Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާގެ ބޮމުގެ ހަމަލާތައް

ލަންކާގެ ބޮމުގެ ހަމަލާތައް: މަރުވި މީހުންގެ އަދަދު 290 އަށް އަރައިފި

22 އެޕްރީލު 2019 | ހޯމަ 04:56

ފުރަތަމަ ގޮވުމުގެ ވާހަކަ ރިޕޯޓް ކުރެވިފައިވަނީ އެ ގައުމުގެ ގަޑިން ހެނދުނު 08:45 ހާއިރު

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 22 އެޕްރީލު 2019 | ހޯމަ 04:56
މިއީ ދާޚިލީ ހަމަނުޖެހުން 2009 ވަނަ އަހަރު ނިމުނު ފަހުން އެ ގައުމުގައި ދެވުނު އެންމެ ނުރައްކާތެރި ހަމަލާ

މިއީ ދާޚިލީ ހަމަނުޖެހުން 2009 ވަނަ އަހަރު ނިމުނު ފަހުން އެ ގައުމުގައި ދެވުނު އެންމެ ނުރައްކާތެރި ހަމަލާ

ސްރީލަންކާގައި އާދީއްތަ ދުވަހު ދިން ސިލްސިލާ ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 290 އަށް އަރާފައިވާ ކަމަށް ބީބީސީން ރިޕޯޓް ކޮށްފިއެވެ.

މިހާތަނަށް 24މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވާއިރު ހަމަލާދިނި ކޮންބައެއްކަން ސަރުކާރަށް ހޯދިފައެއް ނުވެއެވެ. ޒަޚަމްވެފައިވާ މީހުންގެ އަދަދު 500 އަށް އަރާއިރު މަރުވި މީހުގެ ތެރޭގައި ބޭރު ގައުމުތަކުގެ މީހުންވެސް ހިމެނެއެވެ. ލަންކާގައި ހިނގަމުންދިޔަ ދާޚިލީ ހަމަނުޖެހުން 2009 ވަނަ އަހަރު ނިމުނު ފަހުން އެ ގައުމުގައި ދެވުނު އެންމެ ނުރައްކާތެރި ހަމަލާއަށް ފަހު ގައުމު އޮތީ ކުއްލި ސިހުމެއްގައެވެ.

ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމަށްޓަކައި ސޯޝަލް މީޑިއާގެ އެކި ނެޓްވަރކްތައް ބްލޮކް ކުރެވިފައިވާ ކަމުގެ ރިޕޯޓްތައްވެސް ފެތުރެމުންދެއެވެ.

މެސެޖް ފޮނުވުމުގައި މަގްބޫލު އެޕްލިކޭޝަންތައް ކަމަށްވާ ވަޓްސްއެޕް އަދި ފޭސްބުކް ފަދަ ވަސީލަތްތަކުގެ ޚިދުމަތް އެތައް ބަޔަކަށް ނުލިބޭ ކަމަށްވެއެވެ.

ހަމަލާތައް ދެވުނީ ކިހިނެއް؟

ފުރަތަމަ ގޮވުމުގެ ވާހަކަ ރިޕޯޓް ކުރެވިފައިވަނީ އެ ގައުމުގެ ގަޑިން ހެނދުނު 08:45 ހާއިރު ކަމަަށްވާއިރު ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ހަ ތަނަކަށް ހަމަލާ ދިންކަމަށް ރިޕޯޓް ކުރެވުނެވެ.

ނިގަމްބޯއާއި،ބައްޓިކަލޯއާ އަދި ކޮލަމްބޯގެ ކޮއްޗިކަޑެ ޑިސްޓްރިކްޓުން ޗަރޗްތަކަކީ އީސާއީ ދީނުގެ އީދެއް ކަމަށްވާ އީސްޓަރ ފާހަގަކުރަމުން ދަނިކޮށް ހަމަލާ އަމާޒުވި ތަންތަނެވެ. މީގެ އިތުރުން އެ ވަގުތުގައި ދިން ހަމަލާތައް ދެން އަމާޒުވެފައިވަނީ ވެރިރަށް ކޮލަމްބޯގައި ހުންނަ ޝަންގްރީލާ އާއި ކިންގްސްބަރީ އާއި ސިނަމަން ހޮޓަލަށެވެ.

މި ހަމަލާތައް ދިން މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ދަނިކޮށް އިތުރު ދެ ތަނެއްގައި އެއްޗެއް ގޮއްވާލިކަމުގެ ރިޕޯޓް ލިބިފައިވެއެވެ.

އޭގެ ތެރެއިން އެއް ހަމަލާ ދީފައިވަނީ ދެހިވަލާގެ ޒޫ ކައިރީގައި ކަމަށްވާއިރު އަށްވަނަ ހަމަލާ ދީފައިވަނީ ދެމަޓަގޮޑާގައި ފުލުހުންގެ ރެއިޑް ކުރިޔަށް ގެންދަނިކޮށެވެ. މި ހަމަލާގައި ފުލުހުންގެ ތިން މީހަކު މަރުވިއެވެ.

ބޮން ގޮއްވުމުގެ އިތުރުން ގައުމުގެ މައި އެއަރޕޯޓް ކަމަށްވާ ބަންޑާރަނައިކެ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ކައިރިން އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސްއެއް ފެނިފައިވާކަމަށް އާދީއްތަ ދުވަހުގެ ރޭ އެ ގައުމުގެ ވައިގެ ސިފައިންވަނީ ހާމަކޮށްފައެވެ.

" ގޮވާތަކެތި އަޅާފައި އޮތް ހަ ފޫޓުގެ ޕީވީސީ ހޮޅިއެއްވަނީ ފެނިފައި" ތަރުޖަމާނު ގިހާން ސެނެވިރަތުނެ އެ ގައުމުގެ މީޑިއާތަކަށް ވިދާޅުވެފައިއެވެ.

ހަމަލާ ދިން މީހުންނާ ބެހޭގޮތުން އެނގެނީ ކޮންކަމެއް؟

ހަމަަލާދީފައިވަނީ ކޮންބައެއްކަން އަދި މިހާތަނަށް ސާފުވެފައި ނުވިނަމަވެސް ފުލުހުންވަނީ 24 މީހަކު ހައްޔަރުކޮށްފައެވެ.

ސަރުކާރުން ބުނެފައިވަނީ ބައެއް ތަންތަނުގައި ހަމަލާ ދީފައިވަނީ ޖާނުގޮއްވާލައިގެންކަމަށެވެ.

އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވަނީ މި ހަމަލާ ދިނުމުގެ ކުރިން މި ހަމަލާގެ އިންޓެލިޖެންސް މައުލޫމާތު ކުރިން ލިބިފައިވާކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑުމެން ބަލަން ޖެހޭނެ ކީއްވެކަން އެކަށީގެންވާ ފިޔަވަޅު ނޭޅި އޮތީ. އަޅުގަނޑާއި މިނިސްޓަރާ ދެ މީހުންކުރެ އެކަކަށްވެސް މައުލޫމާތު ފޯރުކޮށްދީފައެއް ނުވޭ"

"މިހާރު އިސްކަން ދެނީ ހަމަލާ ދިން މީހުން ހައްޔަރުކުރުމަށް" އެ މަނިކުފާނު ވިދާޅުވިއެވެ.

ޝިކާރައަކަށްވީ ކޮންބައެއް؟

މަރުވި މީހުންގެތެރޭގައި ގިނައީ ސްރީ ލަންކާގެ ރައްޔިތުންނެވެ މީގެ ތެރޭގައި އީސްޓަރ ސަންޑޭގެ އަޅުކަމަށް ފައްޅިތަކަށް ގޮސްތިބި މީހުން ގިނަ އަދަދަކަށް ހިމެނެއެވެ.

އެ ގައުމުގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ އެހެން ގައުމުތަކަށް 36 މީހަކު މަރުވެފައިވާ ކަމަށް ބެލެވިފައިވާ ކަމަށެވެ. ކޮލަމްބޯގެ މޯޗަރީގައި މީހުންގެ ހަށިތައް ބާއްވާފައިވާއިރު ބައެއް މީހުން ނިސްބަތްވަނީ ކޮން ގައުމަކަށް ކަން ދެނެގަނެވިފާ ނުވާ މީހުން ވެސް އެބަ ތިއްބެވެ.

ބޭރު ގައުމުތަކުގެ މީހުން

އިނގިރޭސި ވިލާތަށް ނިސްބަތްވާ ފަސް މީހަކު ހިމެނޭއިރު މީގެ ތެރެއިން ދެ މީހަކީ އެމެރިކާގެ ރަށްވެހިކަން ވެސް އޮންނަ ދެ މީހުންނެވެ.

ޑެންމާކުގެ ތިން މީހަކާއި ޕޯޗުގަލްގެ ރައްޔިތަކުވެސް ހިމެނޭކަމަށް ސްރީ ލަންކާގެ އޮފިޝަލުން ވިދާޅުވެއެވެ.

މީގެ އިތުރުން ތުރުކީގެ ދެ އިންޖިނޭރަކު ހިމެނޭކަމަށް ތުރުކީގެ އަނަދޮލޫ ނޫހުން ބުނެއެވެ.

ދެން ހިމެނެނީ ނެދަލޭންޑްގެ މީހަކާއި ޖަޕާނުގެ މީހެކެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

11 މާރިޗު 2017

މޫސަލްގައި ހަނގުރާމަވެރިންގެ ހަމަލާތައް ބަލިކަށިވާން ފަށައިފި: އިރާގު ކޮމާންޑަރުން

11 މާރިޗު 2017
މޫސަލްގައި ހަނގުރާމަވެރިންގެ ހަމަލާތައް ބަލިކަށިވާން ފަށައިފި: އިރާގު ކޮމާންޑަރުން
23 ފެބުރުއަރީ 2017

ލާހޫރުގައި ދިން ބޮމުގެ ހަމަލާއެއްގައި 7 މީހުން މަރާލައިފި

23 ފެބުރުއަރީ 2017
ލާހޫރުގައި ދިން ބޮމުގެ ހަމަލާއެއްގައި 7 މީހުން މަރާލައިފި
19 ފެބުރުއަރީ 2017

ވޯލްޑް ޓްރޭޑް ސެންޓަރަށް ބޮމުގެ ހަމަލާދިނުމުގެ މޭސްތިރީގެ ގޮތުގައި ބެލެވުނު ޝޭޚް އުމަރު މަރުވެއްޖެ

19 ފެބުރުއަރީ 2017
ވޯލްޑް ޓްރޭޑް ސެންޓަރަށް ބޮމުގެ ހަމަލާދިނުމުގެ މޭސްތިރީގެ ގޮތުގައި ބެލެވުނު ޝޭޚް އުމަރު މަރުވެއްޖެ
14 ފެބުރުއަރީ 2017

ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

14 ފެބުރުއަރީ 2017
ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
17 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި

17 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި
16 ޖެނުއަރީ 2017

ބްރެޒިލްގެ އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް

16 ޖެނުއަރީ 2017
ބްރެޒިލްގެ  އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް