Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާގެ ބޮމުގެ ހަމަލާތައް

ލަންކާގެ ބޮމުގެ ހަމަލާ: އާދީއްތަ ދުވަހުގެރޭ ހުރިހާ ސަރަހައްދެއްގައި ކަރފިއު ނުހިންގާ

28 އެޕްރީލު 2019 | އާދީއްތަ 17:21

ވޭތުވެދިޔަ 24 ގަޑިއިރު ހިންގި އޮޕަރޭޝަނުގައި ތުހުމަތު ކުރެވޭ 48 މީހަކު ހައްޔަރުކުރި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 28 އެޕްރީލު 2019 | އާދީއްތަ 17:21
ބޮމުގެ ހަމަލާގެ މޭސްތިރިކަމަށް ޝައްކުކުރެވޭ ޒަހްރާން ހާޝްމީ އުޅޭ ގެއެއް ބަލާ ފާސްކުރީ ހަމަލާ ރޭވުމަށް އެތަން ބޭނުން ކުރިކަމުގެ ތުހުމަތުގައި

ބޮމުގެ ހަމަލާގެ މޭސްތިރިކަމަށް ޝައްކުކުރެވޭ ޒަހްރާން ހާޝްމީ އުޅޭ ގެއެއް ބަލާ ފާސްކުރީ ހަމަލާ ރޭވުމަށް އެތަން ބޭނުން ކުރިކަމުގެ ތުހުމަތުގައި

ސްރީލަންކާގެ ބޮމުގެ ހަމަލާއަށް ހަފްތާއެއް ވީއިރު އެ ގައުމުގެ ހުރިހާ ސަރަހަދެއްގައި އާދީއްތަ ދުވަހުގެ ރޭ ކަރފިއު ނުހިންގާނެ ކަމަށް ފުލުހުންގެ ތަރުޖަމާނު އެސްޕީ ރުވާން ގުނަސޭކަރަ ވިދާޅުވެއްޖެއެވެ.

ކަލުމުނެއި،ސަމަންތުރެއި އަދި ޗާވަލަކަޑައިގައި ހަވީރު 5ން ފެށިގެން ކަރފިއު ކުރިޔަށް ގެންދެއެވެ. ތަރުޖަމާނު ވިދާޅުވިގޮތުގައި އެ ސަރަހައްދުތަކުގައި އިތުރު އެންގުމެއް އަންގަންދެން ކަރފިއު ހިންގާނެއެވެ.

މީގެ އިތުރުން ފުލުހުންގެ ތަރުޖަމާނުވަނީ ވޭތުވެދިޔަ 24 ގަޑިއިރު ހިންގި އޮޕަރޭޝަނުގައި ތުހުމަތު ކުރެވޭ 48 މީހަކު ހައްޔަރު ކޮށްފައިވާކަމަށް ބުނެފައެވެ.

އޮޕަރޭޝަން ހިންގާފައިވަނީ ފުލުހުންނާއި އަސްކަރިއްޔާ އަދި ފުލުހުންގެ ސްޕެޝަލް ޓާސްކް ފޯސްގުޅިގެންނެވެ.

އާދީއްތަ ދުވަހު ފުލުހުން ވަނީ ބޮމުގެ ހަމަލާތަކުގެ މޭސްތިރި ކަމަށް ޝައްކުކުރެވޭ ޒަހްރާން ހާޝްމީ ދިރިއުޅޭ ކަމަށް ބެލެވޭ ގެއެއް ބަލާ ފާސްކޮށްފައެވެ

ބަޓިކަލޯގައި ހުންނަ މި ގެ ބަލާ ފާސްކުރުމަށް ފަހު ގެ ބަލަހައްޓާ ފަރާތްވަނީ ހައްޔަރު ކޮށްފައެވެ. މި ގޭގެ ތެރެެއިން ހަމަލާގައި ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ އެއްވެސް އެއްޗެއް ފެނިފައި ނުވި ނަމަވެސް ޓާސްކް ފޯސްއިން ގަބޫލުކުރާ ގޮތުގައި އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ދިން ހަމަލާތައް ރޭވުމުގައި އެ ގެ ބޭނުން ކޮށްފައިވެއެވެ.

ލަންކާގައި ދީފައިވާ މި ހަމަލާ އަމާޒު ކޮށްފައިވަނީ ޓޫރިސްޓް ތިން ހޮޓަލަކަށާއި ތިން ކްރިސްޓިއަނުންގެ ތިން ފައްޅިއަކަށެވެ.

އެކުއެކީގައި ދިން ހަމަލާތައް ފުރަތަމަ އަމާޒުވި ހޮޓާތަކުގެ ތެރޭގައި ޝަންގްރީލާގެ އިތުރުން ކިންގްސްބަރީ އާއި ސިނަމަން ހިމެނެއެވެ.

މީގެ އިތުރުން އެ ވަގުތުގައި ދިން ހަމަލާތައް ދެން އަމާޒުވެފައި ވަނީ ނިގަމްބޯއާއި، ބަޓިކަލޯއާ އަދި ކޮލަމްބޯގެ ކޮއްޗިކަޑައިގެ ތިން ފައްޅިއަކަށެވެ.

އޭގެ ފަހުން ވެސް އިތުރު ތަންތަނަށް ހަމަލާ ދީފައިވެއެވެ. މި ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 253 އަށް އަރައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
17 ޖެނުއަރީ 2017

ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

17 ޖެނުއަރީ 2017
ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި
16 ޖެނުއަރީ 2017

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް