު އައްޒާމް މުބާރިކަކީ ކޮލަމްބޯގެ ރައްޔިތެކެވެ.

ސެއިންޓް އެންތޮނީސް ޗަރޗަށް އަހްމަދު މުއާޒް ނަމަކަށް ކިޔާ މީހަކު ހަމަލާދިން އިރު، އޭނާގެ ބޭބެ ވަނީ ހައްޔަރުކޮށްފައެވެ. ސެއިންޓް ސެބެސްޓިއަން ޗާޗަށް ހަމަލާދިނީ ލަންކާގެ އިރުމަތީގެ އަވަށެއް ކަމުގައިވާ ވަލައްޗްނޭއަށް ނިސްބަތްވާ މުހައްމަދު ހަސްތުން ނަމަކަށް ކިޔާ މީހެކެވެ. އަދި ބަޓިކްލޯގައި ހުންނަ ޒިއޯން ޗާޗަށް ހަމަލާދިނީ ޒަހްރާން ހާޝިމް ނިސްބަތްވާ ކާއްތަންކުޑީގެ ރައްޔިތެއް ކަމުގައިވާ މުހައްމަދު ނަސީރު މުހައްމަދު އައްސަދެވެ.

ދެހިވަލައިގައި ހުންނަ "ޓްރޮޕިކަލް އިން" ގެސްޓް ހައުސްއަށް ހަމަލާދިނީ އަބްދުލް ލަތީފް ޖަމީލް މުހައްމަދެވެ. އޭނާ ގެސްޓް ހައުސްގައި ހަށި ގޮއްވާލައިގެން ހަމަލާދިނީ، ތާޖް ސަމުދްރާއަށް ހަމަލާދޭން އުޅެ ނާކާމިޔާބުވުމާއި ގުޅިގެންނެވެ. އޭނާއަކީ އޮސްޓްރޭލިއާއާއި އިނގިރޭސިވިލާތުން ކިޔަވައިގެން ހުރި މީހެކެވެ. ބެލެވޭ ގޮތުގައި މި ހަމަލާގައި ގޮއްވާލި ބޮންތައް އުފެއްދުމުގައި އެންމެ އިސްކޮށް އުޅުނީ އަބްދުލް ލަތީފެވެ. އޭނާއަކީ އައިސިސްއާ ގުޅިގެން ސީރިޔާގައި ހަނގުރާމަ ކުރުމަށް ފަހު އަނބުރާ ލަންކާއަށް އައިސްފައިވާ މީހެކެވެ.

ހަމަލާގައި ބައިވެރިވި ހަމައެކަނި އަންހެން މީހާ ކަމުގައިވާ، ފާތިމާ އިލްހާމް ބޮން ގޮއްވާލީ ފުލުހުން އޭނާ ދިރިއުޅޭ ގެ ބަލާފާސްކުރަން ދިޔުމުންނެވެ. ފާތިމާއަކީ މި ހަމަލާގައި ބައިވެރިވި އިލްހާމް އަހްމަދުގެ އަންހެނުންނެވެ. އޭނާ ހަށިގޮއްވާލައިގެން ދިން ހަމަލާގައި އޭނާގެ ދެ ދަރިންނާ ތިން ފުލުހަކު މަރުވެފައިވާ އިރު، ހަމަލާދިން އިރު އޭނާ އިނީ ތިންވަނަ ދަރިއަކަށް ބަލިވެއެވެ.

އީސްޓަރ ސަންޑޭގައި ލަންކާގައި ދިން ހަމަލާގައި 260އަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު، އޭގެ ތެރޭގައި 40 އަށް ވުރެ ގިނަ ކުޑަކުދިންނާއި ބޭރުގެ ގައުމުތަކަށް ނިސްބަތްވާ 36 މީހަކު ހިމެނެއެވެ. މި ހަމަލާތަކާއި ގުޅިގެން ލަންކާ ފުލުހުން ކުރިޔަށް ގެންދާ އޮޕަރޭޝަންގައި 100 އަށް ވުރެ ގިނަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިޔަންމާގެ މުސްލިމުންނަށް ހަމަލާދިން ދެމީހަކު ހައްޔަރުކޮށް އިތުރު ބަޔަކު ހޯދަނީ

މިޔަންމާގެ މުސްލިމުންނަށް ހަމަލާދިން ދެމީހަކު ހައްޔަރުކޮށް އިތުރު ބަޔަކު ހޯދަނީ

13 މެއި 2017
ޕެރިހުގައި ހަމަލާ ދިން މީހާގެ ނަން އާންމުކޮށްފި

ޕެރިހުގައި ހަމަލާ ދިން މީހާގެ ނަން އާންމުކޮށްފި

22 އެޕްރީލު 2017
ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

17 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

05 އެޕްރީލު 2017
އިނގިރޭސި ޕާލިމެންޓަށް ދިން ހަމަލާ: މިހާތަނަށް ލިބިފައިވާ މައުލޫމާތު

އިނގިރޭސި ޕާލިމެންޓަށް ދިން ހަމަލާ: މިހާތަނަށް ލިބިފައިވާ މައުލޫމާތު

22 މާރިޗު 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު