Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔާމިން އާއި ރިލްވާންގެ މައްސަލަ

ޔާމިން އާއި ރިލްވާނުގެ އިންސާފުގެ ހިނގާލުމުގެ އެންމެ ކުރީ ސަފުގައި ރައީސް!

23 އެޕްރީލު 2019 | އަންގާރަ 14:29

ރައީސްގެ އިތުރުން ކެބިންޓްގެ ވަޒީރުންނާއި މަޖިލިސް މެމްބަރުން ބައިވެރިވެވަޑައިގަތް

އަމަން ހަލީމް
އަމަން ހަލީމް | 23 އެޕްރީލު 2019 | އަންގާރަ 14:29
ޔާމިން އާއި ރިލްވާނަށް އިންސާގު ހޯދަން ގޮވާލާ ބޭއްވި ހިނގާލުމުގައި ރައީސް ބައިވެރިވަޑައިގަންނަވަނީ

ޔާމިން އާއި ރިލްވާނަށް އިންސާގު ހޯދަން ގޮވާލާ ބޭއްވި ހިނގާލުމުގައި ރައީސް ބައިވެރިވަޑައިގަންނަވަނީ

އަނިޔާވެރިކޮށް މަރާލެވިފައިވާ ބްލޮގަރު ޔާމިން ރަޝީދާއި ވަގަށް ނަގާފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާނަށް އިންސާފު ހޯދައި ދިނުމަށް ގޮވާލާ ބޭއްވި ހިނގާލުމުގެ އެންމެ ކުރީ ސަފުގައި ހުންނަވައިގެން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެ ހިނގާލުމުގައި ބައިވެރިވެވަޑައިގެންފިއެވެ.

އަންގާރަ ދުވަހު ރަސްފަންނު ސަރަހައްދުން ފެށި ހިނގާލުމުގައި ރައީސްއާ އެކު ޔާމިންގެ ބައްޕަ އާއި އާއިލާގެ މެމްބަރުންނާއި ރިލްވާންގެ މަންމަ އަދި އާއިލާގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން މި ސަރުކާރުގެ އެންމެ ބޮޑު ހިއްސާއެއް އޮތް އެމްޑީޕީގެ ކެބިނެޓް މިނިސްޓަރުންނާއި އެމްޑީޕީގެ ޓިކެޓުގައި ނިމިދިޔަ އިންތިހާބުގައި ވާދަކުރައްވާ ކާމިޔާބީ ހޯއްދެވި މެމްބަރުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދުގެ އިތުރުން ނޫސްވެރިންނާއި ގިނަ އަދަދެއްގެ އާންމުން ވެސް ބައިވެރިވިއެވެ.

Advertisement - newsAdvertisement

ޔާމިން ރަޝީދު މަރާލިތާ މިއަދަށް ދެ އަހަރު ފުރުމާ ގުޅިގެން ބޭއްވި ހިނގާލުމުގެ ބައިވެރިން ގޮވާލަމުން ދިޔައީ ދެ މީހުންގެ މަރަށް ވެސް އިންސާފު ނުލިބެނީސް "ދުލެއް ނުކުރާނަން" ކަމަށެވެ. ހިނގާލުމުގެ ބައިވެރިން ވަނީ ދެ މީހުންގެ މަރުގައި ވެސް ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމާ އެކު ވީހާ ވެސް ދެފުށް ފެންނަ ގޮތަކަށް އަލުން ތަހުގީގެއް ހިންގުމަށް ގޮވާލާ، ރައީސް ސޯލިހު އުފެެއްދެވި ކޮމިޝަނަށް ބާރުދެއްވުމަށް ރައްޔިތުންގެ މަޖިލިހަށް ގޮވާލާފައެެވެ. އަދި މިހާތަނަށް އައި އިރު މި މައްސަލަތަކުގައި އިންސާފު ނުލިބި އޮތުމާ އެކު މިކަމުގައި ފުލުހުންނާއި ޕީޖީ އޮފީހުގެ އިހުމާލު ވެސް އޮތް ކަމަށް ބުނެ އެކަންކަން ވެސް ތަހުގީގު ކުރުމަށް އެ މީހުން ވަނީ ގޮވާލާފައެވެ.

ބްލޮގާ ޔާމިން ރަޝީދު މަރާލީ 2017 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 23 ވަނަ ދުވަހުގެ ރޭ އޭނާ އޭރު ދިރިއުޅެމުން ދިޔަ މ. ސްޕެކްޓިއުލާ ގޭގެ ތެރޭގައެވެ. އޭނާ މަރާލުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކެއް ދެނެގަނެ ހައްޔަރުކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މައްސަލައާ ގުޅިގެން އަށް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވާ އިރު، އަދި މި މައްސަލަތަކުގައި އެއްވެސް މީހެއްގެ މައްޗަށް ހުކުމެއް ކޮށްފައެއް ނުވެއެވެ. މި މައްސަލައާ ގުޅިގެން ހިނގާ ޝަރީއަތްތައް ކްރިމިނަލް ކޯޓުން ކުރިޔަށް ގެންދަނީ ސިއްރުކޮށްގެންނެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
25 ޖެނުއަރީ 2017

ކައުންސިލް އިންތިހާބުގެ ޕްރައިމަރީގާ 200 ކެންޑިޑޭޓުން ވާދަކުރޭ: ޕީޕީއެމް ޔާމިން ފެކްޝަން

25 ޖެނުއަރީ 2017
ކައުންސިލް އިންތިހާބުގެ ޕްރައިމަރީގާ 200 ކެންޑިޑޭޓުން ވާދަކުރޭ: ޕީޕީއެމް ޔާމިން ފެކްޝަން
25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
20 ޖެނުއަރީ 2017

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް