Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ލަންކާގައި ދިން ބޮމުގެ ހަމަލާ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ

ވީޑިއޯގައި ތިބި މީހުން ވަނީ އަބޫ ބަކުރު އަލް ބަގްދާދީއަށާއި އައިސިސްއަށް ބައްޔަތު ހިފާފައި

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 23 އެޕްރީލު 2019 | އަންގާރަ 19:07
ލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި ގެއްލުން ލިބުނު ޗާޗެއް

ލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި ގެއްލުން ލިބުނު ޗާޗެއް

ލަންކާގައި މިދިޔަ އާދިއްތަ ދުވަހު ޖާނުން ފިދާވެގެން ދިން ނުރައްކާތެރި ބޮމުގެ ހަމަލާތަކުގެ ޒިންމާ ހަރުކަށި އިސްލާމީ ފިކުރުގެ ޖަމާއަތެއް ކަމުގައިވާ އިސްލާމިކް ސްޓޭޓް (އައިސިސް) އިން ނަގައިފިއެވެ.

އައިސިސްގެ ނޫސް ފަތުރާ މަސްދަރެއް ކަމުގައިވާ އަމާގް ނިއުސް އެޖެންސީން ވަނީ މި ހަމަލާ ދިން ކަމަށް ޝައްކު ކުރެވޭ މީހުން، އައިސިސްގެ ލީޑަރު އަބޫ ބަކުރު އަލް ބަގްދާދީއަށް ބައްޔަތު ހިފާ ވީޑިއޯއަކާއި އެކު މި ހަމަލާގެ ޒިންމާ އެ ޖަމިއްޔާއިން ނަގާކަމަށް ބުނެފައެވެ.

އަމާގް ނޫސް އެޖެންސީއިން އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަނީ މި ހަމަލާގެ މޭސްތިރިކަމަަށް ބޭރުގެ މީޑިއާތަކުން ކުރިން ވެސް ރިޕޯޓްކޮށްފައިވާ ޒަހްރާން ހާޝިމްއާއި އެކު އިތުރު 7 މީހަކު އައިސިސްއަށް ބައްޔަތު ހިފާ މަންޒަރެވެ. ޒަހްރާން ހާޝިމް ބަޑިއެއް ހިފައިގެން މޫނު ނިވާ ނުކޮށް ހުރި އިރު، ވީޑިއޯގައި ދެން ތިބި އެންމެން ވެސް ތިބީ މޫނު ނިވާކޮށްގެންނެވެ. އެ މީހުންގެ ފަހަތުގައި އައިސިސްގެ ހަނގުރާމަވެރިން ބޭނުންކުރާ ކަޅު ދިދަ ހުރިއެވެ.

ހަމަލާގެ މޭސްތިރި ކަމަށް ބުނާ ޒަހްރާން ހާޝިމްއަކީ ލަންކާގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުގެ ޖަމާއަތެއް ކަމުގައިވާ "ނެޝަނަލް ތައުހީދު" ޖަމާއަތަށް ނިސްބަތްވާ މީހެކެވެ. އޭނާއަކީ ސޯޝަލް މީޑިއާ މެދުވެރިކޮށް ދީނީ ފަތުވާ ދީފައިވާ ފަރާތެއް ކަމަށް ވެސް ލަންކާގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އަދި އޭނާ ވެސް ވަނީ ޖާނުން ފިދާވުމުގެ ހަމަލާގައި އަމަލީ ގޮތުން ބައިވެރިވެ، ޝަންގްރީލާ ހޮޓެލްއަށް ދިން ހަމަލާގައި މަރުވެފައި ކަމަށް ވެސް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ނަމަވެސް ލަންކާގެ ރަސްމީ އެއްވެސް މަސްދަރަކުން މި ވާހަކަތަކެއް ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

އާދިއްތަ ދުވަހު ލަންކާގައި ދިން ޖާނުން ފިދާވުމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު 315އަށް އަރާފައިވާ އިރު، 40 މީހަކު މި ހަމަލާތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް ފަހު، މައްސަލައިގެ ތަހުގީގު ބަންދުގައި ބަހައްޓައިގެން ކުރިއަށް ގެންދިއުމަށް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާދީފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

25 މެއި
އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!
20242 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް
20233 އަހަރު ކުރިން
ރާއްޖެ

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!
20215 އަހަރު ކުރިން
ރާއްޖެ

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!
20197 އަހަރު ކުރިން
ރިޕޯޓު

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!

ޗިކަން ޝަވަރުމާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކަން ޝަވަރުމާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު