Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޕީއެލް ބަހުގެ ޚިދުމަތް

ބަހަށް އަރާ ފަސިންޖަރުންގެ ސަލާމަތާ މެދު ރައްކާތެރިވުމަށް އެމްޕީއެލް އިން ޑްރައިވަރުންނަށް އަންގައިފި

ޤަވާއިދާ ޚިލާފުވާ ޑްރައިވަރުންނާ މެދު ފިޔަވަޅުއަޅަނީ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 1 މެއި 2019 | ބުދަ 10:03
އެމްޕީއެލް ބަހުގެ ޚިދުމަތް

އެމްޕީއެލް ބަހުގެ ޚިދުމަތް

މާލެ އާއި ހުޅުމާލެއާ ދެމެދު އެމްޕީއެލް އިން ދެމުން އަންނަ ބަސް ދަތުރުގެ ޚިދުމަތްދޭ އިރު ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމާ މެދު އިތުރަށް ސަމާލުވުމަށް އެ ކުންފުނިން ބަސް ޑްރައިވަރުންނަށް އަންގައިފިއެވެ.

އެކަމާ ގުޅޭ ގޮތުން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ، ސްޕީޑް ލިމިޓަށް ވުރެ ބާރަށް ބަސް ދުއްވުމާއި، ފަަސިންޖަރުން ބަހަށް އަރައި ތައްޔާރު ނުވެވެނީސް ބައެއް ޑްރައިވަރުން ބަސް ދުއްވާކަމުގެ ޝަކުވާ ލިބޭ ކަމަށާއި، އެކަމާ ގުޅިގެން ކުންފުނިން ޑްރައިވަރުންނަށް ސާރކިއުލާރއެއް ވެސް ފޮނުވާފައިވާނެ ކަމަށެވެ.

ޝާހިދު އެހެން ވިދާޅުވެފައިވާއިރު، ފަސިންޖަރުންނަށް ބެލުމެއް ނެތި ބަސް ދުއްވުމުގެ ސަބަބުން އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ހުޅުމާލެ އިން ކުޑަ ކުއްޖަކު އުރައިގެން އައި އަންހެނެއް ބަހުގެ މަތީ ބަޔަށް އަރަން އުޅުމުގެ ތެރޭގައި ވެއްޓި އޭނާއަށް ވަނީ ހޮސްޕިޓަލުގައި ފަރުވާދީފައެވެ. އެ ގޮތުން އޭނާގެ ފައިގެ ކަށިގަނޑު ފްރެކްޗަރ ވެފައިވާ ކަމަށާއި، އޭނާ އުރައިގެން ހުރި ކުއްޖާގެ ބޮލަށް ވެސް ގެއްލުންތަކެއް ވެފައިވާ ކަމަށް އާއިލާއިން "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއެވެ.

އެކަމާ ގުޅިގެން ޝާހިދު ވިދާޅުވީ، އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ޝަކުވާ ކުންފުންޏަށް ހުށައެޅިފައިވާ ކަމަށާއި، އެކަމާ ގުޅިގެން އަންހެން މީހާގެ ފަރުވާގެ ޚަރަދުތައް ކުންފުނިން ހަމަޖައްސައި ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި ބިލްތައް ކުންފުންޏަށް ހުށައެޅުމުން ކުންފުނިން ޚަރަދުތައް ބަލަހައްޓައިދޭނެ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ، އެ މައްސަލައިގައި ބަސް ދުއްވި ޑްރައިވަރުގެ މައްޗަށް ފުލުހުން ވެސް ޚާއްސަ ތަހުޤީޤެއް ހިންގަމުންދާ ކަމަށާއި، އިހުމާލުވެފައިވާ ނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެފަދަ ހާދިސާތައް ހިނގާ މިންވަރު މަދު ކުރުމަށްޓަކައި މުހިއްމު ފިޔަވަޅުތަކެއް އަޅާފައިވާނެ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ. އެގޮތުން ސްޕީޑް ލިމިޓް މޮނިޓަރ ކުރުމަށް ގިނަ ބަސްތަކުގައި ޓްރެކަރ ހަރުކޮށްފައިވާނެ ކަމަށާއި، ޤަވާއިދުތަކާ ޚިލާފުވާ ފަރާތްތަކާ މެދު އޮންނަ އުސޫލުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ކޮންމެ ޑްރައިވަރެއް ވެސް ބަސް ދުއްވަން ފެށުމުގެ ކުރިން ބަހުގައި ތިބި ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ޑްރައިވަރުންނަށް ވަނީ އަންގާފައެވެ.

ބަސް ދަތުރު ކުރުމަށް ގިނަ ޖޮންޖެހުންތައް ހުރި ނަމަވެސް މި މަސައްކަތް ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި، އެގޮތުން ބަހުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދައި، ވަގުތުން ހައްލު ކުރެވޭނެ ކަންކަމަށް އެޓެންޑްވަމުންދާ ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

ދާދި ފަހުން ވެމްކޯގެ އުޅަނދެއް ވެސް ނުރައްކާ ގޮތެއްގައި ބާރު ސްޕީޑެއްގައި ދުއްވާ ވީޑިއޯއެއް އާންމުވުމާ ގުޅިގެން ވެސް ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

18 ފެބުރުއަރީ 2017
ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް
16 ފެބުރުއަރީ 2017

ޙައްގުތަށް ހޯދަން ހިޔާރުކުރާ މަގާމެދު ވިސްނާލަންޖެހޭ: ރައީސް ޔާމީން

16 ފެބުރުއަރީ 2017
ޙައްގުތަށް ހޯދަން ހިޔާރުކުރާ މަގާމެދު ވިސްނާލަންޖެހޭ: ރައީސް ޔާމީން
15 ފެބުރުއަރީ 2017

އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި

15 ފެބުރުއަރީ 2017
އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި
13 ފެބުރުއަރީ 2017

ފުވައްމުލަކަށް ދަތުރު ކުރި "ނާރެސް ބޯޓް" ފަރަށް އަރާއިފި

13 ފެބުރުއަރީ 2017
ފުވައްމުލަކަށް ދަތުރު ކުރި "ނާރެސް ބޯޓް" ފަރަށް އަރާއިފި
04 ފެބުރުއަރީ 2017

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު