Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރައީސް ޓްރަމްޕް ސައުދީގައި

ހައްދުފަހަނައަޅާ ދިއުމާ ދެކޮޅަށް ކުރެވޭ ހަނގުރާމައިގައި މުސްލިމުން އިސްނެގުމަށް ރައީސް ޓްރަމް ގޮވާލައްވައިފި

ހައްދު ފަހަނަ އެޅުމާ ދެކޮޅަށް ހަނގުރާމަ ކުރުމަކީ ވަކި އަގީދާއަކާ ދެކޮޅަށް ހަނގުރާމަ ކުރުން ނޫންކަމަށް ޓްރަމްޕް ވިދާޅުވި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 21 މެއި 2017 | އާދީއްތަ 20:06
21 މެއި 2017 ގައި ސައުދީ  ބޭއްވި "ޢަރަބް އިސްލާމިކް އެމެރިކަން ސަމިޓް" ގައި ޓްރަމްޕް ތަގުރީރުކުރައްވަނީ

21 މެއި 2017 ގައި ސައުދީ ބޭއްވި "ޢަރަބް އިސްލާމިކް އެމެރިކަން ސަމިޓް" ގައި ޓްރަމްޕް ތަގުރީރުކުރައްވަނީ

ހައްދުފަހަނައަޅާ ދިއުމާ ދެކޮޅަށް ކުރެވޭ ހަނގުރާމައިގައި މުސްލިމުން އިސްނެގުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލައްވައިފިއެވެ.

ޓްރަމްޕް މިހެން ގޮވާލެއްވީ އާދީއްތަ ދުވަހު ހަވީރު ސަޢޫދީ ޢަރަބިއްޔާގެ ރިޔާޒުގައި ފެށި "ޢަރަބް އިސްލާމިކް އެމެރިކަން ސަމިޓް" ގައި ތަގުރީރު ކުރައްވަމުންނެވެ.

"އެމީހުން މި ބިމުން ނެރެ ފައްސާލާ" ސަރަހައްދުގެ ލީޑަރުންނަށް ޓްރަމްޕް ގޮވާލެއްވިއެވެ.

ވެރިކަމަށް ވަޑައިގެންނެވިތާ ހަތް ދުވަހުގެ ތެރޭގައި މުސްލިމުން އެމެރިކާއަށް އެރުން މަނާކުރެއްވުމުގެ އަމުރު ނެރުއްވި ޓްރަމްޕް މި ސަމިޓްގައި ތަޤުރީރު ކުރައްވާފައިވަނީ" ހައްދު ފަހަނައެޅުމާ" ބެހޭ ގޮތުންނެވެ.

ޓްރަމްޕްގެ ތަގްރީރު ފާހަގަކުރެވިގެންދިޔައީ ކެމްޕެއިން ދުވަސްވަރު މުސްލިމުންނަށް އިހާނެތި ބަސްތަކެއް ވިދާޅުވެ މުސްލިމް ގައުމުތަކުންލިބިފައިވާ ނަފްރަތު ކަނޑުވާލުމަށްދެއްވި ތަގުރީރެއް ގޮތުގައެވެ. ނަމަވެސް މި ތަގުރީރުގައި ޓްރަމްޕް ވިދާޅުވީ އެތަނަށް ވަޑައިގެން ހުންނެވީ އެމެރިކާގެ ދިރިއުޅުމުގެ އުސޫލުތައް ތަންފީޒުކުރުމަށް ލެކްޗަރުދެއްވަން ނޫންކަމަށާއި"މިއީ އާ ބާބެއް"ކަމަށެވެ

ހައްދު ފަހަނަ އެޅުމާ ދެކޮޅަށް ހަނގުރާމަ ކުރުމަކީ ވަކި އަގީދާއަކާ ދެކޮޅަށް ހަނގުރާމަ ކުރުން ނޫންކަމަށާއި އެއީ ހައްގާއި ބާތިލާ ދެމެދު ކުރެވޭ ހަނގުރާމައެއް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

"އުޖާލާ މުސްތަގުބަލެއް އޮތީ ތިބޭފުޅުން ޓެރެރިސްޓުންނާއި ހައްދުފަހަނައަޅާފައިވާ ފަރާތްތައް ބޭރުކޮށްފިނަމަ" ޓްރަމްޕް ވިދާޅުވި އެވެ.

ނަމަވެސް ޓްރަމްޕްވަނީ އެމެރިކާއިން އައިސް ޓެރެރިސްޓުންނާ ދެކޮޅަށް ބާރުގެ ބޭނުން ކުރަންދެން އެ ގައުމުތަކަށް ތިބެވެން ނެތްކަމަށާއި އެ ގައުމުތަކުން އެ ގައުމުތަކަށް ދަތިވާ ކަންކަން ހައްލުކުރަން ޖެހޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވެފައެވެ.

ސައުދީއާއެކު އެތައް ބިލިއަން ޑޮލަރެއްގެ ވިޔަފާރީގެ އެއްބަސްވުންތައްވި ދަތުރުފުޅުގައި ދެއްވި މި ތަގުރީރުގައި ޓްރަމްޕްވަނީ ސަރައްހައްދުގެ ހަމަނުޖެހުންތަކުގެ ތުހުމަތު ސައުދީއާ ވާދަވެރި އީރާނުގެ މައްޗަށް ކުރައްވާފައެވެ.އަދި ސީރިޔާގެ ރައީސް ބަޝާރުލް އަސަދުގެ ސަރުކާރުން ހިންގާ ޖަރީމާތަކަށް އިރާނުން ވާގިވެރިވާކަމަށް ތުހުމަތުކޮށްފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އަރަބި އަދި އިސްލާމީ ގައުމުތަކުގެ 55 ގައުމެއްގެ ވެރިން ބައިވެރިވެ ވަޑައިގެންނެވި ސަމިޓްގައި ޓްރަމްޕް ވިދާޅުވީ"ދީނީ ލީޑަރުން އެބަ ޖެހިވަޑައިގަންނަވާ މިކަން ސާފުކޮށްދެއްވަން: ނުބައި ނުލަފާ ވުމަކުން އުޖާލާކަމެއް ނުގެނެވޭނެ-އަދި ޝައިތާނަށް ތަބާވުމަކުން ލިބޭނެ ގަދަރެއް ނޯންނާނެ" ކަމަށެވެ.

ޓްރަމްޕްވަނީ ޓެރެރިސްޓް ޖަމާއަތްތަކަށް މާލީ އެހީލިބޭ މަގު ބަންދުކުރުމަށްޓަކައި ތެޔޮވިއްކޭ މަގު ބަންދު ކުރަން ޖެހޭ ކަމަށްވެސް ވިދާޅުވެފައެވެ.

ދަތުރުގެ ބާކީބައިގެ އެޖެންޑާ

ރައީސް ޓްރަމްޕްގެ އަށް ދުވަހުގެ މި ދަތުރުފުޅުގައި އިސްރާއީލާއި، ފަލަސްތީނާއި،ބްރަސަލްސް،ވެޓިކަން އަދި ސިސިލީއަށް ވަޑައިގަންނަވާނެއެވެ.

އެމެރިކާގެ އެތެރޭގެ ސިޔާސީ ކަންކަން ހުރިގޮތުން މި ދަތުރުފުޅަށްވަނީ ހިޔަނިއެޅިފައެވެ. އެންމެ ބޮޑުކަމަކަށް ފާހަގަވަނީ އެފްބީއައިގެ ޑިރެކްޓަރކަމުގެ މަގާމުން ޖޭމްސް ކޯމީ ވަކިކުރެއްވި މައްސަލައިގައި ކުރިމަތިވެ ވަޑައިގަންނަވާ ކަންކަމެވެ.

* ހޯމަ-އަންގާރަ22-23 މެއި:ތެލްއަވީވް އަދި ގުދުސްއަށް ޒިޔާރަތްކުރައްވައި އަންގާރަ ދުވަހު ހުޅަނގު އައްސޭރިއަށް ވަޑައިގަތުން

* ބުދަދުވަސް 24 މެއި: ރޯމް އަދި ބްރަސަލްސްއަށް ވަޑައިގެން ކްރިސްޓިއަނުންގެ އިސް ފާދިރީއާ ބައްދަލުކުރެއްވުމަށްފަހު ބެލްޖިއަމްގެ އޮފިޝަލުންނާ ބައްދަލުކުރައްވާވެ

*ބުރާސްފަތި 25 މެއި: ބްރަސަލްސްގައި ބާއްވާ ނޭޓޯ ސަމިޓް

* ހުކުރު 26 މެއި ސިސިލީގައި ބާއްވާ ޖީ 7ގެ މެމްބަރުންގެ ބައްދަލުވުން

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ރޫމޭނިއާގައި މުޒާހަރާކޮށްފި

ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ރޫމޭނިއާގައި މުޒާހަރާކޮށްފި

08 ފެބުރުއަރީ 2017
ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ

ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ

04 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

31 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު