Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުމޯތީ މަހަލް ރެސްޓޯރަންޓް

ތަންދޫރީއަށް ހާއްސަ މޯތީ މަހަލް ހުޅުވައިފި

24 އެޕްރީލު 2019 | ބުދަ 22:15

ރެސްޓޯރަންޓް ހުޅުއްވައިދެއްވީ ޔޫތު މިނިސްޓަރު މަހުލޫފް

އަމަން ހަލީމް
އަމަން ހަލީމް | 24 އެޕްރީލު 2019 | ބުދަ 22:15
މޯތީ މަހަލް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

މޯތީ މަހަލް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

މަޝްހޫރު ތަންދޫރީ އާއި ބަޓަރ ޗިކަން ފަދަ ކެއުންތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމުގައި މުޅި ދުނިޔޭގެ މަޝްހޫރުކަން ހޯދާފައިވާ "މޯތީ މަހަލް" ރެސްޓޯރަންޓް ރާއްޖޭގައި ހުޅުވައިފިއެވެ.

ބުދަ ދުވަހުގެ ރޭ އޮތް ރެސްޓޯރަންޓް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހުލޫފްއެވެ. މި ރަސްމިއްޔާތުގައި "މޯތީ މަހަލް" ރެސްޓޯރަންޓް ފްރެންޗައިޒްގެ އެމްޑީ މޮނިޝް ގުޖްރާލް ވެސް ބައިވެރިވިއެވެ.

މާފަންނުކޮޅުގައި ހުންނަ ރަސްފަންނު ޕެވިލިއަންގައި ހަދާފައި ހުރި މޯތީ މަހަލްއަކީ އިންޑިއާގެ ކެއުންތަކަށް ހާއްސަ ރެސްޓޯރަންޓެކެވެ. މި ރެސްޓޯރަންޓުން މަޝްހޫރުކަން ހޯދާފައިވާ ބަޓަރ ޗިކަން އާއި ތަންދޫރީގެ އިތުރުން އިންޑިއާގެ އެހެން ކެއުންތައް ވެސް ލިބެއެވެ. މޯތީ މަހަލްގެ ކެއުންތައް ތަފާތުވާ ކަމަކީ މިއީ މުޅި ދުނިޔެ މިހާރު މިދެކޭ އިންޑިއަން ފުޑްގެ މޭސްތިރި ކަމަށް ބުނާ ކުންޑަން ލާލް ގުޖްރާލްގެ ރެސިޕީތަކަށް ތައްޔާރުކޮށްފައިވާ ކެއުންތަކަކަށް ވުމެވެ.

މޯތީ މަހަލްއަކީ މީގެ 99 އަހަރު ކުރިން މޮނިޝްގެ ކާފަ ކުންޑަން ލާލް ގުޖްރާލް ހުޅުވި ކުޑަކުޑަ ކެފޭއެކެވެ. މިއަދު މި ނަމުގައި ފްރެންޗައިޒް އުސޫލުން އިންޑިއާގެ އެކި އަވަށްތަކުގައި 100އަށް ވުރެ ގިނަ ރެސްޓޯރަންޓް ހުންނަ އިރު، މެދުއިރުމަތީގައި ވެސް މި ރެސްޓޯރަންޓްގެ ފްރެންޗައިޒްއެއް ހުރެއެވެ.

ކުރިޔަށް އޮތް ތަނުގައި ހުޅަނގުގެ ގައުމުތަކަށާއި އެފްރިކާ ބައްރުގެ ގައުމުތަކުގައި ވެސް ފްރެންޗައިޒް އުސޫލުން ރެސްޓޯރަންޓްތައް ހުޅުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް މޯތީ މަހަލް ހިންގާ މޯތީ މަހަލް ޑިލަކްސް މެނޭޖްމަންޓް ސާރވިސަސްއިން ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

29 މާރިޗު 2017

ޔޫރަޕްގެ ހައުސްހޯލްޑް ޕްރޮޑަކްޓްތަކާއެކު "ނަމްސް" ގެ އާ ފިހާރައެއް ހުޅުވައިފި

29 މާރިޗު 2017
 ޔޫރަޕްގެ ހައުސްހޯލްޑް ޕްރޮޑަކްޓްތަކާއެކު "ނަމްސް" ގެ އާ ފިހާރައެއް ހުޅުވައިފި
11 މާރިޗު 2017

ވެލިގާ ހާޑްވެގައި ސެލީސްގެ ހާއްސަ ޕޮރޮމޯޝަނެއް ފެށުން

11 މާރިޗު 2017
ވެލިގާ ހާޑްވެގައި ސެލީސްގެ ހާއްސަ ޕޮރޮމޯޝަނެއް ފެށުން
05 މާރިޗު 2017

އޭއެޗް ބްރަދާސްގެ އައު ފިހާރައެއް ހުޅުވައިފި

05 މާރިޗު 2017
އޭއެޗް ބްރަދާސްގެ އައު ފިހާރައެއް ހުޅުވައިފި
23 ފެބުރުއަރީ 2017

ހީވާގި ކަނބަލުން 2017 އެކްސްޕޯ ހުޅުވައިފި

23 ފެބުރުއަރީ 2017
ހީވާގި ކަނބަލުން 2017 އެކްސްޕޯ ހުޅުވައިފި
23 ފެބުރުއަރީ 2017

ހޯރަފުށްޓާއި އިހަވަންދޫގައި ބީއެމްއެލްގެ ބްރާންޗް ހުޅުވައިފި

23 ފެބުރުއަރީ 2017
ހޯރަފުށްޓާއި އިހަވަންދޫގައި ބީއެމްއެލްގެ ބްރާންޗް ހުޅުވައިފި
19 ފެބުރުއަރީ 2017

އައްޑޫގައި ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރެއް ހުޅުވައިފި

19 ފެބުރުއަރީ 2017
އައްޑޫގައި ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރެއް ހުޅުވައިފި
18 ފެބުރުއަރީ 2017

ބީއެމްއެލް އިން ޑޮލަރަށް ހާއްސަ އޭޓީއެމް ސެންޓަރެއް ގާއިމްކޮށްފި

18 ފެބުރުއަރީ 2017
ބީއެމްއެލް އިން ޑޮލަރަށް ހާއްސަ އޭޓީއެމް ސެންޓަރެއް ގާއިމްކޮށްފި
15 ފެބުރުއަރީ 2017

ދި މެންހަޓަން ފިޝް މާކެޓް ރާއްޖޭގައި ހުޅުވައިފި

15 ފެބުރުއަރީ 2017
ދި މެންހަޓަން ފިޝް މާކެޓް ރާއްޖޭގައި ހުޅުވައިފި
08 ފެބުރުއަރީ 2017

އުރީދޫއިން ބޮލީވުޑަށް ހާއްސަ އިރޯސްނައޮ ޕްލެޓްފޯމް ތައާރަފްކޮށްފި

08 ފެބުރުއަރީ 2017
އުރީދޫއިން ބޮލީވުޑަށް ހާއްސަ އިރޯސްނައޮ ޕްލެޓްފޯމް ތައާރަފްކޮށްފި
13 ޖެނުއަރީ 2017

މަޖީދީ މަގުގައި ޕޮއިސްގެ އާ ޝޯ ރޫމެއް ހުޅުވައިފި

13 ޖެނުއަރީ 2017
މަޖީދީ މަގުގައި ޕޮއިސްގެ އާ ޝޯ ރޫމެއް ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް