Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔަމަން ހަނގުރާމަ

2016ން ފެށިގެން ޔަމަން ހަނގުރާމައިގައި 70،000އަށް ވުރެ ގިނަ މީހުން މަރުވެފައިވޭ:އަކްލެޑު

20 އެޕްރީލު 2019 | ހޮނިހިރު 07:25

ޔަމަން ހަނގުރާމައިގެ ތެރެއަށް ސައުދީ ވަދެފައިވަނީ 2015 ވަނަ އަހަރުގެ މާރިޗު މަހު

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 20 އެޕްރީލު 2019 | ހޮނިހިރު 07:25
އެންމެ ގިނަ އާއްމުން މަރުވެފައިވަނީ ސައުދީ ކޯލިޝަންގެ ހަމަލާތަކުގައި

އެންމެ ގިނަ އާއްމުން މަރުވެފައިވަނީ ސައުދީ ކޯލިޝަންގެ ހަމަލާތަކުގައި

ޔަމަނުގެ ހަނގުރާމައިގައި 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން 70،000އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ހަނގުރާމައިގެ ތަފާސް ހިސާބުތައް ބަލަމުންދާ ގްރޫޕަކުން ބުނެފިއެވެ.

އާމްޑް ކޮންފްލިކްޓް އެންޑް ލޮކޭޝަން އިވެންޓް ޑޭޓާ ޕްރޮޖެކްޓް(އަކްލެޑް) ން ބުރާސްފަތި ދުވަހު އާއްމުކުރި އަދަދުތައް ދައްކާގޮތުން ވޭތުވެދިޔަ ފަސް މަސް ދުވަހު އެކަނި ވެސް 10،000 މީހުން މަރާލެވިފައިވެއެވެ.

"ހަތިޔާރު ބޭނުން ކޮށްގެން ހިންގާ ހަނގުރާމަ މުޅިގައުމުގައި އަދިވެސް ދަނީ ކުރިޔަށް އަދި ޚާއްސަކޮށް ތާއިޒްއާއި ހައްޖާ ފަދަ މައި ގަވަރނަރޭޓްސް ތަކުގައި" އެ ގްރޫޕުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ. ނަމަވެސް އދގެ އެހީއާއެކު ކުރިޔަށް ގެންދާ ސުލްހައިގެ ޕްރޮގްރާމްގެ ސަބަބުން މީހުން މަރުވާ ނިސްބަތް މި އަހަރު ދަށަަށްދާން ފަށާފައިވާ ކަމަށް އެ ގްރޫޕުން ބުނެފައިވެއެވެ.

ވަކިން ޚާއްސަކޮށް ޔަމަނުގެ ހުދައިދާގައި މީހުން މަރުވާ ނިސްބަތް ދަށްވެފައިވެއެވެ. ބައިނަލްއަޤްވާމީ މުޖުތަމައުއިން ޤަބޫލުކުރާ ޔަމަނުގެ ސަރުކާރާއި ހޫޘީ ހަނގުރާމަވެރިންނާ ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް މިދިޔަ ޑިސެމްބަރު މަހު ސްވިޑެންގެ ވެރިރަށް ސްޓޮކްހޯމްގައި ވަނީ އެއްބަސްވެފައެވެ.

ޔަމަނަށް އެތެރެކުރާ މުދަލުގެ 70 އިންސައްތަ އެ ގައުމަށް އެތެރެކުރާ މައި ބަނދަރު އޮންނަ ހުދައިދާއިން ފައުޖުތައް ބޭލުމަށް ވެސް ހަނގުރާމަ ކުރަމުންދާ ފަރާތްތަކުން ވަނީ އެއްބަސްވެފައެވެ. ނަމަވެސް އެ އެއްބަސްވުން ތަންފީޒު ނުވާތީ އދގެ ސަލާމަތީ މަޖިލީހުންވަނީ ކަންބޮޑުވުން ފާޅުކޮށް ބުދަ ދުވަހު ބަޔާނެއް ނެރެފައެވެ.

ސިފައިންނާއި ހަނގުރާމަ ކުރަމުންދާ ޖަމާއަތްތައް އެ ސިޓީން ބާލައި ނިންމުމަށް ކަނޑައަޅާފައި އޮތް މުއްދަތަކީ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހެވެ. ނަމަވެސް ރެޑްސީގެ އެ ބަނދަރުގެ ކޮންޓްރޯލް ބާއްވާނީ ކޮންފަރާތެއްގެ އަތުގައި ތޯ ޚިލާފް އުފެދި އެކަން ވަނީ ނުކުރެވިއެވެ.

އަކްލެޑުން ބުނެފައިވާ ގޮތުގައި ސީދާ އާއްމުންނަށް އަމާޒުކުރެވިގެން ދިން 3،155 ހަމަލާއެއް އެ ޖަމާއަތަށް ފާހަގަ ކުރެވިފައިވާއިރު އެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 7،000 އަށް ވުރެ އިތުރުވާނެއެވެ.

އެންމެ ގިނަ އާއްމުން މަރުވެފައިވަނީ ސައުދީ އަރަބިއާ އިސްވެ އުފައްދާފައިވާ ކޯލިޝަނުން ދީފައިވާ ހަމަލާތަކުގައި ކަމަށްވާއިރު އެ ގްރޫޕުން ބުނެފައިވާ ގޮތުގައި 2016 ވަނަ އަހަރުން ފެށިގެން އެ ކޯލިޝަންގެ ހަމަލާތަކުގައި 4،800 އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ.

އެ މުއްދަތުގައި ހޫޘީންގެ ސީދާ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 1،300 އަށް އަރާކަމަށް އެ އަކްލެޑުން ބުނެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2018

ޔަމަނުގެ ހަނގުރާމައިގައި ބައިވެރިވާ ގައުމުތަކަށް ޖަރުމަނުން ހަތިޔާރު ވިއްކުން ހުއްޓާލައިފި

20 ޖެނުއަރީ 2018
ޔަމަނުގެ ހަނގުރާމައިގައި ބައިވެރިވާ ގައުމުތަކަށް ޖަރުމަނުން ހަތިޔާރު ވިއްކުން ހުއްޓާލައިފި
06 ޖެނުއަރީ 2018

ސީރިޔާ ހަނގުރާމައިގައި ހޮސްޕިޓަލްތަކަށް ހަމަލާތައް ދަނީ އަމާޒުވަމުން: އެހީދޭ ފަރާތްތައް

06 ޖެނުއަރީ 2018
ސީރިޔާ ހަނގުރާމައިގައި ހޮސްޕިޓަލްތަކަށް ހަމަލާތައް ދަނީ އަމާޒުވަމުން: އެހީދޭ ފަރާތްތައް
04 ޖެނުއަރީ 2018

ޔަމަނުގެ ހަނގުރާމައިގައި ބޭނުންކުރާތީ ނޯވޭ އަށް ހަތިޔާރު ވިއްކުން ހުއްޓާލައިފި

04 ޖެނުއަރީ 2018
ޔަމަނުގެ ހަނގުރާމައިގައި ބޭނުންކުރާތީ ނޯވޭ އަށް ހަތިޔާރު ވިއްކުން ހުއްޓާލައިފި
13 ޑިސެމްބަރު 2017

މޫސުމީ މައްސަލަތަކާ ދެކޮޅަށް ކުރާ ހަނގުރާމައިގައި މި ދަނީ ބަލިވަމުން: މެކްރޮން

13 ޑިސެމްބަރު 2017
މޫސުމީ މައްސަލަތަކާ ދެކޮޅަށް ކުރާ ހަނގުރާމައިގައި މި ދަނީ ބަލިވަމުން: މެކްރޮން
07 ނޮވެމްބަރު 2017

ޓޫރިޒަމް ތަރައްގީކުރުމުގެ އިތުރު މަޝްރޫއުތައް އަންނަ އަހަރު ފެށިގެންދާނެ: ބަންޑާރަ ނައިބު

07 ނޮވެމްބަރު 2017
ޓޫރިޒަމް ތަރައްގީކުރުމުގެ އިތުރު މަޝްރޫއުތައް އަންނަ އަހަރު ފެށިގެންދާނެ: ބަންޑާރަ ނައިބު
22 އޯގަސްޓު 2017

އެމެރިކާގެ ސީކްރެޓް ސާވިސްގެ 1،100 މުވައްޒަފަކަށް މިއަންނަ ސެޕްޓެމްބަރުން ފެށިގެން އޯވާޓައިމް ފައިސާ ނުދެވިދާނެ!

22 އޯގަސްޓު 2017
އެމެރިކާގެ ސީކްރެޓް ސާވިސްގެ 1،100 މުވައްޒަފަކަށް މިއަންނަ ސެޕްޓެމްބަރުން ފެށިގެން އޯވާޓައިމް ފައިސާ ނުދެވިދާނެ!
22 އޯގަސްޓު 2017

އެމެރިކާ އިން މަސައްކަތް ކުރާނީ އަފްޣާނިސްތާން ހަނގުރާމައިގައި މޮޅުވާން: ރައީސް ޓްރަމްޕް

22 އޯގަސްޓު 2017
އެމެރިކާ އިން މަސައްކަތް ކުރާނީ އަފްޣާނިސްތާން ހަނގުރާމައިގައި މޮޅުވާން: ރައީސް ޓްރަމްޕް
21 މެއި 2017

ހައްދުފަހަނައަޅާ ދިއުމާ ދެކޮޅަށް ކުރެވޭ ހަނގުރާމައިގައި މުސްލިމުން އިސްނެގުމަށް ރައީސް ޓްރަމް ގޮވާލައްވައިފި

21 މެއި 2017
ހައްދުފަހަނައަޅާ ދިއުމާ ދެކޮޅަށް ކުރެވޭ ހަނގުރާމައިގައި މުސްލިމުން އިސްނެގުމަށް ރައީސް ޓްރަމް ގޮވާލައްވައިފި
20 ފެބުރުއަރީ 2017

މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

20 ފެބުރުއަރީ 2017
މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި
17 ޖެނުއަރީ 2017

ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ

17 ޖެނުއަރީ 2017
ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް