Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޙަސަން ލުތުފީ

އޭސީސީގެ ރައީސް ލުތުފީ ވަޒީފާ އަށް ނުނިކުންނަވައި މުސާރަ ނަންގަވާތާ ތިން މަސް ވަނީ

ވަޒީފާއަށް ނުކުންނެވުން ހުއްޓަވާލެއްވީ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު ޗުއްޓީއަށް ވަޑައިގެންނެވި ގޮތަށް

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 30 އެޕްރީލު 2019 | އަންގާރަ 09:57
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ޙަސަން ލުތުފީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ޙަސަން ލުތުފީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ޙަސަން ލުތުފީ ވަޒީފާއަށް ނުނިކުންނަވާ މުސާރަ ނަންގަވަމުން ގެންދަވާތާ ތިން މަސް ވާން ކައިރިވެފައިވާ ކަމަށް ރާއްޖެއެމްވީއަށް މަޢުލޫމާތު ލިބިއްޖެއެވެ.

އޭސީސީގެ މަސްދަރަކުން ބުނީ، މި އަހަރުގެ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުން ފެށިގެން ލުތުފީ އޮފީހަށް ނުނިކުންނަވާ ކަމަށެވެ. އެގޮތުން ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު ލުތުފީ ވަޑައިގެންނެވީ އަހަރީ ޗުއްޓީއަށް ކަމަށާއި، ނަމަވެސް މިހާރު ޗުއްޓީ ހަމަވެ، ވަޒީފާގެ އެހެނިހެން ލުއިތައް ވެސް ހަމަވެފައިވާ ކަމަށް މައުލޫމާތު ދިން ފަރާތުން ވަނީ ބުނެފައެވެ. އަދި މި މުއްދަތުގައި ލުތުފީ ފުރިހަމަ މުސާރަ ވެސް ނަންގަވަމުން ގެންދަވާކަން އޭސީސީގެ މަސްދަރު ވަނީ ޔަޤީންކޮށްދީފައެވެ.

Advertisement - newsAdvertisement

ވަޒީފާއަށް ނުކުންނެވުން ހުއްޓަވާލެއްވިއިރު، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ތަޙުޤީޤު ރިޕޯޓާ ގުޅިގެން ލުތުފީއަށް ވަނީ ރައްޔިތުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެފައެވެ. އަދި ފެބްރުއަރީ މަހު ޗުއްޓީއަށް ވަޑައިގެންނެވިއިރު، ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ޕްލެޓް ލިބިވަޑައިނުގަތުމުން، އެކަމާ ހިތްހަމަޖެހިވަޑައިނުގެން ލުތުފީ ވަނީ ފްލެޓް ހޯއްދެވުމަށް ދައުލަތާއި ދެކޮޅަށް ދައުވާ ވެސް ކުރައްވާފައެވެ.

އަދި ލުތުފީ އޮފީހަށް ނުކުންނެވުން ހުއްޓަވާލައްވާފައިވާއިރު، ފުލުހުން ދަނީ ލުތުފީ އާއި ދެކޮޅަށް މަނީ ލޯންޑްރިންގ އާއި ގުޅޭ މައްސަލައެއް ބަލަމުންނެވެ. ލުތުފީއާ ދެކޮޅަށް ފުލުސް އޮފީހަށް މައްސަލަ ހުށަހެޅީ، މަނީ ލޯންޑްރިންގ އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމަށް، މަރުކަޒީ ބޭންކު، އެމްއެމްއޭގައި އުފައްދާފައި އޮންނަ ގައުމީ އިދާރާ، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިންނެވެ. ރާއްޖެއެމްވީއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ލުތުފީ އާއި ދެކޮޅަށް ބަލަމުންދާ މައްސަލައަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑްރިންގގެ މައްސަލައަކާއި ގުޅިގެން އެފްއައިޔޫއިން އޭސީސީއަށް ފޮނުވި ސިއްރު ސިޓީތަކެއް، ކޮމިޝަންގެ އެހެން މެންބަރުންނާއި ހިއްސާ ނުކުރައްވައި އެ ސިޓީތައް ފޮރުވި މައްސަލައެކެވެ.

އޮފީހަށް ނުނިކުންނަވާ ސަބަބު ބެލުމަށް ލުތުފީ އަށް ގުޅުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު