Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމިޔަންމާ

މިޔަންމާގެ މުސްލިމުންނަށް ހަމަލާދިން ދެމީހަކު ހައްޔަރުކޮށް އިތުރު ބަޔަކު ހޯދަނީ

މިއީ މިފަދަ މައްސަލައެއްގައި ބަޔަކު ހައްޔަރުކުރި ފުރަތަމަ ފަހަރު

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 13 މެއި 2017 | ހޮނިހިރު 13:17
މިޔަންމާގެ ބުޑިސްޓުން ހަމަލާދީފައިވާ މުސްލިމުންގެ ގެއެއް ސާފުކުރަނީ

މިޔަންމާގެ ބުޑިސްޓުން ހަމަލާދީފައިވާ މުސްލިމުންގެ ގެއެއް ސާފުކުރަނީ

ނިމިގެންދިޔަ ހަފްތާގައި މިޔަންމާގެ އިޤުތިޞާދީ ވެރިރަށް، ޔަންގޮންގައި ގިނަ އަދެއްގެ މުސްލިމުން ދިރިއުޅޭ ސަރަޙައްދެއްގެ ގެތަކަށް ވަދެ، މުސްލިމުންނަށް ހަމަލާދިން މައްސަލައިގައި ހަރުކަށި ފިކުރުގެ ދެ ބުޑިސްޓުން ހައްޔަރުކޮށް، އިތުރު ބަޔަކު ހޯދަން ފަށައިފިއެވެ.

ހަރުކަށި ފިކުރުގެ ހާމުދުރުންގެ ޖަމާޢަތެއް ކަމުގައިވާ ޕެޓްރިއޯޓިކް މޮންކްސް ޔޫނިއަން (ޕީއެމްޔޫ) ގެ ހާމުދުރުން އިސްވެ ތިބެ، ނިމިގެންދިޔަ ހަފްތާގެ އަންގާރަ ދުވަހު ޔަންގޮންގެ މިންގަލާ ޓޯންގް ޔުންތު ޑިސްޓްރިކްޓްގެ މުސްލިމުން ދިރިއުޅޭ ސަރަޙައްދުގެ ގެތަކާއި ފްލެޓްތަކަށް ވަދެ، ހިންގި ޖަރީމާތައް ހުއްޓުވާފައި ވަނީ ފުލުހުން ބާރުގެ ބޭނުންކޮށް، ވަޔަށް ބަޑިޖަހައިގެންނެވެ.

މީގެ ދެ ހަފްތާ ކުރިން، ހަމަ މި ޖަމާޢަތް އިސްވެ ތިބެ ވަނީ މުސްލިމު ދެ ސްކޫލަކަށް ވަދެ ހަމަނުޖެހުން ހިންގައި އެ ދެތަން ގަދަކަމުން ބަންދުކޮށްފައެވެ.

ހަމަނުޖެހުން ހިނގި ސަރަޙައްދުގެ ފުލުހުންގެ އިސްވެރިޔާ، ޕޮލިސް މޭޖަރ ޚިން މޯންގް އޫ ވިދާޅުވެފައި ވަނީ މި މައްސަލައާއި ގުޅިގެން އިތުރު ބަޔަކު މިހާރު ހޯދަމުންދާ ކަމަށެވެ.

ރެއިން ފެށިގެން، މި މައްސަލައިގަ ދެ މީހަކު ހައްޔަރުކޮށްފިން. ހަމަލާތަކުގަ ބައިވެރިވި އިތުރު ބަޔަކު ވެސް މި ދަނީ ހޯދަމުން

"ޑިމޮކްރަސީގެ މަންމަ" އަން ސަން ސޫކީގެ ސަރުކާރަށް 13 މަސްދުވަސް ވެގެންދިޔައިރު، ކުރިމަތިވި ގިނަ ފާޑުކިޔުންތަކާއި އެކު، މިޔަންމާގެ މުސްލިމުންނަށް ބުޑިސްޓުން ދެމުންދާ ހަމަލާތައް ހުއްޓުވުމަށް ކޮންމެވެސް ވަރެއްގެ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. ނަމަވެސް މިފަދަ މައްސަލައެއްގައި މިފަދަ މިންވަރަކަށް ވެސް ހަރުކަށި ފިޔަވަޅެއް އަޅައި، ބަޔަކު ހައްޔަރު ކުރި މިއީ ފުރަތަމަ ފަހަރެވެ.

މުސްލިމުންނަށް ހަމަލާދިން މައްސަލައިގައި ބަޔަކު ހައްޔަރުކޮށް އިތުރު ބަޔަކު ހޯދަމުންދާއިރު، މިސްކިތްތަކާއި މުސްލިމުން އެއްވެއުޅޭ އެހެން ސަރަޙައްދުތަކުގައި މިޔަންމާގެ ސިފައިން ވަނީ ފޯރިމަރަން ފަށާފައެވެ.

މިޔަންމާގެ ބިން ލާދިންގެ ނަމުން މަޝްހޫރުވެފައިވާ ހަރުކަށި ހާމުދުރުންގެ ލީޑަރު އަޝިން ވިރާތޫ ޓައިމް މެގަޒިންގެ ކަވަރުގައި

ޓައިމް ނެޒިންގައި މުސްލިމުންނަށް އަމާޒުކޮށް މިހާރު ހަމަލާދެމުންދާ ޕެޓްރިއޯޓިކް މޮންކްސް ޔޫނިއަނުން ބުނެފައިވާ ގޮތުގައި އެ ޖަމާޢަތުން މިހާރު ދެމުންދާ ހަމަލާތަކަކީ، އެ ޤައުމުގެ ހަރުކަށި ހާމުދުރުންގެ މައި ޖަމިއްޔާ މަ-ބާ-ތާ އާއި ގުޅުންހުރި ހަމަލާތަކެއް ނޫނެވެ. މުސްލިމުންނާ ދެކޮޅަށް މީގެ ކުރިން ބޮޑެތި ޖަރީމާތަކެއް ހިންގާފައިވާ މަ-ބާ-ތާ ޖަމާޢަތަކީ، މިޔަންމާގެ ބިން ލާދިންގެ ނަމުން މަޝްހޫރުވެފައިވާ ހަރުކަށި ހާމުދުރު އަޝިން ވިރާތޫ ވެސް ނިސްބަތްވާ ޖަމާޢަތެވެ.

އިތުރަށް ކިޔާލަން

10 މާރިޗު 2017

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

10 މާރިޗު 2017
ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި
10 މާރިޗު 2017

ޖަރުމަނުގައި ކުދިން މަރާ މީހާ ހައްޔަރުކޮށްފި

10 މާރިޗު 2017
ޖަރުމަނުގައި ކުދިން މަރާ މީހާ ހައްޔަރުކޮށްފި
07 މާރިޗު 2017

ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި

07 މާރިޗު 2017
ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި
07 މާރިޗު 2017

ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި

07 މާރިޗު 2017
ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި
24 ފެބުރުއަރީ 2017

ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި

24 ފެބުރުއަރީ 2017
ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި
18 ފެބުރުއަރީ 2017

ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

18 ފެބުރުއަރީ 2017
  ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި
14 ފެބުރުއަރީ 2017

އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި

14 ފެބުރުއަރީ 2017
އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި
05 ފެބުރުއަރީ 2017

މުސްލިމުންނަށް އެމެރިކާއަށް ވަދެވޭގޮތް ހަދައިފި

05 ފެބުރުއަރީ 2017
މުސްލިމުންނަށް އެމެރިކާއަށް ވަދެވޭގޮތް ހަދައިފި
04 ފެބުރުއަރީ 2017

މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި

04 ފެބުރުއަރީ 2017
މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި
12 ޖެނުއަރީ 2017

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

12 ޖެނުއަރީ 2017
މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު